ސައުދީއާއި ބަންގްލަދޭޝްގެ ދިދަ-
ސައުދީއާއި ބަންގްލަދޭޝްގެ ދިދަ-
ދުނިޔެ 20 Oct 2026 | 12:27

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސައުދީގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި މަރުގެ އަދަބު ދީފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ ނަޒްރުލް އިސްލާމް ޢަބްދުލް ބަސީރު އަދި ސިތީ އަޚްތަރު ނަމަކަށް ކިޔާ ދެމީހުންނަށެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުވެ މަރުގެ އަދަބު ކަނޑައަޅާފައިވަނީ ތަޢުޒީރީ އަދަބެއްގެ ގޮތުގައެވެ. ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، މާތްވެގެންވާ މިސްކިތެއްގެ ހުރުމަތް ކެނޑުމާއި، އެ ޢަމަލު ހިންގި ވަގުތާއި ތަނުގެ މާތްކަމަށް ބަލައި، އެއީ ނުހަނު ބޮޑުވެގެންވާ ކުށެއް ކަމަށެވެ.

ނަމަވެސް، އެމީހުން ހިންގީ ކޮން ޒާތެއްގެ ޢަމަލެއް ކަމެއް، އެކަން ހިނގީ ކޮން މިސްކިތެއްގައި ކަމެއް އަދި އެމީހުން ހައްޔަރުކުރި ތާރީޚެއް ސައުދީގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މީޑިއާތަކުން މި ދެމީހުންނަކީ ދެމަފިރިން ކަމަށް ބުނި ނަމަވެސް، އެއީ ކައިވެނިކޮށްގެން އުޅުނު ބައެއްކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

މި ޙާދިސާއާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ބުނެފައިވަނީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ސައުދީ ސަރުކާރުން އެކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި، މި މައްސަލައިގެ ތަފްޞީލު ހޯދުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ބަންގްލަދޭޝް ސަރުކާރުން އަދިވެސް ދަނީ ކުރަމުންނެވެ.

މަރުގެ އަދަބު ދިން ނަޒްރުލް އިސްލާމް (22 އަހަރު) ގެ ޢާއިލާއިން ބުނެފައިވަނީ، އޭނާ ސައުދީއަށް ދިޔައީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުނިކަހާ މީހެއްގެ ވަޒީފާއަށް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރިތާ ތިން އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޖަލުގައި ހުރެގެން ކޮންމެ އާދީއްތަ ދުވަހަކު ޢާއިލާއާ ފޯނުން ވާހަކަދެއްކި ކަމަށާއި، މަރުގެ އަދަބު ތަންފީޒުކުރަން އުޅޭކަމުގެ އެއްވެސް މަޢުލޫމާތެއް ދީފައި ނުވާ ކަމަށް ޢާއިލާއިން ބުނެއެވެ. ޢާއިލާއަށް މި ޚަބަރު ލިބުނީ މީޑިއާތަކުގެ ޒަރީޢާއިންނެވެ.

މި ޚަބަރު ލިބުމާ ގުޅިގެން ލިބުނު ކުއްލި ސިހުމުގައި ނަޒްރުލްގެ ބޮޑުދައިތަ ހިތް ހުއްޓިގެން މަރުވެފައިވާ ކަމަށްވެސް ޢާއިލާއިން މަޢުލޫމާތު ދެއެވެ. ނަޒްރުލްގެ ބައްޕަ ޢަބްދުލް ބަސީރު ބުނެފައިވަނީ، ދަރިފުޅަށް އަދަބު ދިނީ ޢަދުލުވެރިކޮށް ނޫންނަމަ އިންސާފު ބޭނުންވާ ކަމަށެވެ. އަދި ދަރިފުޅު ސައުދީއަށް ފޮނުވުމަށް ނެގި 7 ލައްކަ ޓާކާގެ ދަރަނި އަދާކުރުމަށް ލޯނު ދިން ފަރާތްތަކުން މިހާރު ޕްރެޝަރު ކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

