އެލޯވެރާ ޖެލް-
އެލޯވެރާ ޖެލް-
ލައިފްސްޓައިލް 24 Nov 2026 | 06:59

ހަންގަނޑުގެ ކުލަ އަލިކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށް ގޭގައި ކުރެވިދާނެ ކަންކަން

ހަންގަނޑަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނަށް ވާއިރު، އޭގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. އާންމުގޮތެއްގައި އޮމާން އަދި އަލި ހަންގަނޑެއް ލިބިފައިވުމަކީ ދުޅަހެޔޮ ސިއްހަތެއްގެ ނިޝާނެކެވެ.

މާ ބޮޑު ޚަރަދަކާ ނުލައި، ގޭތެރެއިންނާއި ބަދިގެއިން ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ހަންގަނޑުގެ ކުލަ އަލިކޮށް، ރީތިކޮށް ބެހެއްޓުމަށްޓަކައި ސިއްހީ މާހިރުން ފާހަގަކުރާ މުހިންމު ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

1. ކާށިތެލުން ހަންގަނޑަށް ފަރުވާދިނުން:

ކާށިތެލަކީ ދުޅަހެޔޮކަން އިތުރުކޮށްދޭ އެންޓި-އޮކްސިޑެންޓްސް އެކުލެވޭ އެއްޗެކެވެ. މޭކަޕް ފޮހުމަށާއި ހަންގަނޑު ސޮފްޓްކޮށް ބެހެއްޓުމަށް ކާށިތެޔޮ ބޭނުންކުރެވިދާނެއެވެ. ނަމަވެސް، އެލާޖިކް މައްސަލަ ހުންނަ ފަރާތްތަކުން މި ބޭނުންކުރުމުގައި ސަމާލުވާންޖެހެއެވެ. ކުޑަ ތެޔޮފޮދަކުން މޫނު މަސާޖުކުރުމަށްފަހު ދޮވެލުމުން ހަންގަނޑަށް އާރޯކަން ގެނެސްދެއެވެ.

2. ކިއުކަމްބާ އަދި އެލޯވެރާ ބޭނުންކުރުން:

އެލޯވެރާ އަކީ ހަމުގެ އާ ސެލްތައް އުފެދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މޫނު ދޮވުމަށްފަހު އެލޯވެރާ ޖެލް ބޭނުންކުރުމުން ހަންގަނޑު ވަރުގަދަވެ، އަލިކަން އިތުރުވެއެވެ. މި ބޭނުންކުރުމުގެ ކުރިން އަތުގެ ކުޑަ ތަންކޮޅެއްގައި ޓެސްޓުކޮށް، އެލާޖިކްވޭތޯ ބަލާލުން ރަނގަޅެވެ. މީގެ އިތުރުން ކިޔުކަންބާ ނުވަތަ މާމުއިއާއެކު އެލޯވެރާ ޖެލް ބޭނުން ކުރުމަކީވެސް ހަންގަނޑަށް އާރޯކަން ގެނެސްދީ ކުލަ އަލިކޮށްދޭނެ ކަމެކެވެ.

3. މޫނު ދޮވުމަށްފަހު ރަނގަޅަށް މޮއިސްޗަރައިޒް ކުރުން:

ހަންގަނޑު ތެތްކޮށް ހުންނަ ވަގުތު މޮއިސްޗަރައިޒާ ބޭނުންކުރުމުން ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދީ، ހަންގަނޑު ކުރަކިވުމުން ރައްކާތެރިކޮށްދެއެވެ. އަދި ހަންގަނޑު މާބޮޑަށް ހިކިފައި ހުންނައިރު އެކްސްފޯލިއޭޓް މަސައްކަތް ނުކުރުމަށް ސަމާލުވާންޖެހެއެވެ.

4. ސަންސްކްރީން ބޭނުންކުރުން:

އަވިން ހަންގަނޑު ރައްކާތެރިކުރުމަށް އެސްޕީއެފް 15 އަށް ވުރެ މަތީގެ ސަންސްކްރީން ބޭނުންކުރުމަކީ ހަމުގެ ކެންސަރުންނާއި، އަވީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ވިއްސާރަ އަދި ބަނަ ދުވަސްތަކުގައިވެސް ސަންސްކްރީން ބޭނުންކުރުން މުހިންމެވެ.

5. މޫނު ދޮވުމުގެ ރަނގަޅު އާދައެއް ގެންގުޅުން:

މާ ގިނައިން މޫނު ދޮވުމަކީ ހަމުގެ ތެތްކަން ގެއްލި، އިތުރަށް ތެޔޮ އުފެދުމަށް މަގުފަހިވާ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ހެނދުނު ހޭލައިގެން، ކަސްރަތުކޮށް ދާހިއްލުމަށްފަހު، އަދި ރޭގަނޑު ނިދުމުގެ ކުރިން މޫނު ދޮވުމެވެ.

6. ދުންފަތުގެ އިސްތިއުމާލުކުރުމާއި އޭގެ ދުމުން ދުރުހެލިވުން:

ސިނގިރޭޓުގެ ދުމުގެ ސަބަބުން ހަންގަނޑުގެ ސެލްތަކަށް ވިހަ މާއްދާތައް ވާސިލުވެ، އުމުރަށް ވުރެ ކުރިން ހަންގަނޑު ރޫޖެހި، އަލިކަން ގެއްލުމަށް މެދުވެރިވެއެވެ.

7. ގިނައިން ފެން ބުއިން:

ހަމުގެ ސެލްތަކުގެ ދުޅަހެޔޮކަމަށް ފެނަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ހަންގަނޑު އަލިކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށް އޮތް ވަރަށް ބޮޑަށް އެހީވެދޭ ކަމެކެވެ.

8. ފައިދާހުރި ކާނާ ކެއުން:

މޭވާއާއި ތަރުކާރީ ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންތައް ލިބިގެންދެއެވެ. އަދި ތެލާއި، ޕްރޮސެސްކޮށްފައިވާ ކާނާތަކާ ދުރުހެލިވުމަކީ ހަންގަނޑު ރަނގަޅުކޮށްދޭނެ ކަންކަމެވެ.

މި އާދަތައް ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ، އެއްވެސް އިތުރު އުނދަގުލަކާ ނުލައި ދުޅަހެޔޮ، އަލި އަދި ރީތި ހަންގަނޑެއް ހާސިލުކުރެވިދާނެ ކަމަށް މާހިރުން ލަފާދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ
21 Nov 2026 ހަބަރު

ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ

އައިސީޔޫގެ ސީލިންގު ވެއްޓިފައިމިވަނީ އެތަނުން ފެން ލީކްވުމުގެ މައްސަލަތަކެއްވެސް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން ސީލިންގުން ފެން ލީކުވާތާ އަހަރެއްހާދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ

ހޫނު މޫސުމުގައި ބޮލުން އިސްތަށި ފޭބުން: ސަބަބުތަކާއި ރައްކާތެރިވާނެ ގޮތްތައް
16 Nov 2026 ލައިފްސްޓައިލް

ހޫނު މޫސުމުގައި ބޮލުން އިސްތަށި ފޭބުން: ސަބަބުތަކާއި ރައްކާތެރިވާނެ ގޮތްތައް

ހޫނު މޫސުމަކީ ގަދަ ހޫނާއި ވައިގެ ތެތްކަން މަތިވެގެންދާ ދުވަސްވަރެކެވެ. މިއީ އިސްތަށިގަނޑަށް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެއްވެސް މެއެވެ. މި މޫސުމުގައި އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުން އިސްތަށި ފޭބުން އިތުރުވެ، އެކަމުގެ ކަންބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ.

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި
14 Nov 2026 ހަބަރު

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި

މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް
11 Nov 2026 ލައިފްސްޓައިލް

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް

ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ "ފެޓީ ލިވަރ ޑިޒީޒް" އަކީ މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުން އަންނަ އާންމު ޞިއްޙީ މައްސަލައެކެވެ. ނަމަވެސް، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ ތަކެތީގެ މުހިންމުކަން ގިނަ މީހުންނަށް ނޭނގެއެވެ. އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ފޯރުވައެވެ.

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި
05 Nov 2026 ހަބަރު

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ އެވެ.

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟
05 Nov 2026 ލައިފްސްޓައިލް

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟

ކުރިން ކޮރެއާގައި އެކަނި މަގުބޫލުކަން އޮތް މި އުފެއްދުންތައް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައިވާއިރު، މިއީ ހަމައެކަނި ވަގުތީ ޓްރެންޑެއް ނޫނެވެ. މި އުފެއްދުންތަކަށް އޮތް ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުންދަނީ އެއިން ލިބޭ ހަގީގީ ނަތީޖާއާއި އޭގެ ފަހަތުގައިވާ ސިއްހީ ފައިދާތަކުގެ ސަބަބުންނެވެ.