އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް- ފޮޓޯ/ އެމްއެންޔޫ
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް- ފޮޓޯ/ އެމްއެންޔޫ
ހަބަރު 06 Nov 2026 | 03:07

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިންތިޚާބުވެވަޑައިގެންފިއެވެ. ޑރ. ޝެހެނާޒް މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ 2026 އިން 2030 ގެ ދައުރަށެވެ.

މި އިންތިޚާބު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާރތުގައި ހުންނަ މަރޑޮކް ޔުނިވަރސިޓީގައި މި މަހުގެ 5 ވަނަ ދުވަހު ބޭއްވި އައިއޭޔޫގެ 17 ވަނަ ޖެނެރަލް ކޮންފަރެންސްގެ ހަވާސާގައެވެ.

އެމްއެންޔޫއިން ބުނީ، މިއީ އެ ޔުނިވަރސިޓީއަށާއި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ބައިނަލްއަޤްވާމީ ޝަރަފެއް ކަމަށެވެ. އަދި މީގެ ސަބަބުން މަތީ ތަޢުލީމުގެ މުސްތަޤުބަލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ބައިވެރިވުމަށާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަޖުރިބާތަކާއި ވިސްނުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މުހިންމު ފުރުޞަތެއް ފަހިވެގެންދާނެ ކަމަށްވެސް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

މި ކާމިޔާބީއާ ގުޅިގެން ޑރ. ޝެހެނާޒް ވިދާޅުވީ، އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ނުހަނު ފަޚުރުވެރިވެ، ޝުކުރުވެރިވާ ކަމަށެވެ. އަދި މި ޒިންމާއާ ހަވާލުވެވަޑައިގަންނަވަނީ އިޚްލާޞްތެރިކަމަކާއެކު އައިއޭޔޫގެ މަސައްކަތްތަކަށް މާނަހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގެ އަޒުމުގައި ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މި ފުރުޞަތުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި އެމްއެންޔޫގެ ދައުރު ފުޅާވެ، ދަރިވަރުންނާއި މުވައްޒަފުން އަދި ދިރާސާވެރިންނަށް ފައިދާކުރާނެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޝެހެނާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ އެއްބާރުލުމަކީ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން އެހެން ޤައުމުތަކުން ދަސްކުރަންޖެހޭ ކަންތައްތަކެއް ހުރި ފަދައިން، ރާއްޖެއިންވެސް ހިއްސާކުރެވޭނެ އަގުހުރި ތަޖުރިބާތަކެއް އެބަހުރި ކަމަށާއި، އެންމެން ގުޅިގެން އެންމެންގެ ބައިވެރިވުން ހިމެނޭ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އައިއޭޔޫއަކީ 1950 ވަނަ އަހަރު ޔުނެސްކޯގެ ބެލުމުގެ ދަށުން އުފެއްދި ޖަމްޢިއްޔާއެކެވެ. މިއީ ދުނިޔޭގެ 120 އަށްވުރެ ގިނަ ޤައުމަކުން ގާތްގަނޑަކަށް 600 މަތީ ތަޢުލީމު ދޭ މުއައްސަސާތައް ތަމްސީލުކުރާ ބައިނަލްއަޤްވާމީ މުހިންމު ޕްލެޓްފޯމެކެވެ. އެ ޖަމްޢިއްޔާގެ އެޑްމިނިސްޓްރޭޓިވް ބޯޑަކީ ޖަމްޢިއްޔާ ހިންގުމާއި، ސްޓްރެޓީޖިކް މިސްރާބު ކަނޑައެޅުމުގައި އިސްދައުރެއް އަދާކުރާ ބޯޑެވެ.

މި ކާމިޔާބީއަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު ތަޢުލީމު (ލަނޑުދަނޑި 4) އަދި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ގުޅުންތައް ބަދަހިކުރުން (ލަނޑުދަނޑި 17) އާ ގުޅިފައިވާ މުހިންމު ފިޔަވަޅެކެވެ. އެމްއެންޔޫއިން ވަނީ ޑރ. ޝެހެނާޒަށް ތަހުނިޔާ އަރިސްކޮށް، މި ބައިނަލްއަޤްވާމީ ޒިންމާ އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
06 Nov 2026 ހަބަރު

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

ދީނީ ޢިލްމު ނެތި ފަތުވާދީ، ޅަ ސިކުނޑިތައް ތަޣައްޔަރުކުރާ މައްސަލައަށް ޙައްލު ހޯދަންޖެހޭ: ދިފާއީ ވަޒީރު
06 Nov 2026 ހަބަރު

ދީނީ ޢިލްމު ނެތި ފަތުވާދީ، ޅަ ސިކުނޑިތައް ތަޣައްޔަރުކުރާ މައްސަލައަށް ޙައްލު ހޯދަންޖެހޭ: ދިފާއީ ވަޒީރު

ވަޒީރު ވިދާޅުވީ، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިސްލާމީ އެއްވެސް މަދުރަސާއަކުން ނުވަތަ ޔުނިވަރސިޓީއަކުން ދީނީ ޢިލްމު ޙާޞިލުނުކޮށް ތިބޭ ފަރާތްތަކުން އަމިއްލައަށް ފަތުވާ ނެރެ، މުޖުތަމަޢުގެ ޅަދަރިންގެ ވިސްނުން ކިލަނބުކުރަމުން ދިޔުން ކަމަށެވެ

ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެ
05 Nov 2026 ހަބަރު

ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ހިދުމަތާއި ހަވާލުވެ، ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގަ އެވެ.

ހިޔާވަހި ލޯން ލިބުނު ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އަރިހަށް، ލިބުނީ ރައީސް ކަނޑައެޅުއްވި ގޮތަކަށް ނޫން
05 Nov 2026 ހަބަރު

ހިޔާވަހި ލޯން ލިބުނު ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އަރިހަށް، ލިބުނީ ރައީސް ކަނޑައެޅުއްވި ގޮތަކަށް ނޫން

މީގެ އިތުރުން ލޯނު ހަމަޖެހުނުތާ އެތައް ދުވަހެއްވީއިރުވެސް ލޯނު ނުލިބި ލަސްވުމުން އެކަމުގެ ކަންބޮޑުވުން ވެސް ހިއްސާކުރި އެވެ.

މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ ދިރާސާއެއްގައި އެމް.އެން.ޔޫއިން ބައިވެރިވެއްޖެ
05 Nov 2026 ހަބަރު

މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ ދިރާސާއެއްގައި އެމް.އެން.ޔޫއިން ބައިވެރިވެއްޖެ

ނޭޗަރ ޕޯޓްފޯލިއޯގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ 'ސައިންޓިފިކް ރިޕޯޓްސް' ގައި ޝާއިޢުކޮށްފައިވާ "މެޓީރިއަލް ރިކުއަޔަރމެންޓްސް ފޯ އެޑެޕްޓިންގ ޓު ކްލައިމެޓް ޗޭންޖް އިން ދަ މޯލްޑިވްސް" މި ދިރާސާއަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމަށްޓަކައި ބޭނުންވާ މާއްދީ ވަސީލަތްތައް ރާއްޖޭގެ ފެންވަރުގައި އަންދާޒާކޮށްފައިވާ ފުރަތަމަ ދިރާސާއެވެ. ކެނެޑާގެ ޔުނިވަރސިޓީ އޮފް ވޯޓަރލޫގެ ޕްރޮފެސަރު ސިމްރޮން ސިންގް އިސްވެ ހުންނަވައި ކުރިއަށް ގެންދެވި މި ދިރާސާގައި، ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ޔުނިވަރސިޓީތަކަކާއެކު އެމް.އެން.ޔޫގެ ސައިންސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
03 Nov 2026 ހަބަރު

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ

ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް
31 Oct 2026 ހަބަރު

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް

އެމްއެންޔޫގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚުލާޤީ ލީޑަރޝިޕާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅޫވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝެހެނާޡް ވިދާޅުވީ، ލިބިފައިވާ ތަޢުލީމަކީ ހަމައެކަނި ޒާތީ ފައިދާއަށް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް ކަމަށެވެ. އަދި އެއީ ފާޑުކިޔުންތެރި ވިސްނުމާއި ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.