ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ހުވަދު އަތޮޅަށް
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ގއ އަތޮޅުގެ ރަށްތަކަށް ކަމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައާ ގުލޭގޮތުން މެޓް އޮފީހުން މިއަދު ބުނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ، ގދ ފަރެސް މާތޮޑާއަށް ކަމަށެވެ. އެރަށަށް ވަނީ 104.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ފަރެސްމާތޮޑާގެ އިތުރުން ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ، ގއ. ކާޑެއްދޫ، ތިނަދޫ، ގެމަނަފުއްޓަށެވެ.

ދެކުނުގެ އަތޮޅުތަކުގެ އިތުރުން އދ، އއ އަދި ހދ ގެ ރަށްތަކަށްވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ބޯކޮށް ވާރޭ ވެހިފައެވެ.
މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ، ގޯތި ގެދޮރަށް ފެންވަނުމުގެ ސަބަބުން ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އެގޮތުން ގއ. ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބުނުކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ރޭ ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް