ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ޝާހިދު ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ. އެކަން ހާމަކޮށް ފުލުހުން ނެރުނު ކުރު ބަޔާނެއްގަައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ހ. ރަބީޢީމަންޒިލް، ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ ކަމަަށެވެ.
ފުލުހުން ދެންމެ ބުނީ ޢަބްދުﷲ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގަައި ދެންނެވުމުން، 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރުމަށް ފަހު ޝާހިދު ގެންދެވީ ދޫނިދޫއަށެވެ.

ޝާހިދު ހައްޔަރުކޮށްފައިވާކަން ފުލުހުން ރޭ ކަށަވަރުކޮށް ދިނީ ޝާހިދު ހައްޔަރުކުރިކަން ސޯޝަލް މީޑިއާގައި ބަޔަކު އާންމުކުރިތާ އެތައް އިރެއްގެ ފަހުންނެވެ.
އެ ވާހަކަތައް ފެތުރުނު ފަހުން ޝާހިދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމުގައި ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް