ޝިރާންތީ ރާޖަޕަކްސަ... ފޮޓޯ: ޑެއިލީ މިރާ
ޝިރާންތީ ރާޖަޕަކްސަ... ފޮޓޯ: ޑެއިލީ މިރާ
ދުނިޔެ 07 Oct 2026 | 13:36

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީގެ ބަންދަށް ކޮޅުނބުގެ މެޖިސްޓްރޭޓް ކޮޓުން 6 ދުވަސް މިއަދު ޖަހައިފިއެވެ.

ޝިރާންތީގެ ބަންދަށް ކޯޓުން ހަ ދުވަސް ޖަހާފައިމިވަނީ، ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލާ ކޮމިޝަނުން (ސީ.އައި.އޭ.ބީ.އޯ.ސީ) އިން ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށް، ކޮޅުނބުގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ. ސީ.އައި.އޭ.ބީ.އޯ.ސީ އިން ދަނީ އެކަމަނާގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުންނެވެ. ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެކަމަނާ ބަންދުގައި ބެހެއްޓުމަށެވެ.

ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެކަމަނާ ހައްޔަރުކުރީ ކޮޅުނބުގައި ހުންނަ އެކަމަނާގެ ދިރިއުޅުއްވާ ގެކޮޅުންނެވެ. ހައްޔަރުކުރުމުގެ ކުރިން އޮފިސަރުން ވަނީ ބަޔާން ނަގާފައެވެ.

ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ. މި މައްސަލައަކީ ޝިރާންތީ ރާޖަޕަކްސަ އިސްކޮށް ހުންނަވައިގެން ހިންގެވި 'ސިރިލިޔާ ސަވިޔާ' ޖަމިއްޔާގެ މާލީ މުއާމަލާތްތަކާ ގުޅުންހުރި މައްސަލައެކެވެ.

ގައުމުން ބޭރުގައި އުޅުއްވުމަށްފަހު އެކަމަނާ އެނބުރި ޝިރާންތީ ސްރީލަންކާއަށް ވަޑައިގެންފައިވަނީ މި ހަފުތާގެ ކުރީކޮޅުގައެވެ. އެކަމަނާ ޤައުމަށް ވަޑައިގަތުމުގެ ކުރިންވެސް ކޮމިޝަނުން ވަނީ އެ މައްސަލަތައް ބަލަން ފަށާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
10 Oct 2026 ދުނިޔެ

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި

ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެއާލައިން، ސްރީލަންކަން އެއާލައިނުން ސައުދީގެ ވެރިރަށް ރިޔާދަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަމާ ގުޅިގެން ސްރީލަންކަން އިން ބުނެފައިވަނީ ސައުދީއަ...

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި
03 Oct 2026 ދުނިޔެ

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި

ތިމާވެއްޓާ ރައްޓެހި ހަކަތައަށް ވާސިލުވުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިލެކްޓްރިކް އަދި ތެޔޮ މަދުން ހޭދަވާ އުޅަނދުތައް ބޭނުންކުރުމަށް އެ ގައުމ...

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް
01 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް

އާބާދީގައި ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ދިވެހިރާއްޖެއިން އެތައް ބިލިއަން ޑޮލަރެއްގެ ބިޔަ އިންވެސްޓްމަންޓެއް ގެނައިރު، އެއަށްވުރެ މާ ބޮޑު އިޤްތިޞާދަކާއި ވަސީލަތްތައް ހުރި ސްރީލަންކާއަށް އ...

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި
29 Sep 2026 ދުނިޔެ

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި

އިންޑިއާއިން ސްރީލަންކާއަށް ގާތްގަނޑަކަށް 3 ޓަނުގެ ޓީބީ އަށް ފަރުވާކުރާ ބޭސް ފޮނުވައި، އެ ގައުމުގެ އާންމު ސިއްހީ ނިޒާމަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަލުން ދީފިއެވެ. އިންޑިއާގެ އެކ...

ސްރީލަންކާގައި އުޅޭ އެތުގެ 30 އިންސައްތަ އަޑުއިވުމުން މަހްރޫމްކަން އެނގޭތަ؟
28 Sep 2026 ދުނިޔެ

ސްރީލަންކާގައި އުޅޭ އެތުގެ 30 އިންސައްތަ އަޑުއިވުމުން މަހްރޫމްކަން އެނގޭތަ؟

އަވައްޓެރި ސްރީލަންކާއަކީ މުޅި އޭޝިއާއަށް ބެލިނަމަވެސް އެންމެ ގިނައިން އެތް އުޅޭ އެއް ޤައުމެވެ. ސްރީލަންކާގައި މިހާ ގިނަ އަދަދަކަށް އެތް އުޅުމުގެ މައިގަނޑު ސަބަބަކީ އެ ޤައުމުގެ ގުދުރަތީ މާހައުލާއި، އެ...