ރާޖަޕަކްސާ
ރާޖަޕަކްސާ
ދުނިޔެ 12 Oct 2026 | 07:57

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.

ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދުވެރިވެގެން ކަމެއް ބުނެ ބައެއް ނޫސްތަކުން ޚަބަރު ފެތުރި ނަމަވެސް، އޭނާގެ ގާތް ބޭފުޅުން ވަނީ އެ ހަބަރުތައް ދޮގުކޮށްފައެވެ.

އެގޮތުން ރާޖަޕަކްސާގެ ގާތް ބޭފުޅުން ވަނީ އޭނާ ހޮސްޕިޓަލަށް ދިޔައީ މެޑިކަލް ޗެކަޕެއް ހެދުމަށް ކަމަށާއި، ސީރިއަސް ހާލަތެއް މެދުވެރިވެގެން ނޫން ކަމަށް ބުނެފައެވެ.

ނަމަވެސް ޗެކަޕްގެ ތަފްސީލުތަކެއް ނުވަތަ ހޮސްޕިޓަލުގެ ނަމެއް މިހާތަނަށް އޭނާގެ ޓީމުން ހާމަކޮށްފައެއް ނުވެއެވެ. އިތުރު މައުލޫމާތެއް ހިއްސާކުރަން ޖެހިއްޖެނަމަ ރަސްމީ ބަޔާނެއް ނެރެންދެން އާންމުން މަޑުކުރުމަށް އެދިފައިވެއެވެ.

މަހިންދަ ރާޖަޕަކްސާ ހޮސްޕިޓަލަށް ގެންގޮސްފައި މިވަނީ އޭނާގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސަ ޖަލުގައި ބަންދުކޮށްފައި ހުއްޓާއެވެ. ޝިރަންތީ ރާޖަޕަކްސަ ހައްޔަރުކުރި އިރު ކޯޓަށް ހުށަހެޅި ކަފާލާތުގެ މައްސަލަ ކޯޓުން ބޭރުކޮށްލުމާ ގުޅިގެން އޭނާ ވަނީ ބަންދުކޮށްފައެވެ. ޖަލު ބަންދުގައި ހުންނެވިއިރު، އެ ބަންދުގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.

2005 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ސްރީ ލަންކާގެ ރައީސުކަން ކުރައްވާފައިވާ އަދި އެތައް އަހަރަކު ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މަހިންދަ ރާޖަޕަކްސާ އަކީ، މުޅި ގައުމުގެ ސިޔާސީ މަސްރަހުގައި އަދި ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނާ (SLPP) ޕާޓީގެ ތެރޭގައިވެސް ނުފޫޒު ގަދަ ބޭފުޅެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
31 Oct 2026 ދުނިޔެ

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އުތުރު-މެދުތެރެ، އިރުމަތި އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މަންނާރާއި ވަވުނިޔާ ސަރަހައްދުގައި ހޫނުމިން އިތުރުވާނެ ކަމަށެވެ.

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
31 Oct 2026 ދުނިޔެ

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް

މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ
28 Oct 2026 ދުނިޔެ

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ

ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
20 Oct 2026 ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
18 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް

ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