ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި
ސައޫދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2027 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ތާރީޚަށް ބަދަލުތަކެއް ގެނެސް، މުބާރާތް ފަސްކޮށްފިއެވެ.
ކުރިން 2027 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ތާވަލުކުރި މި މުބާރާތް، މިހާރު ބޭއްވުމަށް ނިންމާފައިވަނީ 2027 ޑިސެމްބަރު 23 އިން 2028 ޖެނުއަރީ 21 އަށެވެ. އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން ހާމަކުރި ގޮތުގައި މި ބަދަލު ގެނައީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާއި ސައޫދީ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށްފަހުގައެވެ.
މުބާރާތުގެ ތާރީޚަށް ބަދަލު އައި ނަމަވެސް، މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ސައޫދީ އަރަބިއްޔާ ދެމިއޮންނާނެއެވެ. މުބާރާތް އިންތިޒާމުކުރާ ކޮމިޓީން ބުނެފައިވަނީ، މިއީ އޭޝިއާގެ ފުޓްބޯޅަ ސަޕޯޓަރުން ބަލައިގަންނަ ފަދަ، ސައޫދީގެ ގަދަރާއި ހައިބަތު ދައްކުވައިދޭނެ ފުރިހަމަ މުބާރާތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ފޯރިއާއެކު ކުރިއަށްދާ ކަމަށެވެ.
މިދިޔަ މަހު އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ވިދާޅުވެފައިވަނީ، ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ މެދުގައި ހަމަނުޖެހުންތައް އިތުރުވަމުން ދިޔަ ނަމަވެސް، އޭޝިއާގެ އެންމެ ޝަރަފުވެރި ބައިނަލްއަޤްވާމީ މުބާރާތް ކުރިންވެސް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް