ހޫތީންގެ ހަމަލާއެއް ސައުދީއަށް އަމާޒުވެފައި.. ފޮޓޯ: ރޮއިޓާސް
ހޫތީންގެ ހަމަލާއެއް ސައުދީއަށް އަމާޒުވެފައި.. ފޮޓޯ: ރޮއިޓާސް
ދުނިޔެ 07 Nov 2026 | 05:19

މައްކާއާއި މަދީނާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް މުސްލިމް ވޯލްޑް ލީގުން ކުށްވެރިކޮށްފި

މުސްލިމުންގެ އެންމެ މުގައްދަސް ބިންތައް ކަމުގައިވާ މައްކާއާއި މަދީނާގެ އިތުރުން ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީ ހަނގުރާމަވެރިން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތައް މުސްލިމް ވޯލްޑް ލީގުން (އެމް.ޑަބްލިޔު.އެލް) ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ. މުޙައްމަދު އަލްޢީސާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްލާމްދީނުގެ މުގައްދަސް ބިނާތަކަށާއި މައުސޫމް އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހޫޘީން ގަސްތުގައި ހިންގަމުންދާ މި އަމަލުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ސައުދީގެ ވައިގެ ދިފާއީ ބާރުތަކުން އެ ހަމަލާތައް ނާކާމިޔާބު ކޮށްލާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އަލްޢީސާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ޖަޒުބާތުތަކާ ކުޅެލުމަށް ހިންގާ މިފަދަ ނިރުބަވެރި އަމަލުތަކަކީ ދީނީ އަދި އިންސާނީ އެއްވެސް ހަމައަކަށް ފެތޭ ކަމެއް ނޫން ކަމަށެވެ. އަދި އަމިއްލައަށް 'އަންޞާރުﷲ' ގެ ނަމުން ނަންދީގެން އުޅޭ މި ގުރޫޕުގެ އަމަލުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު، މުސްލިމް އުންމަތަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި ބަޔާނުގައި ޑރ. އަލްޢީސާ ވަނީ މުގައްދަސް ބިންތަކާއި އާންމުންގެ ސަލާމަތަށްޓަކައި ސައުދީ އަރަބިއްޔާއިން އަޅާ ކޮންމެ ފިޔަވަޅަކަށް މުސްލިމް ވޯލްޑް ލީގުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޔަމަނުގައި ހާލުގައި ޖެހި، ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ސައޫދީ އެހީދޭ އިދާރާއިން ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފި
06 Nov 2026 ދުނިޔެ

ޔަމަނުގައި ހާލުގައި ޖެހި، ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ސައޫދީ އެހީދޭ އިދާރާއިން ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފި

ސައޫދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސައޫދީ އަރަބިއްޔާގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭ.އެސް ރިލީފް) އިންނެވެ. މިއީ ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ސަބަބުން އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކްލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިންސާނީ އެހީތެރިކަމުގެ ހަރަކާތެކެވެ.

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އަރައި، އައު ރެކޯޑެއް
06 Nov 2026 ދުނިޔެ

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އަރައި، އައު ރެކޯޑެއް

ދުނިޔޭގެ ވިޔަފާރިއާއި އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ދަރަނީގެ ދަތިތަކާ އެކުވެސް، ޕާކިސްތާނުގެ މަރުކަޒީ ބޭންކު—ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) ގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އުފުލި، އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. ވިޔަފާރި ބޭންކުތަކުގައި ހުރި ފައިސާއާއެކު އެ ގައުމުގެ ޖުމްލަ ރިޒާވް މިހާރު ވަނީ 26.86 ބިލިއަން ޑޮލަރަށް އަރާފައެވެ.

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި
06 Nov 2026 ދުނިޔެ

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި

ޔަމަނުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮންނަ ޙޫޘީ ހަނގުރާމަވެރިން، މަދީނާ ހިމެނޭ ސަރަޙައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި
06 Nov 2026 ދުނިޔެ

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި

މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ ޤައުމަކަށް ޙަމަލާއެއް އަތުވެއްޖެ ޙާލަތެއްގައި ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތުން ދިފާޢުގައި އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެންދެއެވެ.

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި
03 Nov 2026 ކުޅިވަރު

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި

މި ބަދަލު ގެނައީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާއި ސައޫދީ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށްފަހުގައެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް
01 Nov 2026 ދުނިޔެ

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީގައި މަނާކޮށްފައިވާ ފޮތްތައް ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ލިޔުމެއްގައި އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި
31 Oct 2026 ދުނިޔެ

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި

ހުކުރު އަދި ހޮނިހިރު ދުވަހު ހޫޘީން ވަނީ ގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެ މިސައިލާއި ތިން ޑްރޯން ފޮނުވާލާފައެވެ. މީގެ ތެރޭގައި ހުޅަނގު ސަރަހައްދަށް އަމާޒުކުރި ކުރޫޒް މިސައިލަކާއި، ދެކުނަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. މި ހުރިހާ ހަމަލާތަކެއްވެސް ސައުދީގެ ދިފާއީ ނިޒާމުން ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ.