ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން: ޚުތުބާ
ދީން 06 Nov 2026 | 08:05

ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން: ޚުތުބާ

ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫޢަށެވެ.

ޚުތުބާގައި ބުނީ، ދުޅަހެޔޮ ޞިއްޙަތަކީ މާތް الله ދެއްވާފައިވާ މަތިވެރި ނިޢުމަތެއް ކަމަށާއި، އިންސާނާގެ ނަފުސަކީ އެކަލާނގެ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށެވެ. އެހެންކަމުން ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވާކަން ފާހަގަކުރިއެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. "އަދި، ތިޔަބައިމީހުންގެ އަމިއްލަ نفسތައް ތިޔަބައިމީހުން قتلނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ނުހަނު އޯގާވަންތަ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ."

ޚުތުބާގައި ބުނީ މާތް الله ދުޅަހެޔޮކަމުގެ ނިޢުމަތް ދެއްވުމަށް ފަހު، އެ ނިޢުމަތާ މެދު ރައްކާތެރިވުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާކަމަށެވެ.

"ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ."

މީގެ އިތުރުން، މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ ކަމެއް ނޫން ކަމަށާއި، ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނެ ދުވަހެއް އަންނާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ޞިއްޙަތު ރައްކާތެރިކުރުމަކީ އިންސާނާގެ ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަށް ލިބިގެން ނުވާކަން ވެސް ހަނދާންކޮށްދިނެވެ.

ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެ މާނަ ބަޔާންކުރަމުން ޚުތުބާގައި ބުނީ، ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިޢުމަތެއް ވާ ކަމަށާއި އެއީ ޞިއްޙަތާއި ހުސްވަގުތު ކަމަށެވެ.

މިއަދު ފުރިހަމަ ސިއްޙަތެއްގައި ހުރެ، ހެޔޮ ޢަމަލުކުރުމަށް ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން ނުހިފައި، ފަރުވާކުޑަކޮށްލެވެނީ ކިތައްކިތައް މީހުންނަށްހެއްޔެވެ؟ މާދަމާ މާތް اللهގެ ޙަޟްރަތުގައި ހުއްޓި ހުންނަ އިރު، އެކަލާނގެ އަމާނާތެއްގެ ގޮތުގައި ދެއްވި ޞިއްޙަތާއި، ދެއްވި ވަގުތާއި، ހަށިގަނޑުގައި ލެއްވި ބާރުގެ ބޭނުންކުރި ގޮތާ މެދު ދޭނީ ކޮންޖަވާބެއްހެއްޔެވެ؟

ޚުތުބާ ނިންމާލަމުން ބުނީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުން ނޫން ކަމަށާއި، އެއީ ޙަލާލު ރަނގަޅު ތަކެތި ކައިބޮއެ، ލިބޭ ބާރާއި ކުޅަދާނަކަމުގެ ބޭނުން ހިފައިގެން މާތް الله އަށް އަޅުކަންކޮށް، ހެޔޮ ޢަމަލުތައް ކުރުމަށް ދެއްވާފައިވާ އަގުހުރި ފުރުޞަތެއް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
30 Oct 2026 ދީން

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
23 Oct 2026 ދީން

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“

އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ
23 Oct 2026 ދީން

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"
16 Oct 2026 ދީން

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ މާތްކުރައްވައި، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ރައްކާތެރިކުރުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...