ބޮލުން އިސްތަށި ފައިބާފައި-
ބޮލުން އިސްތަށި ފައިބާފައި-
ލައިފްސްޓައިލް 16 Nov 2026 | 09:14

ހޫނު މޫސުމުގައި ބޮލުން އިސްތަށި ފޭބުން: ސަބަބުތަކާއި ރައްކާތެރިވާނެ ގޮތްތައް

ހޫނު މޫސުމަކީ ގަދަ ހޫނާއި ވައިގެ ތެތްކަން މަތިވެގެންދާ ދުވަސްވަރެކެވެ. މިއީ އިސްތަށިގަނޑަށް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެއްވެސް މެއެވެ. މި މޫސުމުގައި އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުން އިސްތަށި ފޭބުން އިތުރުވެ، އެކަމުގެ ކަންބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ. ގަދަ އަވީގެ އަސަރާއި، ހަށިގަނޑުން ފެން މަދުވުމާއި، ކެއުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިސްތަށިގަނޑު ބަލިކަށިވެ، ފަސޭހައިން ފައިބާގޮތް ދިމާވެއެވެ. މީގެއިތުރުން ކްލޮރިން އަޅާފައި ހުންނަ ސްވިމިންގ ޕޫލްތަކުންނާއި މޫދަށް އެރުމަކީ އިސްތަށިގަނޑުގައި ހުންނަ މުހިންމު ތެތްކަން ނައްތާލައި، އިސްތަށިގަނޑު ހަލާކުވާން މެދުވެރިވާ ކަމެކެވެ. އެހެންކަމުން، މި ދުވަސްވަރު އިސްތަށި ފައިބަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ އިސްތަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ނުހަނު މުހިންމު ކަމެކެވެ.

ހޫނު މޫސުމުގައި އިސްތަށި ފައިބަން މެދުވެރިވާ މައިގަނޑު ސަބަބުތައް

ގަދަ ހޫނާއި ވައިގެ ތެތްކަން: ހޫނުމިން މަތިވެ، ވައިގެ ތެތްކަން ގަދަވުމުގެ ސަބަބުން ބޮލުގެ ނާށިގަނޑުން މާގިނައިން ދާހިއްލައެވެ. މީގެ ސަބަބުން އިސްތަށީގެ ފޮލިކަލްސް ބަލިކަށިވެ، އިސްތަށި ފޭބުމަށް މަގުފަހިވެއެވެ. އަދި ހޫނު އަދި ތެތް މާހައުލަކީ ފަންގަހާއި ބޮލުގައި ހަންފޮޅި، ޑެންޑްރަފް އުފެދުމަށް އެކަށީގެންވާ މާހައުލަކަށް ވާތީ، މިއީވެސް އިސްތަށި ފޭބުން އިތުރުވާ ސަބަބެކެވެ.

އަވީގެ އަސަރު މާބޮޑަށް ކުރުން: ގިނަވަގުތު އަވީގައި އުޅުމުގެ ސަބަބުން އަވީގައި ހުންނަ ޔޫވީ ދޯދިތަކުން އިސްތަށީގައި ހުންނަ ޕްރޮޓީންތައް ހަލާކުކޮށްލައެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑު ހިކި، ބަލިކަށިވެގެންދާ ގޮތް މެދުވެރިވެއެވެ. އަދި އިސްތަށީގެ އަސްލު ކުލަ ފަނޑުވެގެންދެއެވެ.

ހަށިގަނޑުން ފެން މަދުވުން (ޑީހައިޑްރޭޝަން): ހޫނުގަދަ ދުވަސްވަރު ދާހިއްލުމުގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެއެވެ. އެކަށީގެންވާ ވަރަށް ފެން ނުބޮވޭނަމަ ހަށިގަނޑުން ފެން މަދުވެއެވެ. ފެން މަދުވުމަކީ އިސްތަށިތައް ނާޒުކުވެ، ފަސޭހައިން ފައިބާން މެދުވެރިވާ ކަމެކެވެ.

ފައިދާހުރި ކާނާ މަދުވުން: ހޫނު މޫސުމުގައި ކެއުމުގެ އާދަތަކަށް ބަދަލު އާދެއެވެ. ގިނަފަހަރަށް ލުއި ކާނާއަށް އިސްކަންދެވޭއިރު، އެއީ ހަށިގަނޑަށް އެންމެ ފައިދާހުރި ކާނާއަށް ނުވެދާނެއެވެ. ޚާއްޞަކޮށް އަޔަން، ޒިންކް އަދި ބަޔޮޓިން ފަދަ އިސްތަށިގަނޑަށް މުހިންމު ވިޓަމިނާއި މިނަރަލްސް ހަށިގަނޑަށް ނުލިބުމަކީ އިސްތަށި ފޭބުމަށް މަގުފަހިވާ ސަބަބެކެވެ.

