ސަރުކާރުން ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރަނީ އެރަށެއްގެ ހުރިހާ ރައްޔިތުން ބޭނުންވާނަމަ: ޑރ.މުއްޠަލިބް
ސަރުކާރުން ރަށެއްގެ ރައްޔިތުން އެހެން ރަށްރަށް ބަދަލުކުރަނީ އެރަށެއްގެ ހުރިހާ ރައްޔިތުން ބޭނުންވާކަމުގައިވާނަމަ ކަމަށާ، ގަދަކަމުން ބަދަލު ނުކުރެވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުން ފެށިގެންވެސް ރާއްޖޭގެ ރަށެއްގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަމުން އައީ އެ ރަށެއްގެ ހުރިހާ ރައްޔިތުން އެއްބަސްވާނަމަ ކަމަށެވެ.
ރަކީދޫއަށް ދިމާވެފައި އޮތް މައްސަލައަކީ ސާވޭ ކޮށްގެންވެސް މުޅި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ނުލިބިފައިއޮތީ. ބަދަލުވާން ބޭނުންވާކަމުގައިވާނަމަ، ރަސްމާލެ ނޫން ނަމަވެސް، ވީހާވެސް އަވަހަކަށް އާބާދުކުރެވޭ މާލެ ކައިރި ސަރަހައްދަކަށް ބަދަލުކުރުމަށް މިތިބީ ތައްޔާރަށް.
އެގޮތުން، މ ރަތްމަންދޫ ރައްޔިތުންނަށް ކ. ތުލުސްދޫއިން ގޯތި ކަނޑައިދީފައިވާ ކަމަށާ، އެރަށު ރައްޔިތުން ބަދަލުލުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެމްއޭސީއެލްގެ ޕްރޮޕޯސަލް އިވަލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމަ އުސޫލުން ރަކީދޫ ރައްޔިތުންވެސް ބޭނުންވާ ކަމުގައިވާނަމަ، އެރަށު ރައްޔޮތުންވެސް ބަދަލުކުރުމުގެ މަަަސައްކަތް ކުރިއަށް ގެންދެވޭނެ. އެހެންނަމަވެސް ގަދަކަމަކުން އެއްވެސް ރައްޔިތަކު ބަދަލެއް ނުކުރާނަން.
ރަކީދޫ އަކީ ރާއްޖޭގެ އާބާދީ އެންމެ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
2025 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަކީދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަށުގެ 80 އިންސައްތަ ރައްޔިތުން ތާއީދު ކުރާނަމަ އެހެން ރަށަކަށް ބަދަލުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހިޔާލާއެކު އެހެން ރަށަކަށް ބަދަލުވާ ގޮތަށް ނިމިއްޖެނަމަ ރައްޔިތުން ބަދަލުކޮށްދޭނީ ވަސީލަތްތަކާ ޚިދުމަތްތައް ފުރިހަމަތަނަކަށް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް