ވަޒީރު ގީލާ.. ފޮޓޯ: ރައީސް އޮފީސް
ވަޒީރު ގީލާ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު 30 Sep 2026 | 11:36

އެމްއާރުއައި، ސިޓީ ސްކޭން އަދި ކެތްލެބްގެ ހިދުމަތް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ދިނުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރިއަށް: ގީލާ

އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ދޭ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ފަށައި، އެކަމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ގީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ގީލާ ޢަލީ ވިދާޅުވީ، ރައްޔިތުންނަށް އަމިއްލަ ރަށުން ނުވަތަ ސަރަޙައްދުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެމް.އާރު.އައި، ސީޓީ ސްކޭން އަދި ކެތުލެބް ފަދަ ޚާއްޞަ ޚިދުމަތްތައް އަތޮޅުތަކުގައި ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ވަރަށް ބާރަށް އަދި އެދެވޭ ގޮތެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރޭޑިއޮލޮޖީގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ފޮޓޯ ނަގައި ބަލިތައް ދެނެގަތުމަށް ދެވޭ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާކުރެވިފައިވާ ކަމަށެވެ. މިގޮތުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު އެމްއާރުއައިގެ ޚިދުމަތް ފަށާފައިވާއިރު، ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފެށުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޞިއްޙީ ދާއިރާއިން އަތޮޅުތަކުގައި ކުރިއަށްދާ މުހިންމު އެހެން މަސައްކަތްތަކުގެ ތަފްޞީލުވެސް ވަޒީރު މިއަދު ވަނީ ހިއްސާކުރައްވާފައެވެ.

ސީޓީ ސްކޭންގެ ޚިދުމަތަށް ބަލާއިރު، ފުވައްމުލަކު ހޮސްޕިޓަލުގައި މި ޚިދުމަތް ފަށާފައިވާއިރު، ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އަދި ތ. ވޭމަންޑޫގައި ސީޓީ ސްކޭންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

ވަޒީރު ގީލާ

ބ. އަތޮޅު ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު 4 ޞިއްޙީ މަރުކަޒެއްގައި އެކްސް-ރޭ ޚިދުމަތް ފަށައި، އިތުރު 16 މަރުކަޒެއްގައި އެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި 17 ޞިއްޙީ މަރުކަޒެއްގައި އަލްޓްރާ ސައުންޑް ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، 76 ރަށެއްގައި 'ޕޮއިންޓް އޮފް ކެއަރ ޓެސްޓިންގ' އުޞޫލުން ޚިދުމަތް ދެމުންދާއިރު، 22 ރަށެއްގައި ފިޒިކަލް ލެބޯޓްރީ ވަނީ ޤާއިމުކޮށްފައެވެ. އަދި އިތުރު 52 ރަށެއްގައި ފިޒިކަލް ލެބޯޓްރީ ހެދުމުގެ ޢަމަލީ މަސައްކަތް ދަނީ ހިނގަމުންނެވެ.

އިތުރު ކުރެވުނު ބައެއް ހިދުމަތްތައް

- ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އަޑުއިވުމުގެ ޓެސްޓް (އޯޑިއޯމެޓްރީ) ޤާއިމުކޮށްފައިވާއިރު، 11 ރަށެއްގައި އަލަށް ޑައިލިސިސްގެ ޚިދުމަތް ފަށައި، އިތުރު 2 ހޮސްޕިޓަލެއްގައި ޑައިލިސިސް އެނދު އިތުރުކުރުން

- އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ޚާއްޞަ ކެތުލެބްގެ ޚިދުމަތް ފަށައި، ނ. އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫގެ ޚިދުމަތް ފެށުން

- އައިކެއަރއާ ގުޅިގެން ކުޅުދުއްފުއްޓާއި އައްޑޫގައި އައިނު ހެއްދުމުގެ ޚިދުމަތް ފުޅާކުރުން

- އަތޮޅޫގެ އިތުރު 2 ހޮސްޕިޓަލެއްގައި އަލަށް ޑެންޓަލް ޚިދުމަތް ފަށައި، 12 ހޮސްޕިޓަލެއްގެ ޑެންޓަލް ޗެއަރތައް ގާއިމްކުރުން

- ޑައިވިންގ އެކްސިޑެންޓްތަކަށް ފަރުވާދިނުމަށް އއ. އަތޮޅު، ގއ. އަތޮޅު، ތިނަދޫ، ފުވައްމުލައް އަދި އައްޑޫގައި ހައިޕަރބެރިކް ޗެމްބަރުގެ ޚިދުމަތް ވަނީ ޤާއިމުކުރުން

ވަޒީރު ގީލާ ޢަލީ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މުޅި ރާއްޖޭގެ ޞިއްޙީ ވިއުގަ ވަރުގަދަކޮށް ރައްޔިތުން ފަރުވާއަށްޓަކައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް އަމިއްލަ ސަރަޙައްދުން ފަސޭހަކަމާއެކު ފުރިހަމަ ޞިއްޙީ ފަރުވާ ލިބިގެންދިއުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.