ކްލޮރިން އަދި ލޮނުފެން: ކްލޮރިން އަޅާފައި ހުންނަ ސްވިމިންގ ޕޫލްތަކުންނާއި މޫދަށް ގިނައިން އެރުމަކީ އިސްތަށިގަނޑުގެ ގުދުރަތީ ތެޔޮކަން ނައްތާލާ ކަމެކެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑު ހިކި، ކޮޅުތައް ހަލާކުވެ، ފަސޭހައިން ފައިބައެވެ.

ހޫނު މޫސުމުގައި އިސްތަށި ފޭބުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް

ސްކަލްޕް ސާފުކޮށް ބެހެއްޓުން: ގަވާއިދުން ބޯ ދޮވުމަކީ ދަލާއި ހިރަފުސް ސާފުވެ، އިސްތަށީގެ ބުޑު ބެދުމުން ދުރުކޮށްދޭނެ ކަމެކެވެ. ބޯ ދޮވުމަށްޓަކައި ސަލްފޭޓް އެކުލެވިގެން ނުވާ ޝޭމްޕޫއެއް ބޭނުންކުރުން މުހިންމެވެ.

އަވިން ރައްކާތެރިވުން: އަވީގައި ބޭރަށް ނިކުންނައިރު ތޮތްޕެއް ނުވަތަ ފޮތިގަނޑަކުން ބޯ ނިވާކުރުމަކީ ގެއްލުންހުރި ޔޫވީ ދޯދިތަކުން އިސްތަށިގަނޑު ރައްކާތެރިކޮށްދޭނެ ކަމެކެވެ. އަދި ޔޫވީ ޕްރޮޓެކްޝަން ހުންނަ ހެއާ ޕްރޮޑަކްޓްސް ބޭނުންކުރެވިދާނެއެވެ.

ގިނައިން ފެން ބުއިން: ހަށިގަނޑާއި އިސްތަށިގަނޑުގައި ތެތްކަން ހިފެހެއްޓުމަށްޓަކައި ދުވާލަކު އެކަށީގެންވާ ވަރަށް ފެން ބޯންވާނެއެވެ. މީގެއިތުރުން ފެން ގިނައިން އެކުލެވޭ ކިއުކަމްބާ އަދި ކަރާ ފަދަ ތަރުކާރީއާއި މޭވާ ގިނައިން ކެއުމުގައި ހިމަނާށެވެ.

ފައިދާހުރި ކާނާ ކެއުން: އިސްތަށިގަނޑަށް ބޭނުންވާ މާއްދާތައް އެކުލެވޭ ކާނާ ކެއުން މުހިންމެވެ. މިގޮތުން އަޔަން ގިނަ ކަންކުން އަދި ބަށި ފަދަ ފަތްޕިލާވެއްޔާއި، ޒިންކް އެކުލެވޭ އަލްމަންޑް އަދި ބަޔޮޓިން އެކުލެވޭ ކުކުޅުބިސް ކެއުމުގައި ހިމަނަންވާނެއެވެ. އަދި އޮމެގާ-3 ފެޓީ އެސިޑްސް ލިއްބައިދޭ މަހުގެ ބާވަތްތަކާއި ފްލެކްސްސީޑްސް ބޭނުންކުރުމަކީ އިސްތަށި ވަރުގަދަކޮށްދޭނެ ކަމެކެވެ.

އިސްތަށިގަނޑުގައި ތެތްކަން ދެމެހެއްޓުން: އިސްތަށިގަނޑަށް ތެތްކަން ފޯރުކޮށްދޭ ކޮންޑިޝަނަރ ނުވަތަ ހެއާ ޓްރީޓްމަންޓްތައް ބޭނުންކުރާށެވެ. ކާށިތެޔޮ، އާގަން އޮއިލް، އަދި ޝިއާ ބަޓަރ ފަދަ ގުދުރަތީ މާއްދާތައް ހިމެނޭ އުފެއްދުންތައް އިޚްތިޔާރުކުރުން ރަނގަޅެވެ.

ސާފުފެނުން ބޯ ދޮވުން: ޕޫލަށް ނުވަތަ މޫދަށް އެރުމަށްފަހު، ވަގުތުން ސާފުފެނުން ބޯ ރަނގަޅަށް ދޮވެލަންވާނެއެވެ. މިއީ އިސްތަށީގައި ހަރުލާފައި ހުންނަ ކްލޮރިން އަދި ލޮނު ފިލުވައިލުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ހޫނުކޮށްގެން އިސްތަށިގަނޑު ސްޓައިލްކުރުން މަދުކުރުން: ހޫނު މޫސުމުގައި ބްލޯ ޑްރަޔަރ، ސްޓްރެއިޓްނަރ އަދި ކާލިންގ އަޔަން ފަދަ ހޫނު ބޭނުންކޮށްގެން އިސްތަށިގަނޑު ހަދާ އާލާތްތައް ބޭނުންކުރުން ވީވަރަކުން މަދުކުރާށެވެ. މިފަދަ އެއްޗެއް ބޭނުންކުރާނަމަ 'ހީޓް ޕްރޮޓެކްޓަންޓް' އެއް ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ. އަދި އިސްތަށިގަނޑު އަމިއްލައަށް، ވައިން ހިކެން ދޫކޮށްލުމަކީ އެންމެ ރައްކާތެރި ގޮތެވެ.

ބޮލުގައި މަސާޖުކުރުން: ގަވާއިދުން ބޮލުގެ ނާށިގަނޑު މަސާޖުކޮށްލުމަކީ ލޭދައުރުވުން ރަނގަޅުކޮށްދީ، އިސްތަށި ހެދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް އިނގިލިތަކުގެ ކުރިން މަޑުމަޑުން ބޯ މަސާޖުކޮށްލެވިދާނެއެވެ. ނުވަތަ ކުޑަކޮށް ހޫނުކޮށްލާފައިވާ ކާށިތެޔޮ ނުވަތަ ޒައިތޫނި ތެޔޮ ބޭނުންކޮށްގެން މަސާޖުކުރުމަކީވެސް ވަރަށް ފައިދާހުރި ކަމެކެވެ.

ހޫނު މޫސުމުގެ ދުވަސްވަރު ދިމާވާ މިފަދަ އުނދަގޫތަކަށް ސަމާލުވެ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއެކު އިސްތަށިގަނޑަށް އެކަށީގެންވާ ފަރުވާ ދިނުމަކީ، އިސްތަށި ފޭބުމުން ދުރުކޮށްދީ ރީތި، އިސްތަށިގަނޑެއް ލިބިގެންދާނެ ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި
14 Nov 2026 ހަބަރު

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި

މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް
11 Nov 2026 ލައިފްސްޓައިލް

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް

ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ "ފެޓީ ލިވަރ ޑިޒީޒް" އަކީ މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުން އަންނަ އާންމު ޞިއްޙީ މައްސަލައެކެވެ. ނަމަވެސް، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ ތަކެތީގެ މުހިންމުކަން ގިނަ މީހުންނަށް ނޭނގެއެވެ. އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ފޯރުވައެވެ.

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި
05 Nov 2026 ހަބަރު

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ އެވެ.

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟
05 Nov 2026 ލައިފްސްޓައިލް

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟

ކުރިން ކޮރެއާގައި އެކަނި މަގުބޫލުކަން އޮތް މި އުފެއްދުންތައް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައިވާއިރު، މިއީ ހަމައެކަނި ވަގުތީ ޓްރެންޑެއް ނޫނެވެ. މި އުފެއްދުންތަކަށް އޮތް ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުންދަނީ އެއިން ލިބޭ ހަގީގީ ނަތީޖާއާއި އޭގެ ފަހަތުގައިވާ ސިއްހީ ފައިދާތަކުގެ ސަބަބުންނެވެ.

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
31 Oct 2026 ހަބަރު

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް
30 Oct 2026 ލައިފްސްޓައިލް

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް

އަންހެނުންނަކީ ދިރިއުޅުމުގެ އެކި ޒިންމާތައް އަދާކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. މިގޮތުން ގޭތެރޭގެ ކަންކަމާއި، ވަޒީފާ އަދި ޢާއިލާގެ ކަންކަން ބެލެހެއްޓުމުގައި އުޅެމުން، ގިނަ ފަހަރަށް އަމިއްލަ ޞިއްޙަތަށް ދޭންވާ ސަމާލުކަން ކުޑަވެގެންދެއެވެ. މީގެ ސަބަބުން ދުވަސްވީ ވަރަކަށް ހަށިގަނޑުގެ ހަކަތަ ދަށްވެ، މޫޑު ގޯސްވެ، ދިރިއުޅަށް ނޭދެވޭ އަސަރުތައް ފޯރައެވެ. އޭގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ޞިއްޙީ މައްސަލަތަކަށް ޑޮކްޓަރީ ފަރުވާ ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ކުދިކުދި ބަދަލުތަކުންވެސް ބޮޑެތި ފައިދާތަކެއް ޙާޞިލްކުރެވިދާނެއެވެ.