N/A
N/A
ލައިފްސްޓައިލް 04 Oct 2026 | 09:17

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލްޗަރާއި ލޯ-ފެޓް ކާނާތަކުގެ ސަބަބުން، ސަރުބީއަކީ އެއްކޮށް ނައްތާލަންޖެހޭ އެއްޗެއްގެ ގޮތުގައި ވަނީ ދެކެވިފައެވެ. އަދި ބަރުދަން ލުއިކުރާ ބޭސްތަކުގެ ސަބަބުން ބޮޑުތަކުން ހަށިގަނޑު ހިއްކާލުމުގެ ޓްރެންޑް އަނެއްކާވެސް މިވަނީ އާލާވާން ފަށާފައެވެ.

ނަމަވެސް، ސިއްޙީ މާހިރުން ބުނާ ގޮތުގައި ސަރުބީއަކީ އަޅުގަނޑުމެން ހީކުރާހާ "ނުބައި" އެއްޗެއް ނޫނެވެ. މާގިނައިން ހުރުމެކޭ އެއްފަދައިން، ހަށިގަނޑުގައި ސަރުބީ މާބޮޑަށް މަދުވުމަކީވެސް ފުރާނައަށް ނުރައްކާވާ ފަދަ ގެއްލުންތަކެއް ހުރި ކަމެކެވެ. މެޑިސިން ޕްރޮފެސަރ އެލިފް އޯރަލް ވިދާޅުވާ ފަދައިން، އަޅުގަނޑުމެންގެ ހަށިގަނޑުގެ ސަރުބީއަކީ ވަރަށް މުހިންމު ބަޔޮލޮޖިކަލް ދައުރެއް އަދާކުރާ އެއްޗެކެވެ.

އާންމު ގޮތެއްގައި ސަރުބީ ދެބަޔަކަށް ބެހެއެވެ. އެއީ ކާނާއިން ލިބޭ ސަރުބީ (ޑައިޓަރީ ފެޓް) އަދި ހަށިގަނޑުގައި ރައްކާކުރެވޭ ސަރުބީ (ބޮޑީ ފެޓް) އެވެ. އަޅުގަނޑުމެން ކާ ކާނާއިން ބޭނުންކޮށް އިތުރުވާ ކެލޮރީތައް ހަށިގަނޑުގެ ސެލްތަކުގައި (އެޑިޕޯސައިޓްސް) ރައްކާކުރެއެވެ. މިއީ ހަމައެކަނި ހަރަކާތެއްނެތި ހުންނަ އެއްޗެއް ނޫނެވެ؛ ސަރުބީއަކީ ހަށިގަނޑުގެ އެކި މަސައްކަތްތައް ހިންގާ އެއްޗެކެވެ.

ހަށިގަނޑުގައި ސަރުބީ އަދާކުރާ މުހިންމު ދައުރު

ހަކަތަ ރައްކާކުރުން: ކާނާ މަދުވާ ހާލަތްތަކުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ ޚަޒާނާއަކީ ސަރުބީއެވެ.

ހޯމޯން އުފެއްދުމާއި މުވާސަލާތު: ސަރުބީ ސެލްތަކުން 'ލެޕްޓިން' ފަދަ މުހިންމު ހޯމޯންތައް އުފައްދައެވެ. މި ހޯމޯން ސިކުނޑިއަށް މެސެޖު ފޮނުވަނީ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ހަކަތަ އެބަހުރިކަމަށެވެ. މީގެ ސަބަބުން ދަރިމައިވުމާއި، ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުން ފަދަ މުހިންމު ކަންކަމަށް ހަށިގަނޑު ސަމާލުކަން ދެއެވެ.

ހަށިގަނޑު ހޫނުކޮށް ބެހެއްޓުން: ބައެއް ވައްތަރުގެ ސަރުބީން ހަށިގަނޑު ފިނީގެ އަސަރުން ރައްކާތެރިކޮށްދޭއިރު، އަނެއްބައި ވައްތަރު ސަރުބީ އަނދައިގެން ހަށިގަނޑަށް ބޭނުންވާ ހޫނުކަން އުފައްދައިދެއެވެ.

ސަރުބީ މާބޮޑަށް މަދުވުމުގެ ނުރައްކާތައް

ހަށިގަނޑުގައި ސަރުބީ މާބޮޑަށް މަދުވެއްޖެނަމަ، ހަށިގަނޑު 'ސްޓާވޭޝަން މޯޑް' ނުވަތަ ބަނޑުހައިހޫނުކަމުގެ ހާލަތަކަށް ގޮސް ދިފާޢީ ނިޒާމު ބަލިކަށިވެއެވެ. އަދި ހަކަތަ ހޯދުމަށްޓަކައި ހަށިގަނޑުގައި ހުންނަ މަސްތައް ވިރުވަން ފަށައެވެ. ކަށިތައް ބަލިކަށިވެ، ބިނދުމުގެ ފުރުޞަތު ބޮޑުވެއެވެ. ފިރިހެނުންގެ ޓެސްޓޮސްޓަރޯން ދަށްވެ، ވަރުބަލިކަން އިހުސާސްވާއިރު، އަންހެނުންގެ މައްސަރު ކަންތަކަށް ބުރޫއަރައި ނުވަތަ އެއްކޮށް ހުއްޓޭގޮތް ވެއެވެ. އުމުރުން ދުވަސްވީ މީހުން ބޮޑެތި ބަލިތަކުގައި އުޅޭއިރު، ކޮންމެވެސް ވަރަކަށް ސަރުބީ ހުރުމަކީ ފުރާނަ ސަލާމަތްވުމުގެ ފުރުޞަތު ބޮޑުކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ސަރުބީ ހުންނަންވީ މިންވަރާއި ބަލާނެ ގޮތް

އާންމު ގޮތެއްގައި ދުޅަހެޔޮ ފިރިހެނެއްގެ ހަށިގަނޑުގައި 10% އާއި 20% އާ ދެމެދުގެ ސަރުބީ ހުންނަންވާނެއެވެ. އަދި ދުޅަހެޔޮ އަންހެނެއްގެ ހަށިގަނޑުގައި 20% އާއި 29% އާ ދެމެދުގައެވެ. އެތުލީޓުންގެ މި އަދަދު ދަށްވި ނަމަވެސް، ޞިއްޙަތަށް ރަނގަޅު މިންވަރަކީ މީހާގެ ޖިންސާއި ނަސްލަށް ބަލައި ތަފާތުވާ އެއްޗެކެވެ.

ސަރުބީ ހުންނަ ތަނަކީވެސް މުހިންމު ކަމެކެވެ. ބަނޑުތެރޭގެ ގުނަވަންތަކުގެ ވަށައިގެން ޖަމާވާ 'ވިސެރަލް ފެޓް' ގިނަވުމަކީ ލޭގެ ޕްރެޝަރު މަތިވެ، ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ.

ހަށިގަނޑުގެ ސަރުބީ ބެލުމަށް ޑެކްސާ ސްކޭން، ސްކިންފޯލްޑް ޓެސްޓް، އަދި ސްމާޓް ކިރާ ތިލަފަތް ބޭނުންކުރި ނަމަވެސް ގޭގައި ފަސޭހައިން ބެލެން ހުރެއެވެ. އެންމެ ފަސޭހަ އަދި އިތުބާރުހުރި ދެ މިންގަނޑަކީ:

އިސްކޮޅާއި އުނަގަނޑުގެ ރޭޝިއޯ (Waist-to-height ratio): މި ނިސްބަތް 0.4 އާއި 0.49 އާ ދެމެދު ހުރުން ރަނގަޅެވެ.

އުނަގަނޑާއި އުކުޅުވަޅުގެ ރޭޝިއޯ (Waist-to-hip ratio): މިއީ ފިރިހެނުންގެ 0.90 އަށްވުރެ އަދި އަންހެނުންގެ 0.85 އަށްވުރެ ދަށުގައި ހުންނަންޖެހޭ އެއްޗެކެވެ.

އުމުރުން ދުވަސްވަމުންދާ ވަރަކަށް ކަށިތަކާއި މަސްތައް ވަރުގަދަކޮށް ބެހެއްޓުމަށް ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުމަކީ މުހިންމު ކަމެކެވެ. ހަށިގަނޑުގައި ހުންނަ ހުރިހާ ސަރުބީއެއް ނައްތާލުމަކީ ދުޅަހެޔޮ ސިއްޙަތެއްގެ ނިޝާނެއް ނޫނެވެ. މުހިންމީ މާބޮޑަށް ހިކިވާން މަސައްކަތް ކުރުމުގެ ބަދަލުގައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ސަރުބީ ބެހެއްޓުމެވެ. އަޅުގަނޑުމެންގެ ފުރާނައާއި ޞިއްޙަތު ރައްކާތެރިކޮށްދިނުމުގައި ސަރުބީ އަދާކުރާ އަގުހުރި ދައުރު ދަނެގަނެ، އެއީ ބާރުގަދަ އަދި އެހާމެ މުހިންމު އެއްޗެއްގެ ގޮތުގައި ބަލައިގަންނަން ދަސްކުރަންޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ
21 Nov 2026 ހަބަރު

ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ

އައިސީޔޫގެ ސީލިންގު ވެއްޓިފައިމިވަނީ އެތަނުން ފެން ލީކްވުމުގެ މައްސަލަތަކެއްވެސް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން ސީލިންގުން ފެން ލީކުވާތާ އަހަރެއްހާދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ

ހޫނު މޫސުމުގައި ބޮލުން އިސްތަށި ފޭބުން: ސަބަބުތަކާއި ރައްކާތެރިވާނެ ގޮތްތައް
16 Nov 2026 ލައިފްސްޓައިލް

ހޫނު މޫސުމުގައި ބޮލުން އިސްތަށި ފޭބުން: ސަބަބުތަކާއި ރައްކާތެރިވާނެ ގޮތްތައް

ހޫނު މޫސުމަކީ ގަދަ ހޫނާއި ވައިގެ ތެތްކަން މަތިވެގެންދާ ދުވަސްވަރެކެވެ. މިއީ އިސްތަށިގަނޑަށް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެއްވެސް މެއެވެ. މި މޫސުމުގައި އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުން އިސްތަށި ފޭބުން އިތުރުވެ، އެކަމުގެ ކަންބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ.

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި
14 Nov 2026 ހަބަރު

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި

މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް
11 Nov 2026 ލައިފްސްޓައިލް

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް

ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ "ފެޓީ ލިވަރ ޑިޒީޒް" އަކީ މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުން އަންނަ އާންމު ޞިއްޙީ މައްސަލައެކެވެ. ނަމަވެސް، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ ތަކެތީގެ މުހިންމުކަން ގިނަ މީހުންނަށް ނޭނގެއެވެ. އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ފޯރުވައެވެ.

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި
05 Nov 2026 ހަބަރު

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ އެވެ.

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟
05 Nov 2026 ލައިފްސްޓައިލް

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟

ކުރިން ކޮރެއާގައި އެކަނި މަގުބޫލުކަން އޮތް މި އުފެއްދުންތައް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައިވާއިރު، މިއީ ހަމައެކަނި ވަގުތީ ޓްރެންޑެއް ނޫނެވެ. މި އުފެއްދުންތަކަށް އޮތް ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުންދަނީ އެއިން ލިބޭ ހަގީގީ ނަތީޖާއާއި އޭގެ ފަހަތުގައިވާ ސިއްހީ ފައިދާތަކުގެ ސަބަބުންނެވެ.