ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމާއި ބެހޭ ގަރާރުގައި ރާއްޖޭން ސޮއިކުރުން
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމާއި ބެހޭ ގަރާރުގައި ރާއްޖޭން ސޮއިކުރުން
ހަބަރު 29 Sep 2026 | 08:42

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމާއި ބެހޭ ގަރާރުގައި ރާއްޖޭން ސޮއިކޮށްފި

"ބޮގޯޓާ ކޯލް ޓު އެކްޝަން" ގަރާރުގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

މިއީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮށް، ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި އަދި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި އެކުލަވާލައިފައިވާ ގަރާރެކެވެ.

ދިވެހިރާއްޖެގެ ފަރާތުން "ބޮގޯޓާ ކޯލް ޓު އެކްޝަން" ގައި ސޮއި ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ ޤީލާ އަލީ އެވެ. "ބޮގޮޓާ ކޯލް ޓު އެކްޝަން" އަކީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ކޮލަމްބިއާގެ ބޮގޮޓާގައި ބޭއްވި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭ ފުރަތަމަ ބައިނަލްއަގްވާމީ މަހާސިންތާގައި ބައިވެރިވި ގައުމުތަކުން އިސްނަގައިގެން އިފުތިތާހުކުރި މުހިއްމު ގަރާރެކެވެ.

މި ޤަރާރުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ.

މި ގަރާރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ގާނޫނީ އަދި ސިޔާސަތުތަކުގެ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި، ކުޑަކުދިން ހިމާޔަތްކުރުމުގެ ނިޒާމުތައް ވަރުގަދަކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، ޑިޖިޓަލް މާޙައަލުތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އިދާރީ ގުޅުންތަކާއި ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމާއި ލާބައާ ގުޅުންހުރި ނިންމުންތަކުގައި އެކުދިންގެ ބައިވެރިވުން މާނަހުރި ގޮތެއްގައި ހިމެނުމަށްވެސް މި ގަރާރުގައި ބާރުއަޅާފައިވެއެވެ.

ބޮގޯޓާ ކޯލް ޓު އެކްޝަންގައި ހިމެނޭ ކަންކަމަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމަށް އިޖާބަދިނުމަށް ދިވެހިރާއްޖެއިން 2024 ވަނަ އަހަރު އެކުލަވާލި 'ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޯންޑިންގ ޓު ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން' އާ ގުޅިލާމެހިފައިވާ ކަންކަމެވެ. ރާއްޖެއިން އެކުލަވާލި މި ޕްލޭންގެ މައިގަނޑު އަމާޒަކީ އަނިޔާއިން ރައްކާތެރިވުމަށް އިސްކަންދީގެން، ގޭތެރެއާއި، ތައުލީމުދޭ މަރުކަޒުތަކާއި، މުޖުތަމަޢުގެ ތެރޭގައާއި އަދި އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކުރުމުގައި ވެސް ކުޑަކުދިންނަށް އަމާން އަދި ރައްކާތެރިކަން ލިބޭނެ މާޙައުލެއް ކަށަވަރުކޮށްދިނުމެވެ.

މީގެ އިތުރުން، މި ޕްލޭންގައި ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްވެސް ވަނީ އިސްކަންދީފައެވެ. މީގެ މަގްސަދަކީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ދުރާލާ ދެނެގަނެ، އެކުދިންނަށް ފުރިހަމަ ރައްކާތެރިކަމާއި، އަޅާލުމާއި އެހީތެރިކަން އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން، އަނިޔާގެ މައްސަލައެއް ހުށަހެޅިއްޖެ ހާލަތުގައި ފޯރުކޮށްދެވޭ ހިދުމަތްތަކަކީ، ރައްކާތެރި އަދި އެކުދިންގެ މަސްލަހަތު އެންމެ އިސްކޮށްގެން ދެވޭ ހިދުމަތްތަކެއްކަން ކަށަވަރުކުރުމެވެ.

ބޮގޯޓާ ކޯލް ޓު އެކްޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުއިވެ، ދުނިޔޭގެ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.