ސްރީލަންކާ އާއި އަޒަރުބައިޖާނުގެ ސަރުކާރުގެ އިސްވެރިން؛ ފޮޓޯ / އަޒަރުބައިޖާނުގެ ސަރުކާރު
ސްރީލަންކާ އާއި އަޒަރުބައިޖާނުގެ ސަރުކާރުގެ އިސްވެރިން؛ ފޮޓޯ / އަޒަރުބައިޖާނުގެ ސަރުކާރު
ދުނިޔެ 15 Oct 2026 | 06:50

ސްރީލަންކާ އާއި އަޒަރުބައިޖާނުން ތެލާއި ގޭހުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ މެދު މަޝްވަރާކޮށްފި

ސްރީލަންކާގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތު، އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލީޔޭވް އާ ބައްކޫގައި ބައްދަލުކުރައްވައި، ހަކަތައިގެ ދާއިރާއިން ހާއްސަކޮށް ތެލާއި ގޭހުގެ ސަޕްލައިގެ ރޮނގުން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ވަރުގަދަކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ހަކަތައިގެ ދާއިރާގެ އިތުރުން ވިޔަފާރިއާއި، އިންވެސްޓްމެންޓާއި، ފަތުރުވެރިކަމުގެ ރޮނގުން ސްރީލަންކާ އާއި އަޒަރުބައިޖާނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ.

މިނިސްޓަރު ހެރަތު ބައްކޫއަށް ވަޑައިގެންނެވީ، 2026 ވަނަ އަހަރުގެ އޮކްޓޫބަރު 14 އިން 15 އަށް އެ ސިޓީގައި ބާއްވާ ކޮންފެރެންސް އޮން އިންޓެރެކްޝަން އެންޑް ކޮންފިޑެންސް ބިލްޑިން މެޝާޒް އިން އެއިޝިއާ (ސީކާ)ގެ ހަތް ވަނަ ސަމިޓުގައި ސްރީލަންކާގެ ވަފުދުގެ އިސްވެރިޔާގެ ހައިސިއްޔަތުންނެވެ.

އެ ސަމިޓުގައި "ސްޓްރޯންގާ ސީކާ: ކަނެކްޓިވިޓީ، ޑިޖިޓަލައިޒޭޝަން އެންޑް ސަސްޓެއިނަބަލް ގްރޯތް އިން އެއިޝިއާ" މި ޝިއާރުގެ ދަށުން ސްރީލަންކާގެ ގައުމީ ބަޔާން ހުށަހެޅުއްވުމަށް މިނިސްޓަރު ހެރަތު ވަނީ ތާވަލުކުރައްވައިފައެވެ. މީގެ އިތުރުން، ކަޒަކިސްތާނާއި އުޒްބެކިސްތާނާއި ތަޖިކިސްތާނުގެ މަންދޫބުންނާއި، އަޒަރުބައިޖާނުގެ ބޭފުޅުންނާއި، ސީކާގެ ސެކްރެޓަރީ ޖެނެރަލް އާ ވެސް ވަކިވަކީން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުގެ ބޭނުމަކީ އެއިޝިއާގެ ގައުމުތަކާ ސްރީލަންކާގެ ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމާ އެކު، ހާއްސަކޮށް މެދު ތެރޭ އެއިޝިއާގެ ކުރިއަރަމުން އަންނަ އިގުތިސާދުތަކާ ގުޅިގެން އާ އިގުތިސާދީ ޕާޓްނާޝިޕްތައް ހޯދުމެވެ. ސީކާ އަކީ އެއިޝިއާ ބައްރުގައި އެއްބާރުލުމާއި ސުލްހައާއި ސަލާމަތާއި ހަމަޖެހުން ކުރިއެރުވުމަށް މަސައްކަތްކުރާ ސަރަހައްދީ ބައިނަލްސަރުކާރީ ފޯރަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޣައްޒާގެ ހުރިހާ ޢިމާރާތެއް ސުންނާފަތިނުވެ ހުރެގެން ޖޯކުޖެހި ރެސްޓޯރެންޓް އޯނަރު ބަނގުރޫޓުވާތީ އެހީއަށް އެދި އާދޭސްކުރަން ފަށައިފި
15 Oct 2026 ދުނިޔެ

ޣައްޒާގެ ހުރިހާ ޢިމާރާތެއް ސުންނާފަތިނުވެ ހުރެގެން ޖޯކުޖެހި ރެސްޓޯރެންޓް އޯނަރު ބަނގުރޫޓުވާތީ އެހީއަށް އެދި އާދޭސްކުރަން ފަށައިފި

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާއި ސުންނާފަތިކުރުމަށް ތާއީދުކޮށް، އެ ސިޓީގެ އިމާރާތެއް އަދިވެސް ތަޅާނުލައި ހުރީ ކީއްވެތޯ ސުވާލުކޮށް މަލާމާތްކުރި އިންޑިއާ ނަސްލުގެ ސިކު ރެސްޓޯރެންޓް ވެރިޔާ ހަރްމަން ސިންގް ކަޕޫރް، އޭނާގެ ވިޔަފާރި ބަނގުރޫޓުވާން ކައިރިވެފައިވާތީ އާންމުންގެ އެހީތެރިކަމަށް އެދި އާދޭސްކުރަން ފަށައިފިއެވެ. ކަޕޫރް ހިންގާ "ސިންގްސް ޑައިނިން" ނަމަކަށް ކިޔާ ”ނޮން

އިސްލާމްދީނަށް ފުރައްސާރަކޮށްގެން، ސައުދީން ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފި
14 Oct 2026 ދުނިޔެ

އިސްލާމްދީނަށް ފުރައްސާރަކޮށްގެން، ސައުދީން ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފި

އިސްލާމްދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން ސްރީލަންކާގެ ރައްޔިތަކަށް ސައުދީ އަރަބިއްޔާއިން އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފި ކަމަށް ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހެމަޗަންދުރަ ވިދާޅުވެއްޖެއެވެ.

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
10 Oct 2026 ދުނިޔެ

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި

ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެއާލައިން، ސްރީލަންކަން އެއާލައިނުން ސައުދީގެ ވެރިރަށް ރިޔާދަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަމާ ގުޅިގެން ސްރީލަންކަން އިން ބުނެފައިވަނީ ސައުދީއަ...

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި
07 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި

ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީގެ ބަންދަށް ކޮޅުނބުގެ މެޖިސްޓްރޭޓް ކޮޓުން 6 ދުވަސް މިއަދު ޖަހައިފިއެވެ. ޝިރާންތީގެ ބަންދަށް ކޯޓުން ހަ ދުވަސް ޖަހާފައިމިވަނީ، ކޮރަޕްޝަނާއި...

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި
03 Oct 2026 ދުނިޔެ

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި

ތިމާވެއްޓާ ރައްޓެހި ހަކަތައަށް ވާސިލުވުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިލެކްޓްރިކް އަދި ތެޔޮ މަދުން ހޭދަވާ އުޅަނދުތައް ބޭނުންކުރުމަށް އެ ގައުމ...

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް
01 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް

އާބާދީގައި ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ދިވެހިރާއްޖެއިން އެތައް ބިލިއަން ޑޮލަރެއްގެ ބިޔަ އިންވެސްޓްމަންޓެއް ގެނައިރު، އެއަށްވުރެ މާ ބޮޑު އިޤްތިޞާދަކާއި ވަސީލަތްތައް ހުރި ސްރީލަންކާއަށް އ...