ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ.. ފޮޓޯ: ސައުދީ ގެޒެޓް
ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ.. ފޮޓޯ: ސައުދީ ގެޒެޓް
ދުނިޔެ 31 Oct 2026 | 05:34

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި

ސައުދީ އަރަބިއްޔާގެ މުގައްދަސް ދެ ބިން ކަމަށްވާ މައްކާއާއި މަދީނާގެ އިތުރުން ރިޔާޟް ފަދަ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ދިން ނުރައްކާތެރި ހަމަލާތަކެއް ސައުދީގެ ވައިގެ ދިފާއީ ބާރުތަކުން ކާމިޔާބުކަމާއެކު ހުއްޓުވައިފިއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ކޯލިޝަން ފޯސްއިން މައުލޫމާތު ދޭ ގޮތުގައި، ހުކުރު އަދި ހޮނިހިރު ދުވަހު ހޫޘީން ވަނީ ގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެ މިސައިލާއި ތިން ޑްރޯން ފޮނުވާލާފައެވެ. މީގެ ތެރޭގައި ހުޅަނގު ސަރަހައްދަށް އަމާޒުކުރި ކުރޫޒް މިސައިލަކާއި، ދެކުނަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. މި ހުރިހާ ހަމަލާތަކެއްވެސް ސައުދީގެ ދިފާއީ ނިޒާމުން ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ.

ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ފާހަގަކުރެއްވި ގޮތުގައި، މިއީ ފާއިތުވި ބުރާސްފަތި ދުވަހު ރިޔާޟާއި އިރުމަތީ ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި ތިން ބެލިސްޓިކް މިސައިލް ހުއްޓުވި ހާދިސާއަށްފަހު، ޖެހިޖެހިގެން ދިން ހަމަލާތަކެކެވެ.

މި ހަމަލާތަކާ ގުޅިގެން ސައުދީގެ ސިވިލް ޑިފެންސްއިން ވަނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން ނުރައްކަލުގެ އިންޒާރު ލިބޭ ވަގުތުތަކުގައި ބިއްލޫރި ކުޑަދޮރުތަކާއި، ބެލްކަނީ އަދި ފުރާޅު ފަދަ ހާމަ ތަންތަނަށް ނުނިކުމެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް
29 Oct 2026 ދުނިޔެ

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް

ލައިޓިއެންސް އާއި ލޮވެންސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ މި ދެބެން ވަކިކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު
28 Oct 2026 ދުނިޔެ

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު

މައްކާގެ މަސްޖިދުލް ޙަރަމްގައި ވަކިވަކި މަޛްހަބުތަކަށް ބަހާލައިގެން ކުރަމުން އައި ޖަމާޢަތްތައް ހުއްޓާލައި، އެއް އިމާމެއްގެ ފަހަތުގައި މުސްލިމުން އެއް ޖަމާޢަތެއްގައި ނަމާދުކުރަން ފެށިތާ 100 އަހަރު ފުރިއްޖެއެވެ.

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ
26 Oct 2026 ދުނިޔެ

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތެޔޮ ފޯރުކޮށްދިނުމުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަކުރުމެވެ.

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި
22 Oct 2026 ދުނިޔެ

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަރުގަދަވެ، އެ ޤައުމުގެ އެކި ސަރަޙައްދުތަކުން މީހުން މަރުވުމާ ގުޅިގެން، ސަޢޫދީގައި ތިބި އެމެރިކާގެ ބައެއް ޑިޕްލޮމެޓުންނާއި އެމީހުންގެ ޢާއިލާތައް އެ ޤައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ.

ސައޫދީގެ ކިންގް ފަހަދު އެއާޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެއްޖެ
22 Oct 2026 ދުނިޔެ

ސައޫދީގެ ކިންގް ފަހަދު އެއާޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެއްޖެ

ސައޫދީ އަރަބިއްޔާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދައްމާމުގައި ހުންނަ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެއްޖެއެވެ.

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ
20 Oct 2026 ދުނިޔެ

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ

އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި، އެ ގައުމުން ފޮނުވާނީ ރޯޔަލް އެއާ ފޯސް )އާރްއޭއެފް(ގެ ވޮއޭޖަރ މަރުކާގެ، ވައިގައި ހުރެ އެހެން މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓެކެވެ. މި އެހީ ދެނީ ސައުދީ ސަރުކާރުން އެދިވަޑައިގަތުމުން، ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް ސައުދީން ކުރިއަށް ގެންދާ ދިފާއީ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.