ޔުގީތު އާއި އޭނާއާއެކު ނޭޕާލުން ހައްޔަރުކުރި މީހާ-
ޔުގީތު އާއި އޭނާއާއެކު ނޭޕާލުން ހައްޔަރުކުރި މީހާ-
ހަބަރު 27 Nov 2026 | 10:56

ނޭޕާލުން ހައްޔަރުކުރި ދިވެހި މީހާއަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއް

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ކަތުމަންޑޫއިން ހައްޔަރުކުރި ދިވެހި ފިރިހެނަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާގައި އިއްވި މަރުގެ އަދަބުން މީގެ ކުރިން ސަލާމަތްވެފައިވާ މީހެއްކަން އެނގިއްޖެއެވެ.

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ހޮޓަލަކުން އުމުރުން 41 އަހަރުގެ ޔުގީތު އިބްރާހީމް ނަމަކަށް ކިޔާ ދިވެއްސަކާއި، ނޭޕާލުގެ ޗިތުވާންގެ ބިސޯނީއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ސްނެހާ ރިމާލް ނަމަކަށް ކިޔާމީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރު 1:00 ހާއިރު، ކަތުމަންޑޫ މެޓްރޮޕޮލިޓަން ސިޓީ-17 ގެ ތަމޭލްގައި ހުންނަ "ސްނޯލައިން ހޮޓެލް" އިންނެވެ. ފުލުހުން ވަނީ އެ ދެ މީހުން ތިބި ތަނުން 5،050،000 (ފަސް މިލިއަން ފަންސާސް ހާސް) ނޭޕާލީ ރުޕީސް އާއި، 4،215 އޮމާން ރިއާލް އަދި ޔޫއޭއީގެ 55 ދިރުހަމް އަތުލައިގެންފައެވެ.

ޔޫގިތު އިބްރާހީމްއަކީ މޭ 2018 ގައި 1.296 ކިލޯގްރާމްގެ ހެރޮއިންއާއެކު ކޮޅުނބުގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި މީހެކެވެ.

މި މައްސަލައިގައި ނެގޮމްބޯ ހައިކޯޓުން ނިންމީ އޭނާ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ކުށުން ބަރީއަވި ނަމަވެސް، މަސްތުވާތަކެތި އަތުގައި ބެހެއްޓިކަމުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އެ ކޯޓުން އޭނާއަށް މަރުގެ އަދަބު ކަނޑައެޅިއެވެ.

ނަމަވެސް، އެ ހުކުމް އިސްތިއުނާފު ކުރުމުން، ސްރީލަންކާގެ ކޯޓް އޮފް އެޕީލުން ވަނީ އޭނާގެ މައްޗަށް ސާބިތުވި ކުށް ބާތިލުކޮށް، ހުރިހާ ދައުވާއަކުން އޭނާ ބަރީއަކޮށްފައެވެ. އެ ކޯޓުން މިގޮތަށް ނިންމީ މައްސަލައިގައި ހެކީގެ ގޮތުގައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި ފުށުއެރުންތަކެއް ހުރުމާއި، ހެކި ރައްކާތެރިކުރުމުގެ އިޖުރާއާތުތައް (ޗެއިން އޮފް ކަސްޓަޑީ) ފުރިހަމަނުވާތީ ހެކީގެ ގޮތުން ބޮޑެތި ފުށުއެރުންތަކެއް ހުރުމާ ގުޅިގެންނެވެ.

ގާތްގަނޑަކަށް އަށް އަހަރު ދުވަހު ލަންކާގެ ބަންދުގައި ހުރުމަށްފަހު، ކޯޓުގެ މި ނިންމުމާއެކު އޭނާ މިނިވަންވީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ލަންކާގެ ޖަލުން މިނިވަންވި ޔޫގިތު މިފަހަރު ނޭޕާލް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފައިވާއިރު، ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސް އޮފީހުގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ދަން ބަހާދުރް ތާޕާ ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ މެންދުރު ފަހާ ހަމައަށްވެސް އެ ފައިސާ ހޯދި ގޮތުގެ އެއްވެސް ތަފްސީލެއް ޔުގީތު އާއި އަންހެން މީހާވެސް ދީފައެއް ނުވެއެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުންނަކީ ކައިވެނިކުރަން އުޅޭ ދެމަފިރިން ކަމަށް ބުނި ނަމަވެސް، އެކަން ސާބިތުކޮށްދެވޭ ފަދަ އެކަށީގެންވާ ހެއްކެއް އަދި ފެނިފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި އެ ދެ މީހުން ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިންގ އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި
27 Nov 2026 ހަބަރު

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި އެ ދެ މީހުން ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިންގ އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު
27 Nov 2026 ހަބަރު

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމުގެ ކުރިން ރައްޔިތުން ގާތު ނޭހުނީ ހެދުނު ގޯހަކުން ކަމަށާއި، މިހާރު ވާހަކަދައްކަވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ
26 Nov 2026 ހަބަރު

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ

އިންޑިއާގެ ފައިސާގެ އަގު މިހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ، އެ ގައުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ވަންނަ މިންވަރު އިތުރުވުމާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެންނެވެ.

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް
26 Nov 2026 ހަބަރު

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް

ޖުމާއާ މެދު ނިންމީ ތަފާތު ގޮތެކެވެ. މަސްތުވާތަކެތީގެ އިތުރު މައްސަލައެއް އޭނާގެ މައްޗަށް ހުށަހެޅިފައި ނެތުމުން، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ސްޓެލްކޯގެ ހަކަތަ އިގްތިސާދުކުރުމުގެ ޤައުމީ ކެމްޕެއިން އައްޑޫގައި ފަށައިފި
26 Nov 2026 ހަބަރު

ސްޓެލްކޯގެ ހަކަތަ އިގްތިސާދުކުރުމުގެ ޤައުމީ ކެމްޕެއިން އައްޑޫގައި ފަށައިފި

ކެމްޕެއިން ފައްޓަވައިދެއްވަމުން ޑރ. ޢަޒުވަރު ވިދާޅުވީ "މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް" ކަމަށާއި "މިއީ ހަމައެކަނި ޝިއާރެއް ނޫން" ކަމަށެވެ.

އެންމެ ޚިދުމަތް ރަނގަޅު ފަސް އުމްރާ ގުރޫޕުގެ ތެރޭގައި ކުރިކީލަ ހައްޖު އެންޑް އުމްރާ ގްރޫޕް
26 Nov 2026 ހަބަރު

އެންމެ ޚިދުމަތް ރަނގަޅު ފަސް އުމްރާ ގުރޫޕުގެ ތެރޭގައި ކުރިކީލަ ހައްޖު އެންޑް އުމްރާ ގްރޫޕް

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ރަނގަޅު ޚިދުމަތެއް ދިން ފަސް ކުންފުނި ކަނޑައަޅައި، އެ ކުންފުނިތަކުގެ އަގުވަޒަންކޮށް މިއަދު އެވޯޑް ދީފިއެވެ. މި އެވޯޑު ކާމިޔާބުކުރި ކުންފުނިތަކުގެ ތެރޭގައި ކުރިކީލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕް ވަނީ ހިމެނިފައެވެ.

އައްޑޫއިން ރަތްމަޑި ފެނިގެން އެ އަތޮޅުން ރުއް ބޭރުކުރުން މަނާކޮށްފި
26 Nov 2026 ހަބަރު

އައްޑޫއިން ރަތްމަޑި ފެނިގެން އެ އަތޮޅުން ރުއް ބޭރުކުރުން މަނާކޮށްފި

މި ނުރައްކާތެރި މަޑިއަކީ ރުކާއި، ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ އާއިލާގެ އެކި ބާވަތްތަކުގެ ގަސްގަހާގެއްސަށް ވަރަށް ބޮޑަށް ގެއްލުންދޭ އެއްޗެކެވެ.

އާރުޑީސީ، އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި
26 Nov 2026 ހަބަރު

އާރުޑީސީ، އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި

މީގެ ފަހުން އާރުޑީސީން ކުރަމުންގެންދިޔަ އަދި ކުރަމުންގެންދާ މަސައްކަތްތައް ކުރަމުންގެންދާނީ އެމްޓީސީސީން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.