މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026 ފެށުން --
މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026 ފެށުން --
ހަބަރު 05 Nov 2026 | 13:19

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި

މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026 މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އަހަރުގެ އެކްސްޕޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދަޢުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައުރަޒަކީ ޞިއްޙީ ދާއިރާގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުޅަހެޔޮދިރިއުޅުމުގެ ވައްޓަފާޅިއަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ އެކްސްޕޯ އެކެވެ.

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވި މިއަހަރުގެ އެކްސްޕޯ ގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުވެސް ފޯރުކޮދެވޭނެ އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، މި މަސައްކަތުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ހުރިހާ ޢުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން ބާއްވާ މި މައުރަޒު ކުރިއަށްދާނީ މި ހިނގާ ނޮވެމްބަރު މަހުގެ 5 އިން 7 އަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިފަހަރު 5،600 އަށް ވުރެ ގިނަ ބައިވެރިން
05 Nov 2026 ހަބަރު

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިފަހަރު 5،600 އަށް ވުރެ ގިނަ ބައިވެރިން

ދިރާގް މޯލްޑިވްސް ރޮޑް ރޭހާ ގުޅޭގޮތުން އެކުންފުނިން މިއަދު ބުނީ، މި އަހަރުގެ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ޖުމްލަ 5،600 އަށް ވުރެ ގިނަ ދުވުންތެރިން މިހާތަނަށް ބައިވެރިވެފައިވާކަމަށެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސް މި ދުވުން އޮންނާނީ ކުރިއަށް އޮތް ނޮވެންބަރު މަހުގެ 20 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ނޮވެންބަރު 12 ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި
05 Nov 2026 ހަބަރު

ނޮވެންބަރު 12 ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި

މި ހިނގާ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.

މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ ދިރާސާއެއްގައި އެމް.އެން.ޔޫއިން ބައިވެރިވެއްޖެ
05 Nov 2026 ހަބަރު

މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ ދިރާސާއެއްގައި އެމް.އެން.ޔޫއިން ބައިވެރިވެއްޖެ

ނޭޗަރ ޕޯޓްފޯލިއޯގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ 'ސައިންޓިފިކް ރިޕޯޓްސް' ގައި ޝާއިޢުކޮށްފައިވާ "މެޓީރިއަލް ރިކުއަޔަރމެންޓްސް ފޯ އެޑެޕްޓިންގ ޓު ކްލައިމެޓް ޗޭންޖް އިން ދަ މޯލްޑިވްސް" މި ދިރާސާއަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމަށްޓަކައި ބޭނުންވާ މާއްދީ ވަސީލަތްތައް ރާއްޖޭގެ ފެންވަރުގައި އަންދާޒާކޮށްފައިވާ ފުރަތަމަ ދިރާސާއެވެ. ކެނެޑާގެ ޔުނިވަރސިޓީ އޮފް ވޯޓަރލޫގެ ޕްރޮފެސަރު ސިމްރޮން ސިންގް އިސްވެ ހުންނަވައި ކުރިއަށް ގެންދެވި މި ދިރާސާގައި، ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ޔުނިވަރސިޓީތަކަކާއެކު އެމް.އެން.ޔޫގެ ސައިންސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ދަރިންތަރުބިއްޔަތު ކުރުމާ ގުޅޭ ޚާއްސަ ޕްރޮގްރާމް ”އަލިވޮށް“ ނ. ލަންދޫގައި ފަށައިފި
05 Nov 2026 ހަބަރު

ދަރިންތަރުބިއްޔަތު ކުރުމާ ގުޅޭ ޚާއްސަ ޕްރޮގްރާމް ”އަލިވޮށް“ ނ. ލަންދޫގައި ފަށައިފި

މި ޕްރޮގްރާމަކީ ލައިފް ޖަމްޢިއްޔާ، ނ. ލަންދޫ ކައުންސިލް އިދާރާ، ލަންދޫ ސްކޫލް، އިންސްޓިޓިއުޓް އޮފް ތިލާވަތުލް ޤުރްއާން (އައި.ޓީ.ކިއު)، ހެނބަދޫ އިސްލާމިކް އެސޯސިއޭޝަން (އެޗް.އައި.އޭ) އަދި އަލްޢަޞްރު ޖަމްޢިއްޔާ ގުޅިގެން އިންތިޒާމުކުރާ ޕްރޮގްރާމެކެވެ.

އައްޑޫ އަދި ފުވައްމުލައް ސިޓީގައި އެމް.ޑަބްލިޔު.އެސް.ސީ ގެ ޚާއްޞަ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފި
05 Nov 2026 ހަބަރު

އައްޑޫ އަދި ފުވައްމުލައް ސިޓީގައި އެމް.ޑަބްލިޔު.އެސް.ސީ ގެ ޚާއްޞަ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފި

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ޚާއްޞަ ކެމްޕޭނެއް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް
05 Nov 2026 ހަބަރު

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ފައްކާވެފައިވާ އެއް ރަށް ކަމަށްވާ ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މުނާސަބަތެއް ކަމަށްވާ "ހެލޯވީން" ފާހަގަކުރި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ހަނުހުރެއްޖެއެވެ.

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް
05 Nov 2026 ހަބަރު

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް

ލޯކަލް ޓޫރިޒަމް އެންމެ ފައްކާވެފައިވާ އެއް ރަށް، ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މީހުންގެ ހެލޯވީން ފާހަގަކުރާނެކަން އިއުލާންކޮށް، އެކަން ކޮށް ނިމުނުއިރުވެސް ކައުންސިލްއަށް އެކަމާ ބެހޭ މައުލޫމާތު ”ނޭނގޭ“ ކަމަށް ބުނެފިއެވެ.

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
05 Nov 2026 ހަބަރު

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.