ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ
ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި މައުލޫމާތު އެނގޭ ފަރާތަކުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، ސީލިންގެ ބައެއް ވެއްޓުނީ އައިސީޔޫގައި ހުންނަ އެނދެއްގެ މައްޗަށްކަމަށެވެ. މި ހާދިސާ ހިނގިއިރު އެވަގުތު އެތަނުގައި ބަލިމީހަކުވެސް އޮތެވެ. ސީލިންގު ވެއްޓުމުގެ ސަބަބުން ބަލިމީހަކަށް އަދި ހޮސްޕިޓަލްގެ މުއައްޒަފަކަށް އަނިޔާވިކަމެއް އަދި ނޭނގެއެވެ.
އައިސީޔޫގެ ސީލިންގު ވެއްޓިފައިމިވަނީ އެތަނުން ފެން ލީކްވުމުގެ މައްސަލަތަކެއްވެސް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން ސީލިންގުން ފެން ލީކުވާތާ އަހަރެއްހާދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ސީލިންގުގެ ބައެއް ވެއްޓުނީ ފެންއެޅި ފީވުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅޭގޮތުން ހޮސްޕިޓަލާ ގުޅުންހުރި ނަމްބަރުން ފޯނު ނުނަގާތީވެ އިތުރު މައުލޫމާތު އަދި ވަނީ ސާފްވާގޮތް ނުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް