އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާގެ ތެރެއިން..
އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާގެ ތެރެއިން..
ހަބަރު 02 Oct 2026 | 15:06

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

"މައިންޑް މެޓާސް: ވާރލްޑް މެންޓަލް ހެލްތު ޑޭ 2026" ގެ ނަމުގައި ބޭއްވި މި ވެބިނާރު ކުރިއަށް ގެންގޮސްފައިވަނީ ރޭ 8:30 އިން 10:00 އަށެވެ. މި ހަރަކާތުގެ މައިގަނޑު މައުޟޫޢަކީ ނަފްސާނީ ޞިއްޙަތުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މާހިރުންނާއި އެކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ޙަޔާތުގެ ތަޖުރިބާގެ މުހިންމުކަމެވެ. ވެބިނާރު ފައްޓަވައިދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕް ރެކޯޑުކުރައްވާފައިވާ ބަޔާނަކުންނެވެ. އެ ބަޔާނުގައި ނަފްސާނީ ޞިއްޙަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގު ފާހަގަކުރައްވައި އަމްފާގެ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ.

ވެބިނާރު މޮޑަރޭޓުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިހޭވިއަރަލް ސައިންސް ޑިޕާޓްމަންޓްގެ ސީނިއާ ލެކްޗަރާ ފާޠިމަތު ނަޙުލާއެވެ. ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޑީން ޑރ. ޢާއިޝަތު ޝާނޫރާއި ޤައުމީ ނަފްސާނީ ޞިއްޙަތުގެ މަރުކަޒުގެ ލީޑް ސޯޝަލް ވޯކަރ ފާޠިމަތު ސޯފިޔާ ރަޝީދާއި އެ މަރުކަޒުގެ ސީނިއާ ކޮންސަލްޓަންޓް ސައިކޭޓްރިސްޓް ޑރ. ޢާރިފް މުޙައްމަދެވެ.

ޕެނަލުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޢާރިފް ވިދާޅުވީ ފަރުވާއާ ގުޅޭ ނިންމުންތަކުގައި ބަލިމީހުންނާއި އެ މީހުން ބަލަހައްޓާ ފަރާތްތައް ބައިވެރިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ޚިދުމަތްތައް ތަރައްޤީކުރުމާއި ބަލިތަކުން ރައްކާތެރިވުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ނިޒާމުތައް ބިނާކުރުމުގައި ވެސް އެ ފަރާތްތަކުގެ ތަޖުރިބާ ހިމެނުން މުހިންމު ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

ސޯޝަލް ވޯކަރ ފާޠިމަތު ސޯފިޔާ ރަޝީދު ފާހަގަކުރެއްވި ގޮތުގައި ނަފްސާނީ ދައްޗެއް ކުރިމަތިވާ ހިނދު އިންސާނާގެ ދިރިއުޅުމުގެ ތަފާތު ދާއިރާތަކަށް އޭގެ އަސަރު ފޯރައެވެ. އެ އަސަރުތަކަކީ ކެތްތެރިކަން އިތުރުކޮށްދޭ ނުވަތަ ހާސްކަން ބޮޑުކުރުވާ ކަންކަމަށް ވެދާނެ ކަމަށާއި އެހެންކަމުން ފަރުދީ މުޖުތަމަޢީ އަދި ޤައުމީ ފެންވަރުގައި ފިޔަވަޅު އެޅުން ލާޒިމުވާ ކަމަށް ވެސް ވިދާޅުވިއެވެ. ޕްރޮގްރާމްތަކާއި ފަރުވާގެ ނިޒާމުތައް ފަރުމާކުރާއިރު ނަފްސާނީ ދަތިތައް ތަޙައްމަލުކުރާ ފަރާތްތަކުގެ އަޑާއި ތަޖުރިބާ ހިމެނުމަށް ވެސް އޭނާ ބާރުއެޅުއްވިއެވެ.

މިދިޔަ އަހަރު ވެސް ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އަމްފާއިން ވެބިނާރެއް ބާއްވާފައިވާ އިރު މި އަހަރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ހަރަކާތެއް ހިންގީ ވެސް އެ ޖަމިއްޔާއިންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.