ޑރ. ޝެހެނާޒް ވާހަކަދައްކަވަނީ
ޑރ. ޝެހެނާޒް ވާހަކަދައްކަވަނީ
ހަބަރު 31 Oct 2026 | 06:28

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުން ހިފައިގެން މުޖުތަމަޢަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ޤައުމީ ތަރައްޤީއަށް ހިއްސާވުމުގެ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވެއްޖެއެވެ.

އެމްއެންޔޫގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚުލާޤީ ލީޑަރޝިޕާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅޫވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝެހެނާޡް ވިދާޅުވީ، ލިބިފައިވާ ތަޢުލީމަކީ ހަމައެކަނި ޒާތީ ފައިދާއަށް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް ކަމަށެވެ. އަދި އެއީ ފާޑުކިޔުންތެރި ވިސްނުމާއި ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ޙަޤީޤީ ތަޢުލީމަކީ ހަމައެކަނި ތިމާގެ ޚިޔާލު ފާޅުކުރުމެއް ނޫން ކަމަށާއި، އެއީ އެހެން މީހުންގެ ވިސްނުންތައް ޤަބޫލުކުރެވޭ ހުޅުވާލެވިފައިވާ ސިކުނޑިއެއް ބައްޓަންކޮށް، އާ ކަންކަން ދަސްކުރުމުގެ ޤާބިލުކަން ހޯދުންކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ޔުނިވަރސިޓީގެ ކާމިޔާބީތަކުގައި ޔުނިވަރސިޓީ ކައުންސިލާއި އެކެޑެމިކް އަދި އިދާރީ މުވައްޒަފުންނާއި ދަރިވަރުން ކޮށްދެއްވާ މަސައްކަތް ފާހަގަކުރައްވައި ވައިސް ޗާންސެލަރ އެ ފަރާތްތަކަށް ޝުކުރު ދެންނެވިއެވެ. މީގެ އިތުރުން، އެލަމްނައި މާޝަލުންގެ ގޮތުގައި ހޮވުނު ވިލިނގިލީ ހޮސްޕިޓަލުގެ ނަރސިން-އިން-ޗާޖް ޔޫސުފް ރަޝީދާއި އެމްއެންޔޫގެ ސްކޫލް އޮފް ނަރސިންގެ ލެކްޗަރަރ ޢާއިޝަތު ޢަޤްލީމާގެ ޚިދުމަތްތައް ވެސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެ ބޮޑު ޒިންމާއަކީ އިސްލާމީ އަޚުލާޤާއި ރިވެތި ސުލޫކުން ޒީނަތްތެރިވެފައިވާ ހުނަރުވެރި ޖީލެއް ބިނާކުރުން

ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް

ވާހަކަފުޅު ނިންމަވާލައްވަމުން ޑރ. ޝެހެނާޒް ދަސްވެނިންނަށް އިލްތިމާސްކުރެއްވީ ތެދުވެރިކަމާއި ހަމްދަރުދީއާއި ޕްރޮފެޝަނަލިޒަމާ އެކު ޢާންމު ޚިދުމަތުގައި ދެމިތިބުމަށެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ޢަބްދުﷲ ރާފިޢުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި
31 Oct 2026 ހަބަރު

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި

ސްޓާފް އެވޯޑް ހަފްލާގައި 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ދިނުމާއެކު ދިގު މުއްދަތުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ދީފައެވެ.

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު
31 Oct 2026 ހަބަރު

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު

ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެދެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށެވެ.

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި
30 Oct 2026 ހަބަރު

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ.

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން
30 Oct 2026 ހަބަރު

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން

ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައް އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ކަމުގައި ވިދާޅުވި އެވެ.

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި
30 Oct 2026 ހަބަރު

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި

މާލެއާ ވިލިމާލެ ބްރިޖުން ގުޅާލާފައިވާއިރު މިއަދު ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލެވުމަކީ މުހިންމު ކާމިޔާބެއް ކަމުގައި ވިދާޅުވި އެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.