ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރިމެޗް... ފޮޓޯ: ސްކައި
ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރިމެޗް... ފޮޓޯ: ސްކައި
ކުޅިވަރު 01 Nov 2026 | 03:10

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، އެޓީމްގެ ކޯޗް މައިކަލް ކެރިކްގެ މުސްތަޤްބަލާމެދު ސުވާލު އުފެދިއްޖެއެވެ.

ލީގްގައި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗުން ޔުނައިޓެޑް ބަލިވީ، 2-0 ގެ ނަތީޖާއިންނެވެ. މި ބައްޔާއެކު ޔުނައިޓެޑަށް މޮޅެއް ނުލިބި ނިންމާލި މެޗުތަކުގެ އަދަދު ވަނީ ނުވަޔަކަށް އަރާފައެވެ. މިއީ ވޭތުވެދިޔަ 40 އަހަރު ތެރޭގައި އެ ޓީމުގެ ނަތީޖާތައް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގެ ނަތީޖާގެ އިތުރުން ޔުނައިޓެޑަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ ފަހުކޮޅު އެ ޓީމުގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒަށް ދެއްކި ރަތް ކާޑެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ޗެލްސީން މެޗުގެ ލީޑު ނެގީ ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް މޯގަން ރޮޖާސް ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ޔުނައިޓެޑުގެ އޭރިއާ ތެރެއިން މާޓިނޭޒް ކުރި ފައުލަކަށް ވީ.އޭ.އާރް ބެލުމަށްފަހު ޕެނަލްޓީއެއް ދީ، އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކިއެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީގެ ދެވަނަ ލަނޑު ޖަހައިދިނީ ކޯލް ޕާމާއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ ޕޮއިންޓެއް ކުރީގައެވެ. މެޗަށްފަހު ވާހަކަދައްކަމުން ކެރިކް ބުނީ ނަތީޖާ ގޯސްވި ނަމަވެސް ކުޅުންތެރިންގެ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށެވެ. މި މޮޅާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް
26 Oct 2026 ކުޅިވަރު

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ލިވަޕޫލްގެ އެލެކްސެންޑަރ އީސާކްގެ ކުޅުމެވެ. މެޗްގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި، ފޯމު ދަމަހައްޓާފައެވެ

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި
26 Oct 2026 ކުޅިވަރު

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި

މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގައި އަދިވެސް އެއްވަނާގައި އުޅެނީ ބާސެލޯނާއެވެ. އެގޮތުން 27 ޕޮއިންޓާއެކު ބާސެލޯނާ އެއްވަނާގައި އުޅޭއިރު ދެވަނާގައި 25 ޕޮއިންޓާއެކު އުޅެނީ އެތްލެޓިކޯ މެޑްރިޑެވެ. ތާވަލްގެ ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.