ނަޒްރުލްގެ ޢާއިލާއިން ވަނީ ސަރުކާރުގެ ޚަރަދުގައި އޭނާގެ ހަށިގަނޑު އަނބުރާ ޤައުމަށް ގެނެސްދިނުމަށާއި، މި މައްސަލަ މިނިވަންކަމާއެކު ތަޙުޤީޤު ކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރަށް ގޮވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

ފަސީ 2 weeks ago

3 އަހަރު ދުވަސް ވަންދެން ކޮންމެ އާދީއްތަ ދުވަހަކު ވަަހަކަ ދައްކާ ކަމަށް ބުނާއިރު ލައްކަ ވާހަކަ ދައްކާނެ. ބަނގްލަދޭޝް ސަރުކާރަށް ވެސް ވާނީ ހިލަމެއް ވެފަ.

ގުޅޭ ލިޔުންތައް

ޔަހޫދީ ފަތުރުވެރިއަކު ސްރީލަންކާގެ ގައިޑަކު ކަނޑަށް ކޮށްޕާލި މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެއްޖެ
09 Nov 2026 ދުނިޔެ

ޔަހޫދީ ފަތުރުވެރިއަކު ސްރީލަންކާގެ ގައިޑަކު ކަނޑަށް ކޮށްޕާލި މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެއްޖެ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސްރީލަންކާގައި ދުއްވާފައި ދިޔަ ޑިންގީއެއްގައި ތިބި އިސްރާއީލުގެ ފަތުރުވެރިންތަކެއްގެ ތެރެއިން އެކަކު، ފެންބޯން ހުރި ލަންކާ ގައިޑު ވަނީ ކަނޑަށް ކޮށްޕާލާފައެވެ.

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި
07 Nov 2026 ދުނިޔެ

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑޮނޭޝިޔާގެ ފްލޮރެސް ޖަޒީރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސައުދީ އަރަބިއްޔާއިން ކުއްލި އެހީގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.

މުވައްޒަފުންގެ އާމްދަނީން ނަގާ ޓެކުހަށް ސްރީލަންކާގައި ލުއިތަކެއް ދެނީ
07 Nov 2026 ދުނިޔެ

މުވައްޒަފުންގެ އާމްދަނީން ނަގާ ޓެކުހަށް ސްރީލަންކާގައި ލުއިތަކެއް ދެނީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ސްރީލަންކާއިން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕޭ-އޭޒް-ޔޫ-އާން ޓެކްސް ނުނަގާނެ އާމްދަނީގެ މިންވަރު މަހަކު 150،000 ރުޕީސް އަށް މަތިކޮށްފައެވެ.

 މައްކާއާއި މަދީނާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް މުސްލިމް ވޯލްޑް ލީގުން ކުށްވެރިކޮށްފި
07 Nov 2026 ދުނިޔެ

މައްކާއާއި މަދީނާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް މުސްލިމް ވޯލްޑް ލީގުން ކުށްވެރިކޮށްފި

އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ. މުޙައްމަދު އަލްޢީސާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްލާމްދީނުގެ މުގައްދަސް ބިނާތަކަށާއި މައުސޫމް އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހޫޘީން ގަސްތުގައި ހިންގަމުންދާ މި އަމަލުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ

ޔަމަނުގައި ހާލުގައި ޖެހި، ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ސައޫދީ އެހީދޭ އިދާރާއިން ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފި
06 Nov 2026 ދުނިޔެ

ޔަމަނުގައި ހާލުގައި ޖެހި، ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ސައޫދީ އެހީދޭ އިދާރާއިން ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފި

ސައޫދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސައޫދީ އަރަބިއްޔާގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭ.އެސް ރިލީފް) އިންނެވެ. މިއީ ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ސަބަބުން އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކްލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިންސާނީ އެހީތެރިކަމުގެ ހަރަކާތެކެވެ.

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި
06 Nov 2026 ދުނިޔެ

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި

ޔަމަނުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮންނަ ޙޫޘީ ހަނގުރާމަވެރިން، މަދީނާ ހިމެނޭ ސަރަޙައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.