ކޮލަމާފުއްޓަށް ވާރޭވެހި ފެންބޮޑުވުން --
ކޮލަމާފުއްޓަށް ވާރޭވެހި ފެންބޮޑުވުން --

ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރާގައި 45 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުން

ގއ. ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެ އެވެ.

ގޮލަމާފުއްޓަށް ހުއްޓުމެއް ނެތި ވާރޭވެހި ރަށުގެ ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މި ގެއްލުންތަކާއި ގުޅިގެން ފުލުހުން ދަނީ ރައްޔިތުންނަށާއި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް ބުންޏެވެ.

އެގޮތުން ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ އިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށްވެސް ބުންޏެވެ.

ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ރަށުން ކަރަންޓްވެސް ކަނޑައިގެން ދިޔަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް