މީހަކު ނިދަން އޮށޯވެ
މީހަކު ނިދަން އޮށޯވެ
ލައިފްސްޓައިލް 29 Sep 2026 | 04:58

އަރާމު ނިންޖަކަށް އެންމެ އެކަށޭނަ ބާލީސް ހޯދާނީ ކިހިނެއް؟

އެއާޕޯޓްތަކުން ދަބަސްތައް ދަމަމުން ދާއިރު، ކިހިލިޖަހައިގެން ބާލީސް ހިފައިގެންދާ މީހުން ތިޔައިގެ ތެރެއިން ބައެއް މީހުންނަށް ފެނިފައި ހުންނާނެއެވެ. ނުވަތަ ތިޔައީ ވެސް އަމިއްލަ ބާލީސް ނެތި ނުނިދޭ މީހަކަށް ވެދާނެއެވެ. މެންޗެސްޓާ ސްކޫލް އޮފް ފިޒިއޮތެރަޕީގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ. ކްރިސް މެކާތީ ވިދާޅުވާ ގޮތުގައި އޭނާއަކީ ވެސް އެފަދަ މީހެކެވެ. މިއީ މާބޮޑަށް ކަންތައް ބޮޑުކުރުމެއް ނޫނެވެ؛ ފިޒިއޮތެރަޕިސްޓެއްގެ ހައިސިއްޔަތުން އޭނާއަށް ދެކޭގޮތުގައި ނުގުޅޭ ބާލީހެއް ބޭނުންކުރުމަކީ ކަރަށް ލިބޭ ބޮޑު ވޭނެކެވެ.

ހޮޓާތަކަށް ގޮސް ބާލީސް ހުންނަ ގޮތުން އުނދަގޫވާނަމަ، އަދި އަމިއްލައަށް އެންމެ އެކަށޭނަ ބާލީހެއް އިޚްތިޔާރު ކުރަން ބޭނުންނަމަ، ޑރ. މެކާތީ ހިއްސާކުރައްވާ މުހިންމު އިރުޝާދުތަކަކީ މިއީއެވެ.

ނިދާ ކޮޅާއި ބާލީހުގެ ގުޅުން

ބީބީސީގެ "ސްލައިސްޑް ބްރެޑް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ޑރ. މެކާތީ ވިދާޅުވީ، ރަނގަޅު ބާލީހެއް ކަނޑައެޅެނީ މީހަކު ނިދަން އޮންނަ ގޮތެއްގެ މައްޗަށެވެ. އާންމުކޮށް މީހުން ނިދަނީ އަރިއަކަށް، އުއްޑުން ނުވަތަ ބަނޑުވަތަށެވެ.

ބަނޑުވަތަށް ނިދުން: ޑރ. މެކާތީ މިގޮތަށް ނިދުން މުޅިން މަނާކުރައްވައެވެ. ސަބަބަކީ ބަނޑުވަތަށް އޮންނައިރު ކަނދުރާ އެއްފަރާތަކަށް އަނބުރައިގެން ގިނައިރު އޮންނަން ޖެހުމުން މަސްތަކަށާއި ލިގަމެންޓްތަކަށް ވާންވެ، ތަދު އުފެދޭތީއެވެ. މައިބަދައިގެ ރިހުމަށް ފަރުވާދޭ އެންމެންވެސް އެއްބަސްވާ އެއް ކަމަކީ ބަނޑުވަތަށް ނުނިދުމެވެ.

އުއްޑުން ނިދާ މީހުން: މިފަދަ މީހުން ބާލީސް ހޮވުމުގައި ބަލަންޖެހޭނީ ބުރަކަށީގެ މަތީބައި ލެނބިފައި ހުންނަ މިންވަރަށެވެ. އުމުރުން ދުވަސްވާ ވަރަކަށް މި ބައި ބޮޑަށް ގުދުވާތީ، ގުދުކަން ބޮޑު މީހުންނަށް ބޭނުންވާނީ ތަންކޮޅެއް ބޯ (ތިކް) ބާލީހެކެވެ.

އަރިއަށް ނިދާ މީހުން: މިއީ އެންމެ ބޮޑަށް ސަމާލުވާންޖެހޭ ފަރާތްތަކެވެ. މިފަދަ މީހުން ބަލަންޖެހޭނީ އެމީހެއްގެ ކޮނޑުގެ ފުޅާމިނަށެވެ. ކޮނޑު ފުޅާވި ވަރަކަށް ބާލީސް ބޯވާން ޖެހޭނެއެވެ. އަދި ބޭނުންކުރާ ގޮދަޑީގެ މަޑުމިނަށް ވެސް ވިސްނަންވާނެއެވެ. ހަރު ގޮދަޑިއެއްނަމަ ކޮނޑު ނުވަންނާތީ ބޯ ބާލީހެއް ބޭނުންވާއިރު، މަޑު ގޮދަޑިއެއްނަމަ ކޮނޑު އެތެރެއަށް ވަންނާތީ ބޭނުންވާނީ ތުނި ބާލީހެކެވެ.

ބާލީހުގެ އުސްމިން ބަދަލުކުރުމަށް ފަސޭހަ އުކުޅެއް

އަތުގައި އޮތް ބާލީސް މާ ތުނިހެން ހީވާނަމަ، ބާލީހުގެ ދަށަށް ފަށްޖަހާފައިވާ ތުވާއްޔެއް ލައްވާލައިގެން އުސްމިން އެޖަސްޓް ކުރެވިދާނެއެވެ. މި އުކުޅުގެ އެހީގައި އަމިއްލައަށް އެންމެ އަރާމު އުސްމިން ދެނެގަނެ، އައު ބާލީހެއް ގަންނަން ފަސޭހަވާނެއެވެ. އަދި އަރިއަރަށް ނިދާއިރު ކަރަށް އިތުރު އެހީތެރިކަމެއް ދިނުމަށްޓަކައި ތުވާލި އޮޅާލައި، ބާލީހުގެ ތިރީ ކައިރީގައި ބޭއްވިދާނެއެވެ. މީގެ މައިގަނޑު ބޭނުމަކީ މައިބަދަ ސީދާކޮށް ބެހެއްޓުމެވެ.

ބާލީސް ތައްޔާރުކޮށްފައިވާ މެޓީރިއަލް

ދޫނިފިޔަ: މިއީ ހޫނު މޫސުމުގައި ބޮލުގެ ދާހިއްލުމާއި ހޫނުކަން ބޭރުކޮށް، ފިނިކޮށްދޭ އެއްޗެކެވެ. ނަމަވެސް، ރޭގަނޑު މީހާ ހަރަކާތްކުރާ ވަރަކަށް ފަތްތައް އެއްފަރާތަކަށް ޖަމާވެ، ބާލީހުގެ ބައްޓަން ގެއްލި ކަރަށް އުނދަގޫވުމުގެ ފުރުސަތު އޮވެއެވެ.

ހޮލޯފައިބާ އަދި މައިކްރޯފައިބާ: މިއީ ބައްޓަން ރަނގަޅަށް ހިފަހައްޓައިދޭ މާއްދާތަކެކެވެ. ނަމަވެސް ދޫނިފަތްހާ ފިނިކޮށްދިނުމުގެ ގާބިލުކަން ކުޑަވާނެއެވެ.

ފޯމް : ޑރ. މެކާތީ އަމިއްލައަށް ވެސް ބޭނުންކުރައްވަނީ ވައިދައުރުވާ ގޮތަށް ހުންނަ ފޯމް ބާލީހެކެވެ. މިއީ ބައްޓަން ނުގެއްލި ގިނަ ދުވަހު ހިފަހައްޓައިދޭ އެއްޗެކެވެ.

ޑރ. މެކާތީ ފާހަގަކުރައްވާ ގޮތުގައި، އެންމެންނަށް އެއްގޮތަކަށް ފެތޭނެ ވަކި ޚާއްސަ އެއް ބާލީހެއް ނުހުންނާނެއެވެ. ބާޒާރުގައި ވިއްކާ އެކި ބާވަތުގެ "އޮތޮޕީޑިކް" ބާލީސްތަކަކީ ވެސް އެންމެންނަށް އަރާމު އެއްޗަކަށް ނުވެދާނެއެވެ. އެހެންކަމުން ތިމާގެ ހަށިގަނޑާއި ނިދާ ގޮތަށް އެންމެ އެކަށޭނަ ބާލީހެއް ހޯދުމަށް އޭނާ އިރުޝާދު ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
31 Oct 2026 ހަބަރު

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް
30 Oct 2026 ލައިފްސްޓައިލް

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް

އަންހެނުންނަކީ ދިރިއުޅުމުގެ އެކި ޒިންމާތައް އަދާކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. މިގޮތުން ގޭތެރޭގެ ކަންކަމާއި، ވަޒީފާ އަދި ޢާއިލާގެ ކަންކަން ބެލެހެއްޓުމުގައި އުޅެމުން، ގިނަ ފަހަރަށް އަމިއްލަ ޞިއްޙަތަށް ދޭންވާ ސަމާލުކަން ކުޑަވެގެންދެއެވެ. މީގެ ސަބަބުން ދުވަސްވީ ވަރަކަށް ހަށިގަނޑުގެ ހަކަތަ ދަށްވެ، މޫޑު ގޯސްވެ، ދިރިއުޅަށް ނޭދެވޭ އަސަރުތައް ފޯރައެވެ. އޭގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ޞިއްޙީ މައްސަލަތަކަށް ޑޮކްޓަރީ ފަރުވާ ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ކުދިކުދި ބަދަލުތަކުންވެސް ބޮޑެތި ފައިދާތަކެއް ޙާޞިލްކުރެވިދާނެއެވެ.

ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް
28 Oct 2026 ލައިފްސްޓައިލް

ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް

މިހާރުން މިހާރަށްވެސް ކުރަންވީ ކަމަކީ އިށީނދެ އިންނައިރު ފައި ތަޅުވައި، އިނގިލިތައް ތެޅުވުން ފަދަ ކަންކަން ކުރުމެވެ. މީހަކަށް ގުޅައިގެންވެސް ދެކޮޅަށް ދެކޮޅަށް ހިނގާލާހިނގާލާ ހުރުމެވެ. މިފަދައިން އުޅެން ފެށުމުން ބައެއް މީހުންނަށް ކޮންމެވެސް ގޮތަކަށް ހީވެދާނެއެވެ. ނަމަވެސް، އެކަމުން އެމީހެއްގެ ސިއްހަތަށް ފައިދާ ކުރާނެއެވެ.

އެކަނި އިނދެ ކެއުމުގެ ބަދަލުގައި އެހެން މީހާކާއެކުގައި ކާންވީ މިހެންވެ
20 Oct 2026 ލައިފްސްޓައިލް

އެކަނި އިނދެ ކެއުމުގެ ބަދަލުގައި އެހެން މީހާކާއެކުގައި ކާންވީ މިހެންވެ

ރަޙްމަތްތެރިންނާ ނުވަތަ ގޭބިސީއާ އެކު ކެއުމުން ޑިޕްރެޝަނާއި ޑިމެންޝިއާގެ ފުރުޞަތު ކުޑަވެ، ކާއެއްޗަކުން ލިބޭ މީރުކަން އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...