އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ހ. އުނިޔާގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އަލިފާން ރޯވުމާއި ގުޅިގެން އެ އިމާރާތުގެ ހަތަރު ފަންގިފިލާއަށް ވަނީ ގެއްލުންވެފަ އެވެ.
އެގޮތުން އިމާރާތުގެ 3، 4، 5 އަދި 6 ވަނަ ފަންގިފިލާއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. އަދި އެތަނުގައި ދިރިއުޅޭ 23 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއޭ އިން ވަނީ ހަމަޖައްސައިދީފަ އެވެ.

މީގެއިތުރުން، އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.
މި ހާދިސާގައި އިމާރާތުގެ ދިރިއުޅޭ މީހުން ބޭނުންކުރަމުން އައި އެތައް އެއްޗެއްސެއް ވަނީ އަނދައިގެން ގޮސްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް