ރަސްމާލެ ޕްރޮޖެކްޓް ނިމުމުން ހުންނާނެ ގޮތް ދައްކުވައިދޭ ކުރެހުމެއް
ރަސްމާލެ ޕްރޮޖެކްޓް ނިމުމުން ހުންނާނެ ގޮތް ދައްކުވައިދޭ ކުރެހުމެއް
ހަބަރު 01 Oct 2026 | 05:28

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް

އާބާދީގައި ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ދިވެހިރާއްޖެއިން އެތައް ބިލިއަން ޑޮލަރެއްގެ ބިޔަ އިންވެސްޓްމަންޓެއް ގެނައިރު، އެއަށްވުރެ މާ ބޮޑު އިޤްތިޞާދަކާއި ވަސީލަތްތައް ހުރި ސްރީލަންކާއަށް އެފަދަ އިންވެސްޓްމަންޓްތައް ނުގެނެވޭތީ އެ ޤައުމުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ނޫސްވެރިންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މި ބަހުސް ހޫނުވެފައިވަނީ، ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި ތަރައްޤީކުރާ "ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ވިޔަފާރި އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބު އަދި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢުގެ އެކި ފިޔަވަހިތަކުގެ އަންދާޒާ އަގު 20 ބިލިއަން ޑޮލަރުގެ އަދަދަކަށް އަރައެވެ. މި މަޝްރޫޢުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

އީގަލް ހިލްސްއާއެކު ރަސްމާލެ މަޝްރޫޢުގައި ސޮއި ކުރުން-

ލަންކާގެ އިޤްތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ލަންކާއަކީ 20 މިލިއަނަށް ވުރެ ބޮޑު އާބާދީއަކާއި، އިންޑިއާ ކައިރީގައި އޮތް ސްޓްރެޓީޖިކް ލޮކޭޝަނަކާއި، ބޮޑެތި ބަނދަރުތަކާއި، މެނުފެކްޗަރިން އަދި ފަތުރުވެރިކަމުގެ މުއްސަނދި ވަސީލަތްތައް ހުރި ޤައުމެކެވެ. އެހެންނަމަވެސް، 2025 ވަނަ އަހަރުވެސް ލަންކާއަށް ލިބުނީ އެންމެ 1.057 ބިލިއަން ޑޮލަރުގެ ސީދާ ބޭރުގެ އިންވެސްޓްމަންޓެވެ. އޭގެ ތެރެއިންވެސް އަލަށް ފެށި މަޝްރޫޢުތަކަކީ އެންމެ 134 މިލިއަން ޑޮލަރެވެ.

ރަސްމާލެ ޕްރޮޖެކްޓް ނިމުމުން ހުންނާނެ ގޮތް ދައްކުވައިދޭ ކުރެހުމެއް

ލަންކާގެ މާހިރުންނާ ހަވާލާދީ އެގައުމުގެ ނޫހެއްގައި ލިޔެފައިވާ  ގޮތުގައި ލަންކާއިން ރާއްޖޭގެ ކިބައިން ދަސްކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި:

• ވަސީލަތްތައް އިންވެސްޓްމަންޓަކަށް ބަދަލުކުރުން: ރާއްޖެއިން ވަނީ ބިމުގެ ދަތިކަމާއި ތިމާވެށީގެ ނާޒުކުކަން ފަދަ ގޮންޖެހުންތައް އިޤްތިޞާދީ ފުރުޞަތުތަކަކަށް ބަދަލުކޮށް، ރަނގަޅު އުސޫލުތަކަކާއެކު އިންވެސްޓަރުންނަށް ވިއްކަން ދަސްކޮށްފައެވެ.

• ސިޔާސަތުތަކުގެ ޔަޤީންކަން: ލަންކާގައި ސަރުކާރު ބަދަލުވުމާއެކު ޓެކުހާއި، ގަވާއިދުތަކާއި، އިންވެސްޓްމަންޓް އިސްކަންދޭ ދާއިރާތައް ބަދަލުވުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ކަމެކެވެ. އިންވެސްޓަރުން ބޭނުންވަނީ ސަރުކާރަކާއެކު ނޫން، ދައުލަތާއެކު ހެދޭ ދެމެހެއްޓެނިވި އެއްބަސްވުންތަކެކެވެ.

• އިދާރީ ލަސްތައް ނައްތާލުން: ލަންކާގައި ރަނގަޅު ޕްލޭންތައް ހުރި ނަމަވެސް، އެކަންކަން ތަންފީޒުކުރުމުގެ ބަދަލުގައި އިދާރީ ބޮޑެތި އުނދަގޫތަކާއި ދިގުދެމިގެންދާ މަރުހަލާތަކުގެ ސަބަބުން މަޝްރޫޢުތައް އޮންނަނީ ހުއްޓިފައެވެ.

ރާއްޖެއިން ވަނީ ބޯހިޔާވަހިކަމާއި، ފަތުރުވެރިކަމާއި، އުމްރާނީ ތަރައްޤީ އަދި ތިމާވެށީގެ ސިޔާސަތުތައް އެއް ވިއުގައަކުން ގުޅުވާލައި، ބައިނަލްއަޤްވާމީ ބޮޑެތި އިންވެސްޓަރުން ޝައުޤުވެރިވާނެ ފަދަ ޕެކޭޖެއްގެ ގޮތުގައި ރަސްމާލެ މަޝްރޫޢު ހުށަހަޅާފައެވެ.

ލަންކާގެ ކޮޅުނބު ޕޯޓް ސިޓީ ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހުރި ނަމަވެސް، އެ ޤައުމުން ހަމައެކަނި ބޮޑެތި ތަސައްވުރުތައް ދެއްކުމުގެ ބަދަލުގައި، އިންވެސްޓަރުންނަށް ވިޔަފާރިކުރަން ފަސޭހަ، އިތުބާރުހުރި މާޙައުލެއް ޤާއިމުކޮށް، އެ ތަސައްވުރުތައް ހަޤީޤީ މުޢާމަލާތްތަކަކަށް ބަދަލުކުރަން ޖެހޭ ކަމަށް މުރާސިލުން ފާހަގަކުރެއެވެ.

ލަންކާގެ އެ ނޫހުގައި ބުނެފައިވާ ގޮތުން ރާއްޖެއިން އިންވެސްޓްމަންޓް ހޯދުމުގައި ދައްކަމުންދާ މިސާލަކީ މުޅި ސަރަޙައްދަށްވެސް މުހިންމު ފިލާވަޅެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.