ވިއްސާރާގައި ގެއަކަށް ފެންވަދެފައި... ފޮޓޯ: އެންޑީއެމްއޭ
ވިއްސާރާގައި ގެއަކަށް ފެންވަދެފައި... ފޮޓޯ: އެންޑީއެމްއޭ
ހަބަރު 24 Oct 2026 | 12:57

ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި ބޯކޮށް ވާރޭވެހި، އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމާއި ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، މިފަހުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ފެންބޮޑުވެ ގެއްލުންވި ރަށްތަކުގެ އެންމެ ފަހުގެ ހާލަތު އެންޑީއެމްއޭ އިން ވަނީ އާންމުކޮށްފައެވެ.

އެންޑީއެމްއޭ އިން ބުނީ ހދ. ކުޅުދުއްފުށީގައި ފެންބޮޑުވެގެން ކުރިއަށްގެންދިޔަ ފެން ހިންދުމުގެ މަސައްކަތް މިހާރު ވަނީ މެދުކަނޑާލާފައެވެ. އަދި މިވަގުތު އެ ރަށުގެ ހާލަތު ހަމަޔަކަށް އެޅިފައިވާއިރު، އެއްވެސް މީހަކު ވަގުތީ ހިޔާއަކަށް ބަދަލުވާން ޖެހިފައެއް ނުވެއެވެ. ނަމަވެސް، ގެއަށް ފެންވަދެ ދިރިނޫޅެވޭވަރު ވުމުގެ ސަބަބުން 2 ގެއެއްގެ މީހުން ވަނީ އަމިއްލައަށް ގެސްޓްހައުސްތަކަށް ބަދަލުވެފައެވެ.

ހދ. ނޮޅިވަރަމަށް ބަލާއިރު، ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެ ރަށުގައި ފެން ހިންދުމަށްޓަކައި 2 ޕަންޕު ބޭނުންކޮށް، 6 ކޯރު ކަނޑައިގެން ފެން ބޭރުކުރުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.

މީގެއިތުރުން، ހދ. ނޮޅިވަރަންފަރަށް ވާރޭ ވެހުން ހުއްޓާލުމާ ގުޅިގެން ރަށުގެ ބޮޑު ސަރަހައްދަކުން މިހާރު ވަނީ ފެން ހިނދިފައެވެ. އަދި މިހާރު އެ ރަށުގައި ކުރިއަށްދަނީ ފެންވަދެ ގެއްލުންވި ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތެވެ.

ޅ. ނައިފަރަށް ވެސް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ވާރޭ ހުއްޓާލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ފެން ހިނދެން ވަނީ ފަށާފައެވެ. ނައިފަރުގައި ވެސް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތާއި، އެކި ގޭބިސީތަކަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

މިފަހުން ކުރަންފެށި މޫސުމީ ވިއްސާރާގައި އުތުރުގެ އަތޮޅުތަކުގެ އިތުރުން ދެކުނުގެ ރަށްތަކަށްވެސް ގެއްލުންތައް ލިބުނެވެ. އެގޮތުން ވިއޯރީގައިވެސް ވަރަށްބޮޑަށް ފެންބޮޑުވެ، ރަށުގެ 90 އިންސައްތަ ގެތަކަށް ފެން ވަދެފައިވެއެވެ. ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލިބުނު ގެއްލުންތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ކައުންސިލްތައް ގުޅިގެން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

އީގަލް ހިލްސް މަޝްރޫޢު ފުރިހަމަ، އަލައްބާރާއި ޔަހޫދީންނާ ގުޅުވޭކަށެއްނެތް: ރައީސް ނަޝީދު
24 Oct 2026 ހަބަރު

އީގަލް ހިލްސް މަޝްރޫޢު ފުރިހަމަ، އަލައްބާރާއި ޔަހޫދީންނާ ގުޅުވޭކަށެއްނެތް: ރައީސް ނަޝީދު

މަޝްރޫއު ހިންގުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރާއްޖެއަށް ނުހަނު ފައިދާހުރި ރަނގަޅު މަޝްރޫއެއް ކަމަށެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި
24 Oct 2026 ހަބަރު

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި

ތިނަދޫގައި ރޭޕް މައްސަލައެއް ފެންމަތިވެފައިވަނީ، މިދިޔަ ހަފްތާގައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ރޭޕް މައްސަލާގައި 22 އަހަރުގެ އަންހެނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭއިރު، ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން 9 މީހަކު ފުލުހުންގެ ބެލުމުފެ ދަށަށް ގެނެސްފައިވާކަމަށެވެ

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި
24 Oct 2026 ހަބަރު

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު
24 Oct 2026 ހަބަރު

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.