ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފި އެވެ.
މިއީ ދެ ކޭހަކާއި ގުޅިގެން އަތުލައިގަތް ޑްރަގެވެ. އެއް ހާދިސާއަކީ ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގަތުމެވެ. ކަސްޓަމުން ބުނީ 1030 ގްރާމްގެ ސިންތެޓިކް ކެތިނޯން އަތުލައިގެންފައިވާ ކަމަށެވެ.
މި ތަކެތި އަތުލައިގެންފައިވަނީ އޮކްޓޫބަރު 31 ވަނަ ދުވަހު ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސް އަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
ދެން އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގެވެ. މި ހާދިސާގައި ވަނީ 2123 ގްރާމްގެ ސިންތެޓިކް ކެތިނޯން އަތުލައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް