މާލެއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުން---ފޮޓޯ: ވޮއިސް
މާލެއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުން---ފޮޓޯ: ވޮއިސް
ހަބަރު 23 Oct 2026 | 06:42

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް

މާދަމާވެސް ބޯކޮށްވާރޭ ވެހޭނެ ކަމަށާ، ރާއްޖޭގެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، މި ހަފުތާ ބަންދަށްފަހު އާދިއްތަ ދުވަހު މޫސުން ރަނގަޅުވާނެ ކަމަށެވެ.

ނަމަވެސް އަންގާރަ ދުވަހުވެސް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ މިއަދު މެންދުރު 3:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.

އެ އިދާރާއިން ބުނީ އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން، މި ވިއްސާރައިގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، އެ ސަރަޙައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ
23 Oct 2026 ހަބަރު

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ

ރަށު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ފަސް ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ހިންދިފައި ނުވާ ކަމަށެވެ. މި ނާޒުކު ޙާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން މިހާރު ވަނީ ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛
23 Oct 2026 ހަބަރު

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛

މެޓް އޮފީހުން ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށެވެ. އެ ސަރަހަައްދަށް ހުދު ސަމާލުނެރުނީ 15:00 އާ ހަމައަށެވެ.

ވިއްސާރައިގައި އުތުރުގެ ރަށްތަކުގެ ގިނަ ގެތަކަކަށް ގެއްލުން؛ ބައެއް ގެތަކުގެ އަޑިންވެސް ފެން އަރަމުންދޭ: އެންޑީއެމްއޭ
23 Oct 2026 ހަބަރު

ވިއްސާރައިގައި އުތުރުގެ ރަށްތަކުގެ ގިނަ ގެތަކަކަށް ގެއްލުން؛ ބައެއް ގެތަކުގެ އަޑިންވެސް ފެން އަރަމުންދޭ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން ބުނެފިއެވެ.

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“
23 Oct 2026 ހަބަރު

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މުޢިއްޒުވަނީ އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ކީ ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: 2.4 މިލިއަން ގަސް އިންދައިފި
22 Oct 2026 ހަބަރު

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: 2.4 މިލިއަން ގަސް އިންދައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 ގަސް ވަނީ އިންދާފަ އެވެ.

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ
22 Oct 2026 ހަބަރު

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ

އޭގެ ތެރޭގައި ބާވެހަލާކުވެފައިވާ އޯލް އިން ވަން ތިންް ކޮމްޕިއުޓަރު ހިމެނެ އެވެ.

ސްކޭމް ހިންގާ 847 މީހެއް: ތިން މަހުން ފަސް މިލިއަން ފޭރުނު، ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރެނީ
22 Oct 2026 ހަބަރު

ސްކޭމް ހިންގާ 847 މީހެއް: ތިން މަހުން ފަސް މިލިއަން ފޭރުނު، ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރެނީ

މި އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.