-
-
ހަބަރު 02 Nov 2026 | 05:11

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

މި ނޮވެމްބަރު މަހުގެ 1 އިން 2 އަށް ކުރިއަށްދާ މި ކޮންފަރެންސް އިފްތިތާޙު ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދެވެ.

މި ކޮންފަރެންސަކީ ދެކުނު އޭޝިއާގެ ސަރަޙައްދުގެ ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރުންނާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ދިރާސާވެރިން އަދި އެކަޑަމިކް މާހިރުން އެއްތަނަކަށް ޖަމާވެ، ތަޖުރިބާ ޙިއްޞާކުރުމަށާއި މި ދާއިރާއަށް އަންނަމުންދާ އައު ކުރިއެރުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

އެމްއެންޔޫގެ ނޫސް ބަޔާނުގައި ވާގޮތުން، މި ކޮންފަރެންސްގެ ތެރޭގައި މުހިންމު ކީނޯޓް ދަރުސްތަކާއި، ސިމްޕޯޒިއަމްތަކާއި، ވޯކްޝޮޕްތަކުގެ އިތުރުން ދިރާސީ ކަރުދާސްތައް ހުށަހެޅުން ކުރިއަށްދާނެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ހުރި ގުޅުމާއި، އިންސާނިއްޔަތުކަމަށް އިސްކަންދޭ ހަމަހަމަ ނަފްސާނީ ފަރުވާ، ސްކޫލް މާޙައުލުގައި ދެވޭ ޞިއްޙީ އަދި ދުޅަހެޔޮކަމުގެ ޚިދުމަތްތައް، ނިއުރޯސައިކިއޭޓްރީ، އަދި "ޖެނެރޭޝަން ޒެޑް" އަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތަކާއި ސޯޝަލް މީޑިއާގެ ސަބަބުން ކުރާ އަސަރުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންފަރެންސްގެ ފުރަތަމަ ދުވަހު ބޭއްވި "އެވިޑެންސް، އެމްޕަތީ އެންޑް އިކުއިޓީ އިން މެންޓަލް ހެލްތު ކެއާ އިން ދަ ސާކް ރީޖަން" މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖެ، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއިން ބައިވެރިވިއެވެ. މި ސިމްޕޯޒިއަމްގައި ރާއްޖޭގެ ފަރާތުން ކަރުދާސް ހުށަހަޅުއްވައިދެއްވާނީ ޑރ. ޢާރިފް މުޙައްމަދު އަދި ޑރ. ޢަބްދުﷲ ނާޡިމެވެ. މީގެއިތުރުން، ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި ދެކޭ ނުރަނގަޅު ވިސްނުންތަކާއި، އެކަމާ ގުޅޭ ޘަޤާފީ ކަންކަމާ ބެހޭގޮތުންވެސް ސެޝަންތައް ކުރިއަށްދާނެއެވެ.

ދެވަނަ ދުވަހުގެ ސެޝަންތަކުގައި، ޒަމާނީ ފަރުވާގެ ގޮތްތަކާއި، ރިޕެޓިޓިވް ޓްރާންސްކްރޭނިއަލް މެގްނެޓިކް ސްޓިމިއުލޭޝަން (r-TMS)، މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތައް، މާބަނޑު ދުވަސްވަރު ދެވޭ ނަފްސާނީ ބޭސްތައް، ދޮށީ ޢުމުރުގެ މީހުންގެ ޑިޕްރެޝަން، އަދި ސިޔާސީ ހަމަނުޖެހުންތަކާއި ކާރިސާތަކުގެ ސަބަބުން ނަފްސާނީ ގޮތުން ކުރާ އަސަރުތަކަށް އަލިއަޅުވާލާނެއެވެ. މީގެ އިތުރުން ޖިންސީ ދުޅަހެޔޮކަމާއި ކައިވެނީގެ ގުޅުންތަކާ ގުޅޭ ޚާއްޞަ ވޯކްޝޮޕްތަކާއި ސިމްޕޯޒިއަމްތައްވެސް ކުރިއަށްދާނެއެވެ.

މި ބައިނަލްއަޤްވާމީ ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދެކުނު އޭޝިއާގެ ސަރަޙައްދުގައި އެކަޑަމިކް ގުޅުންތައް ބަދަހިކޮށް، ސިއްޙީ ދާއިރާގެ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ނަފްސާނީ ޞިއްޙަތާމެދު ހޭލުންތެރިކަން އިތުރުކޮށް، ހެކީގެ މައްޗަށް ބިނާވެފައިވާ ފަރުވާގެ ނިޒާމުތައް ކުރިއެރުވުމާއި، އެންމެންނަށް ފަސޭހައިން ލިބޭނެ އޯގާތެރި ނަފްސާނީ ފަރުވާއެއް ކަށަވަރުކުރުމެވެ. މި ކޮންފަރެންސް ނިމޭނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ބާއްވާ ޚާއްޞަ ރަސްމިއްޔާތަކުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް
01 Nov 2026 ހަބަރު

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.

ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި
01 Nov 2026 ހަބަރު

ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި

ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއްވާ ނަމަ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ

ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި
01 Nov 2026 ހަބަރު

ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި

މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް
31 Oct 2026 ހަބަރު

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް

އެމްއެންޔޫގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚުލާޤީ ލީޑަރޝިޕާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅޫވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝެހެނާޡް ވިދާޅުވީ، ލިބިފައިވާ ތަޢުލީމަކީ ހަމައެކަނި ޒާތީ ފައިދާއަށް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް ކަމަށެވެ. އަދި އެއީ ފާޑުކިޔުންތެރި ވިސްނުމާއި ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ކުދި ޖަޒީރާ ޤައުމުތަކުން އޭއައިގެ ބޭނުންހިފަންޖެހޭ: އެމްއެންޔޫގެ ވައިސް ޗާންސެލަރ
29 Oct 2026 ހަބަރު

ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ކުދި ޖަޒީރާ ޤައުމުތަކުން އޭއައިގެ ބޭނުންހިފަންޖެހޭ: އެމްއެންޔޫގެ ވައިސް ޗާންސެލަރ

ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ޖިއޮގްރަފީ ގޮންޖެހުންތަކުން އަރައިގަނެ، އެންމެން ޝާމިލުވާ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ވައިސް ޗާންސަލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ގޮވާލައްވައިފިއެވެ.