ހއ އިން ފެށިގެން އދ އަށް މޫސުން ވަރަށް ގޯސް
ހއ އިން ފެށިގެން އދ އަތޮޅަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދުގެ 10:30 ގެ ނިޔަލަށެވެ. މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނޭކަމަށް ލަފާކުރެވޭކަމަށެވެ. މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ހައްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ ވަކިންބޮޑަށް އިލްތިމާސްކޮށްފައެވެ.
ހއ އިން ފެށިގެން އދ އަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މި ސަރަހައްދަކީ ލޯންޗުފަހަރުގެ މޫވްމެންޓް އެންމެ ގިނަ ސަރަހައްދުކަން ފާހަގަކޮށްލެވެއެވެ.
މެޓް އޮފީހުން ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް އެލާޓް ނެރެފައެވެ. އެގޮތުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް