މަގުމަތި
މަގުމަތި
ހަބަރު 03 Nov 2026 | 07:44

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ދައުލަތުގެ ބައިތުލްމާލަށް ލިބޭ ފައިސާގެ އަދަދު ދަށްވާނޭކަމަށް މާލީ ވުޒާރާއިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ. މިއީ މިހިނގާ އަހަރު އަދި އޭގެ ކުރީ އަހަރާ އަޅާބަލާއިރު ނިސްބަތުން ދަށް އަދަދަކެވެ. ބަޖެޓް ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫރިމަނާ ފައިސާގެ ގޮތުގައި މިހިނގާ އަހަރު 234.1 މިލިއަން ރުފިޔާ ލިބޭނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިދިޔަ އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 255.5 މިލިއަން ރުފިޔާ ލިބުނެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އާންމުކުރި މިއަހަރުގެ ދެވަނަ ކުއާތަރުގެ އާމްދަނީ ތަފާސްހިސާބަށް ބަލާއިރު އެ ކުއާޓަރުގައި ޖޫރިމަނާ ފައިސާގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރި އަދަދަށްވުރެ ބޮޑު އަދަދަދެއ ްވަނީ ލިބިފައެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖޫރިމަނާ ފައިސާގެ ގޮތުގައި ވަނީ 66.2 މިލިއަން ރުފިޔާ ލިބިފައެވެ. ކުރިން އަންދާޒާ ކޮށްފައިވަނީ ޖޫރިމަނާގެ ގޮތުގައި 20.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

އާއްމުގޮތެއްގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އާމްދަނީ ލިބެނީ ދައްކަންޖެހޭ ޓެކްސް ނުދެއްކުމުންނާއި، އެކިއެކި މައްސަލަތަކުގައި ކުރެވޭ ޖޫރިމަނާއިންނެވެ. ދައުލަތުގެ ބަޖެޓަށް އާމްދަނީ ލިބޭނޭ ދާއިރާތައް ކަނޑައަޅާއިރު ޖޫރިމަނާ ފައިސާ ލިބޭނޭކަމަށް ޖަހާފައި އޮވެއެވެ.  ޖޫރިމަނާ އަކީ ކުށްތައް މަދުކުރުމަށް އަޅާ ފިޔަވަޅަކަށް ވާއިރު، ބަޖެޓު ފޫބެއްދުމަށް ޖޫރިމަނާއިން ބޮޑު އާމްދަނީއެއް ހޯދަން އަމާޒު ހިފުމަކީ ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
03 Nov 2026 ހަބަރު

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ

މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8،990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6،510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
03 Nov 2026 ހަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި
03 Nov 2026 ހަބަރު

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މިފަހަރުގެ މައުރަޒަކީ މިހާތަނަށް އެންމެގިނަ ބަޔަކު އަދި އެންމެގިނަ އުފެއްދުންތައް ފެނިގެންދިޔަ މައުރަޒެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި 780 ފަރާތަކުން ރަޖިސްޓްރީކޮށް، 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކުރިއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން
03 Nov 2026 ހަބަރު

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން

އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށެހެޅޭނޭކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނެގުމަށް ބޭނުންވާ ފަރާތްތަކަށް މާލެ އަދި އައްޑޫ ސިޓީން މިއަދު ހެނދުނު 08:30 އިން ފެށިގެން 17:00 އާ ހަމަޔަށް ކިއުބީ މެދުވެރިކޮށް ނަމްބަރު ދޫކުރަމުންދާނޭކަމަށެވެ. ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކުން ނަމްބަރު ދޫކުރަމުންދާނީ ހަވީރު ހަތަރެއް ޖެހުމާ ހަމައަށްކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު
03 Nov 2026 ހަބަރު

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ
03 Nov 2026 ހަބަރު

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ

މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓްގައި ވަނީ ހިމަނާފަ އެވެ.

ސިފައިންގެ ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް
03 Nov 2026 ހަބަރު

ސިފައިންގެ ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް

ރައީސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.