ދިފާއީ ވަޒީރު ހަސަން ރަޝީދު... ފޮޓޯ: އައިޔޫއެމް
ދިފާއީ ވަޒީރު ހަސަން ރަޝީދު... ފޮޓޯ: އައިޔޫއެމް
ހަބަރު 06 Nov 2026 | 02:22

ދީނީ ޢިލްމު ނެތި ފަތުވާދީ، ޅަ ސިކުނޑިތައް ތަޣައްޔަރުކުރާ މައްސަލައަށް ޙައްލު ހޯދަންޖެހޭ: ދިފާއީ ވަޒީރު

ދީނީ ޢިލްމު އުނގެނިފައިނުވާ ޙާލަތްތަކުގައިވެސް ބައެއް ފަރާތްތަކުން ދީނީގޮތުން ފަތުވާ ނެރެ، ޒުވާނުންނާއި ޅަ ސިކުނޑިތައް ތަޣައްޔަރު ކުރަމުންދާ ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދިވެހިރާއްޖޭގެ އައިޔޫއެމް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިސްލާމީ އެއްވެސް މަދުރަސާއަކުން ނުވަތަ ޔުނިވަރސިޓީއަކުން ދީނީ ޢިލްމު ޙާޞިލުނުކޮށް ތިބޭ ފަރާތްތަކުން އަމިއްލައަށް ފަތުވާ ނެރެ، މުޖުތަމަޢުގެ ޅަދަރިންގެ ވިސްނުން ކިލަނބުކުރަމުން ދިޔުން ކަމަށެވެ.

"މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އިސްލާމީ އެއްވެސް މަދުރަސާއަކުން ނުވަތަ ޔުނިވަރސިޓީއަކުން ދީނީ ޢިލްމު އުނގެނިފައިނުވާ ހާލަތްތަކުގައިވެސް ބައެއް ފަރާތްތަކުން ދީނީގޮތުން ފަތުވާ ނެރެ، ޅަ ސިކުނޑިތައް ތަޣައްޔަރު ކުރަމުން ދިޔުން. އެހެންކަމުން މިކަންކަން ދެނެގަތުމަށްޓަކައި ދިފާޢީ ވުޒާރާގެ ދަށުން ހިންގަމުންދާ ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، އިސްލާމީ ޔުނިވަރސިޓީ ގުޅިގެން މިކަމުގައި މުހިންމު މަސައްކަތްތަކެއް ކުރެވިދާނެ ކަމުގައި ދެކެން."

ދިފާޢި ވަޒީރު ހަސަން ރަޝީދު

ބަވަނަވަމުން އަންނަ ދުނިޔޭގައި ދިވެހީންގެ ޢަޤީދާއަށް އަމާޒުކޮށް ތަފާތު ފިކުރީ ހަމަލާތައް އަންނަމުންދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އެފަދަ ހަމަލާތަކާއި ނޭދެވޭ ފިކުރުތަކުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ތަޢުލީމީ މުއައްސަސާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އައިޔޫއެމްއަކީ ދިވެހިންގެ އިސްލާމީ ވަޙްދަތު ރައްކާތެރިކޮށް ދަމަހައްޓައި، ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އުނގެނުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ލިބިފައިވާ ތަޢުލީމާއި ހުނަރު އަދި ވިސްނުންތެރިކަމުގެ ބޭނުން ހިފަންވާނީ ޤައުމާއި މުޖުތަމަޢަށް ފައިދާހުރި ގޮތުގައި ޤައުމު ބިނާކުރުމަށް ކަމަށެވެ. އަދި ޤައުމު ބިނާކުރުމުގެ އެންމެ ވަރުގަދަ ބާރަކީ ތަޢުލީމީ ޒުވާނުން ކަމުގައިވާތީ، ދަސްވެނިވި ދަރިވަރުން ނަމޫނާ ދައްކައި، ޤައުމުގެ ތަރައްޤީގައި އިޚްލާޞްތެރިކަމާއެކު ޙިއްޞާވުމަށް ވަޒީރު ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމު ފުޅާކުރުމަށް އިސްލާމީ ޔުނިވަރސިޓީން ކުރަމުންދާ މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި، ވަޒީރު ވަނީ އެ ޔުނިވަރސިޓީގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ..

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
06 Nov 2026 ހަބަރު

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި
06 Nov 2026 ހަބަރު

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިންތިޚާބުވެވަޑައިގެންފިއެވެ. ޑރ. ޝެހެނާޒް މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ 2026 އިން 2030 ގެ ދައުރަށެވެ.

ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެ
05 Nov 2026 ހަބަރު

ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ހިދުމަތާއި ހަވާލުވެ، ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގަ އެވެ.

ހިޔާވަހި ލޯން ލިބުނު ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އަރިހަށް، ލިބުނީ ރައީސް ކަނޑައެޅުއްވި ގޮތަކަށް ނޫން
05 Nov 2026 ހަބަރު

ހިޔާވަހި ލޯން ލިބުނު ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އަރިހަށް، ލިބުނީ ރައީސް ކަނޑައެޅުއްވި ގޮތަކަށް ނޫން

މީގެ އިތުރުން ލޯނު ހަމަޖެހުނުތާ އެތައް ދުވަހެއްވީއިރުވެސް ލޯނު ނުލިބި ލަސްވުމުން އެކަމުގެ ކަންބޮޑުވުން ވެސް ހިއްސާކުރި އެވެ.

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
05 Nov 2026 ހަބަރު

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.

އައިޔޫއެމްގެ"ލީގަލް ކްލިނިކް" އިފްތިތާޙްކޮށްފި؛ ހިލޭ ގާނޫނީ އެހީތެރިކަން ލިބޭނެ
16 Jun 2026 ހަބަރު

އައިޔޫއެމްގެ"ލީގަލް ކްލިނިކް" އިފްތިތާޙްކޮށްފި؛ ހިލޭ ގާނޫނީ އެހީތެރިކަން ލިބޭނެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ އަހަރީ ދުވަހުގެ މުނާޞަބަތުގައި "އައިޔޫއެމް ލީގަލް ކްލިނިކް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ އެ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ...

އުސްތާޛު އިބްރާހިމް ރަޝީދުގެ އަނބިކަނބަލުން ސާމިޔާ އަވަހާރަވެއްޖެ
03 Nov 2025 ހަބަރު

އުސްތާޛު އިބްރާހިމް ރަޝީދުގެ އަނބިކަނބަލުން ސާމިޔާ އަވަހާރަވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާގެ އަނބިކަނބަލުން ހ. މީރުބަހުރުގޭއާގެ ސާމިޔާ ލަތީފް އަވަހާރަވެއްޖެ އެވެ. އެކަމަނާ އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އަވަހާރަވީ އުމ...

މިއައިޔޫއެމްގައި ޚާއްސަ ސެމިނާއެއް, ދެ ދުވަހުގެ ވޯކްޝޮޕްތަކެެއް
11 Oct 2025 ހަބަރު

މިއައިޔޫއެމްގައި ޚާއްސަ ސެމިނާއެއް, ދެ ދުވަހުގެ ވޯކްޝޮޕްތަކެެއް

އާދީއްތަ ދުވަހާއި ހޯމަ ދުވަހު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ވަރަށް ޚާއްސަ ސެމިނާ އެއް ކުރިއަށް ގެންދަން ނިންމައިފި އެވެ. އައިޔޫއެމް އިން ބުނީ މި ސެމިނާގައި ފެސިލިޓޭޓް ކޮށްދެއ...