ޔަހޫދީ ފަތުރުވެރިއަކު ސްރީލަންކާގެ ގައިޑަކު ކަނޑަށް ކޮށްޕާލި މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެއްޖެ
އިސްރާއީލުގެ ފަތުރުވެރިއަކު ސްރީލަންކާގެ ގައިޑަކު ބޯޓަކުން ކަނޑަށް ކޮށްޕާލި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސްރީލަންކާގައި ދުއްވާފައި ދިޔަ ޑިންގީއެއްގައި ތިބި އިސްރާއީލުގެ ފަތުރުވެރިންތަކެއްގެ ތެރެއިން އެކަކު، ފެންބޯން ހުރި ލަންކާ ގައިޑު ވަނީ ކަނޑަށް ކޮށްޕާލާފައެވެ.
މި ހާދިސާ ވައިރަލްވުމާއެކު، އިސްރާއީލުގެ ފަތުރުވެރިންގެ ނުލަފާ އަހުލާގަށް ގިނަ ބަޔަކު ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އަދި މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުން އަންނަނީ އެ ފަތުރުވެރިންގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނަމުންނެވެ.
ނަމަވެސް، އެ ފަތުރުވެރިން ބުނި ގޮތުގައި އެއީ ސަމާސާއަކަށް ކުރި ކަމެކެވެ. އަދި އެ ކަމުގައި ގައިޑުވެސް ބައިވެރިވި ކަމަށް އެމީހުން ބުނެފައިވެއެވެ.
އެ ފަތުރުވެރިން އިތުރަށް ބުނެފައިވަނީ، ގައިޑަށް އަނިޔާއެއް ދިނުމުގެ އެއްވެސް ނިޔަތެއް އެމީހުންގެ ނެތް ކަމަށާއި، ކަނޑަށް ވެއްޓުނު ގައިޑަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އިސްރާއީލުގެ ފަތުރުވެރިން އެކި ގައުމުތަކަށް ކުރާ ދަތުރުތަކުގައި މިފަދަ އަހުލާގީ މައްސަލަތަކަކީ މިހާރު އާ ކަމެއް ނޫނެވެ. އެގޮތުން، ސޯޝަލް މީޑިއާގައި އިސްރާއީލުގެ ފަތުރުވެރިންގެ މިފަދަ އަމަލުތައް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް