ނޭޕާލުން ހައްޔަރުކުރި މީހުންނާއި ފެނުނު ފައިސާ
ނޭޕާލުން ހައްޔަރުކުރި މީހުންނާއި ފެނުނު ފައިސާ
ހަބަރު 27 Nov 2026 | 09:35

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ހޮޓަލަކުން ދިވެހި ފިރިހެނަކާއި ނޭޕާލުގެ އަންހެނަކު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 41 އަހަރުގެ ޔުގީތު އިބްރާހީމް ނަމަކަށް ކިޔާ ދިވެއްސަކާއި، ނޭޕާލުގެ ޗިތުވާންގެ ބިސޯނީއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ސްނެހާ ރިމާލް އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރު 1:00 ހާއިރު، ކަތުމަންޑޫ މެޓްރޮޕޮލިޓަން ސިޓީ-17 ގެ ތަމޭލްގައި ހުންނަ "ސްނޯލައިން ހޮޓެލް" އިންނެވެ. ފުލުހުން ވަނީ އެ ދެ މީހުން ތިބި ތަނުން 5،050،000 (ފަސް މިލިއަން ފަންސާސް ހާސް) ނޭޕާލީ ރުޕީސް އާއި، 4،215 އޮމާން ރިއާލް އަދި ޔޫއޭއީގެ 55 ދިރުހަމް އަތުލައިގެންފައެވެ.

ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސް އޮފީހުގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ދަން ބަހާދުރް ތާޕާ ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ މެންދުރު ފަހާ ހަމައަށްވެސް އެ ފައިސާ ހޯދި ގޮތުގެ އެއްވެސް ތަފްސީލެއް އެ ދެ މީހުން ދީފައެއް ނުވެއެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުންނަކީ ކައިވެނިކުރަން އުޅޭ ދެމަފިރިން ކަމަށް ބުނި ނަމަވެސް، އެކަން ސާބިތުކޮށްދެވޭ ފަދަ އެކަށީގެންވާ ހެއްކެއް އަދި ފެނިފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި އެ ދެ މީހުން ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިންގ އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު
27 Nov 2026 ހަބަރު

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމުގެ ކުރިން ރައްޔިތުން ގާތު ނޭހުނީ ހެދުނު ގޯހަކުން ކަމަށާއި، މިހާރު ވާހަކަދައްކަވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ
26 Nov 2026 ހަބަރު

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ

އިންޑިއާގެ ފައިސާގެ އަގު މިހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ، އެ ގައުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ވަންނަ މިންވަރު އިތުރުވުމާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެންނެވެ.

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް
26 Nov 2026 ހަބަރު

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް

ޖުމާއާ މެދު ނިންމީ ތަފާތު ގޮތެކެވެ. މަސްތުވާތަކެތީގެ އިތުރު މައްސަލައެއް އޭނާގެ މައްޗަށް ހުށަހެޅިފައި ނެތުމުން، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ސްޓެލްކޯގެ ހަކަތަ އިގްތިސާދުކުރުމުގެ ޤައުމީ ކެމްޕެއިން އައްޑޫގައި ފަށައިފި
26 Nov 2026 ހަބަރު

ސްޓެލްކޯގެ ހަކަތަ އިގްތިސާދުކުރުމުގެ ޤައުމީ ކެމްޕެއިން އައްޑޫގައި ފަށައިފި

ކެމްޕެއިން ފައްޓަވައިދެއްވަމުން ޑރ. ޢަޒުވަރު ވިދާޅުވީ "މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް" ކަމަށާއި "މިއީ ހަމައެކަނި ޝިއާރެއް ނޫން" ކަމަށެވެ.

އެންމެ ޚިދުމަތް ރަނގަޅު ފަސް އުމްރާ ގުރޫޕުގެ ތެރޭގައި ކުރިކީލަ ހައްޖު އެންޑް އުމްރާ ގްރޫޕް
26 Nov 2026 ހަބަރު

އެންމެ ޚިދުމަތް ރަނގަޅު ފަސް އުމްރާ ގުރޫޕުގެ ތެރޭގައި ކުރިކީލަ ހައްޖު އެންޑް އުމްރާ ގްރޫޕް

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ރަނގަޅު ޚިދުމަތެއް ދިން ފަސް ކުންފުނި ކަނޑައަޅައި، އެ ކުންފުނިތަކުގެ އަގުވަޒަންކޮށް މިއަދު އެވޯޑް ދީފިއެވެ. މި އެވޯޑު ކާމިޔާބުކުރި ކުންފުނިތަކުގެ ތެރޭގައި ކުރިކީލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕް ވަނީ ހިމެނިފައެވެ.

އައްޑޫއިން ރަތްމަޑި ފެނިގެން އެ އަތޮޅުން ރުއް ބޭރުކުރުން މަނާކޮށްފި
26 Nov 2026 ހަބަރު

އައްޑޫއިން ރަތްމަޑި ފެނިގެން އެ އަތޮޅުން ރުއް ބޭރުކުރުން މަނާކޮށްފި

މި ނުރައްކާތެރި މަޑިއަކީ ރުކާއި، ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ އާއިލާގެ އެކި ބާވަތްތަކުގެ ގަސްގަހާގެއްސަށް ވަރަށް ބޮޑަށް ގެއްލުންދޭ އެއްޗެކެވެ.

އާރުޑީސީ، އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި
26 Nov 2026 ހަބަރު

އާރުޑީސީ، އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި

މީގެ ފަހުން އާރުޑީސީން ކުރަމުންގެންދިޔަ އަދި ކުރަމުންގެންދާ މަސައްކަތްތައް ކުރަމުންގެންދާނީ އެމްޓީސީސީން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަލަށް ގެދޮރު ގަތުމަށް އެހީދޭ "ހެލްޕް-ޓު-ބައި" ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވާލަނީ
26 Nov 2026 ހަބަރު

އަލަށް ގެދޮރު ގަތުމަށް އެހީދޭ "ހެލްޕް-ޓު-ބައި" ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވާލަނީ

ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ "ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ދަށުން، އަލަށް ގެދޮރު ގަތުމަށް އެދޭ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ "ހެލްޕް-ޓު-ބައި" ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.