މާލެއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުން---ފޮޓޯ: ވޮއިސް
މާލެއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުން---ފޮޓޯ: ވޮއިސް
ހަބަރު 06 Nov 2026 | 07:43

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ވިއްސާރަ ކުރާނެ: މެޓް

މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ވެސް ފޯރާނެ ކަމަށް ލަފާލުރެވޭ ކަމަށެވެ.

އަދި މި ވިއްސާރައިގައި ކަނޑުތައް ގަދަވެދާނެތީ، ކަނޑުމަގުން ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓުން ބުނީ ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ބާރުވެދާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބީއެމްއެލްއިން ހުޅުމާލޭގައި އަޅާ އަގުހެޔޮ ފްލެޓުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
06 Nov 2026 ހަބަރު

ބީއެމްއެލްއިން ހުޅުމާލޭގައި އަޅާ އަގުހެޔޮ ފްލެޓުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" އިން ހުޅުމާލޭގައި ތަރައްޤީކުރާ އަގުހެޔޮ ހައުސިންގ ޔުނިޓުތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
06 Nov 2026 ހަބަރު

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި
06 Nov 2026 ހަބަރު

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިންތިޚާބުވެވަޑައިގެންފިއެވެ. ޑރ. ޝެހެނާޒް މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ 2026 އިން 2030 ގެ ދައުރަށެވެ.

ދީނީ ޢިލްމު ނެތި ފަތުވާދީ، ޅަ ސިކުނޑިތައް ތަޣައްޔަރުކުރާ މައްސަލައަށް ޙައްލު ހޯދަންޖެހޭ: ދިފާއީ ވަޒީރު
06 Nov 2026 ހަބަރު

ދީނީ ޢިލްމު ނެތި ފަތުވާދީ، ޅަ ސިކުނޑިތައް ތަޣައްޔަރުކުރާ މައްސަލައަށް ޙައްލު ހޯދަންޖެހޭ: ދިފާއީ ވަޒީރު

ވަޒީރު ވިދާޅުވީ، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިސްލާމީ އެއްވެސް މަދުރަސާއަކުން ނުވަތަ ޔުނިވަރސިޓީއަކުން ދީނީ ޢިލްމު ޙާޞިލުނުކޮށް ތިބޭ ފަރާތްތަކުން އަމިއްލައަށް ފަތުވާ ނެރެ، މުޖުތަމަޢުގެ ޅަދަރިންގެ ވިސްނުން ކިލަނބުކުރަމުން ދިޔުން ކަމަށެވެ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވޭ
27 Oct 2026 ހަބަރު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވޭ

މި ވަގުތު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 102 ގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، އެންމެ ބޮޑަށް ވައި ނުސާފުކަމަށް ދައްކަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ހދ. ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ 170 ގައި ހުރިއިރު، ށ. ފުނަދޫގައި މި އަދަދު ހުރީ 162 ގައެވެ.

ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފި
24 Oct 2026 ހަބަރު

ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފި

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، މިފަހުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ފެންބޮޑުވެ ގެއްލުންވި ރަށްތަކުގެ އެންމެ ފަހުގެ ހާލަތު އެންޑީއެމްއޭ އިން ވަނީ އާންމުކޮށްފައެވެ

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް
23 Oct 2026 ހަބަރު

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް

މާދަމާވެސް ބޯކޮށްވާރޭ ވެހޭނެ ކަމަށާ، ރާއްޖޭގެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ )މެޓް( އިން ލަފާކޮށްފިއެވެ.

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛
23 Oct 2026 ހަބަރު

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛

މެޓް އޮފީހުން ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށެވެ. އެ ސަރަހަައްދަށް ހުދު ސަމާލުނެރުނީ 15:00 އާ ހަމައަށެވެ.