ސްރީލަންކާގެ ސަރަހައްދެއްގައި އުޅޭ އެތްތަކެއް.. ފޮޓޯ: ހައިކިން ޓްރާސް
ސްރީލަންކާގެ ސަރަހައްދެއްގައި އުޅޭ އެތްތަކެއް.. ފޮޓޯ: ހައިކިން ޓްރާސް
ދުނިޔެ 28 Sep 2026 | 03:22

ސްރީލަންކާގައި އުޅޭ އެތުގެ 30 އިންސައްތަ އަޑުއިވުމުން މަހްރޫމްކަން އެނގޭތަ؟

އަވައްޓެރި ސްރީލަންކާއަކީ މުޅި އޭޝިއާއަށް ބެލިނަމަވެސް އެންމެ ގިނައިން އެތް އުޅޭ އެއް ޤައުމެވެ. ސްރީލަންކާގައި މިހާ ގިނަ އަދަދަކަށް އެތް އުޅުމުގެ މައިގަނޑު ސަބަބަކީ އެ ޤައުމުގެ ގުދުރަތީ މާހައުލާއި، އެކަމަށް އެކަށޭނަ މޫސުމެވެ. ސްރީލަންކާގައި އެތަކީ ވަރަށް ހާއްސަ ޤަދަރަކާއި ރައްކާތެރިކަމެއް ދެވިފައިވާ ޖަނަވާރެކެވެ. މިއީ އެ ޤައުމުގެ ދީނާއި، ސަގާފަތާއި އަދި އިޤްތިޞާދާވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ މުހިންމު ދިރުމެކެވެ.

ސްރީލަންކާގައި އެތައް ދެވިފައިވާ ޤަދަރާއި ރައްކާތެރިކަން

ތާރީޚީ ފޮތްތަކުން ހެކިދޭ ގޮތުގައި، އިހުގައި ސްރީލަންކާގެ ރަސްރަސްކަލުން ކުރެއްވި ހަނގުރާމަތަކުގައްޔާއި، ޤައުމުގެ ބޮޑެތި އުމްރާނީ ވަސީލަތްތައް ބިނާކުރުމުގައި އެތުގެ ބޭނުން ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ ކޮށްފައެވެ. އަދި އެތަކީ ކިޔަމަންކޮށްގެން ގެންގުޅެވޭ ޖަނަވާރަކަށް ވާތީ، މާޒީގައި އެހެން ޤައުމުތަކަށް އެތް ވިއްކާފައިވާކަންވެސް އެނގެން އެބައޮތެވެ. މިއަދުގެ ހާލަތަށް ބަލާއިރު، ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި، އެ ޤައުމަށް ޒިޔާރަތްކުރާ މެހެމާނުންގެ އެންމެ ބޮޑު ޝައުޤުވެރިކަމެއް ލިބެނީވެސް މި ހައިބަތު ބޮޑު ޖަނަވާރަށެވެ.

އެތަކީ ސްރީލަންކާއަށް މިހާ މުހިންމު އެއްޗަކަށްވުމާއެކު، އެ ޤައުމުގެ ޤާނޫނުތަކުން އެތްތަކަށް ވަނީ ވަރަށް ބޮޑު ރައްކާތެރިކަމެއް ދީފައެވެ. އެގޮތުން އެތެއް މެރުމަކީ ޤާނޫނީ ގޮތުން ވަރަށް ބޮޑު އަދަބެއް ލިބޭ ކުށެކެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ސްރީލަންކާގައި ގާތްގަނޑަކަށް 8،000 އެއްހާ އެތުގެ އާބާދީއެއް އޮތްއިރު، އޭގެ ބޮޑު އިންސައްތައެއް ދިރިއުޅެނީ ހިމާޔަތްކޮށްފައިވާ ޕާކުތަކުގައެވެ. ނަމަވެސް، އެތުގެ އާބާދީ އިތުރުވަމުން އަންނައިރު، އިންސާނުންގެ ތަރައްޤީއާއެކު އެތަކެތި ދިރިއުޅޭނެ ބިން ކުޑަވުމަކީ މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

އެތް އުޅޭ ސަރަހައްދެއްގައި ފެންސް ޖަހާފައި.. ފޮޓޯ: ކޮަލަމްބޯ ޕޯސްޓް

އެތުގެ އާބާދީގެ 30 އިންސައްތަ އަޑުއިވުމުން މަހްރޫމްވުން

މިފަދަ ގޮންޖެހުންތަކުގެ ތެރެއިން، ފަހަކަށް އައިސް އެންމެ ހައިރާންކުރުވި ޚަބަރަކީ ލަންކާގައި އުޅޭ އެތްތަކުގެ ތެރެއިން 30 އިންސައްތަ އެތަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ތަކެތި ކަމަށް ހާމަވި ޚަބަރެވެ. މިފަހުން ވައިލްޑްލައިފް އޮފިސަރުންނަށް ސައިކަލް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެ ޤައުމުގެ އެގްރިކަލްޗަރ އެންޑް ލައިވްސްޓޮކް ޑެޕިއުޓީ މިނިސްޓަރ ނަމާލް ކަރުނަރަތުނަ ވިދާޅުވެފައިވަނީ އެޤައުމުގައި ދިރިއުޅެމުންދާ އެތުގެ އާބާދީގެ 30 އިންސައްތަ އަޑުއިވުމުން މަހްރޫމްވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހެދި ދިރާސާއިން ހާމަވެފައިވާކަމަށެވެ.

އެތް ދިރިއުޅޭ ސަރަހައްދެއްގައި ފެންސް ޖަހާފައި.. ފޮޓޯ: ވަރލްޑްބޭންކް

އަދި އެތްތައް އެއް ޖަންގަލިން އަނެއް ޖަންގައްޔަށް ހިޖުރަކުރާ މަގުތައް ހިމާޔަތްކޮށް، މީހުން ވަނުން މަނާކުރުމާއި، ބައެއް ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފެންސް ޖެހުން ފަދަ މުހިންމު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ދަނޑުބިންތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުން އެތްތައް ފައްސާލުމަށް ބޭނުންކުރާ ފެންވަރުދަށް "އެލެފަންޓް ކްރެކަރސް" ނުވަތަ ބާރުގަދަ އަޑުގޮވާ ތަކެތީގެ ސަބަބުން އެތްތަކުގެ އިވުމުގެ ނިޒާމަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ. މި ބާރުގަދަ ގޮވުންތަކުގެ ސަބަބުން ބޮޑެތި އެތްތަކުގެ އިތުރުން ތުއްތު އެތްތަކުގެ އިވުމުގެ ބާރުވެސް މުޅިން ކެނޑިގެންދެއެވެ.

އެތުގެ ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތައް

ޖަންގަލިތަކުން ކާނާއާއި ފެން ލިބުން ދަތިވުމުގެ ސަބަބުން، އެތްތައް ކާނާ ހޯދަން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަރައި ގެއްލުންދިނުމަކީ އާންމު ކަމެކެވެ. މި މައްސަލައަށް އޮތް ދާއިމީ ހައްލަކީ ގުދުރަތީ މާހައުލުގައި އެތަކެއްޗަށް ބޭނުންވާ ކާނާއާއި ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިކަމަށްޓަކައި ސްރީލަންކާ ސަރުކާރުން މިހާރު ވަނީ ހިމާޔަތްކޮށްފައިވާ ޖަންގަލިތަކުގައި ކާނާ އާލާކުރުމަށް ޤައުމީ މަޝްރޫޢެއް ފަށާފައެވެ.

އެތް އުޅޭކަން އަންގައިދޭ ސަރަހައްދެއްގައި ބޯޑު ބަހައްޓާފައި.. ފޮޓޯ: ޝަޓަރ ސްޓޮކް

މީގެ އިތުރުން، ސްރީލަންކާގައި އެތް މަރުވާ އެންމެ ބޮޑު އެއް ސަބަބަކީ ރޭލުގައި ޖެހުމެވެ. މިއީ ވަރަށް ހިތާމަވެރި އަދި އަވަސް ހައްލެއް ބޭނުންވެފައި އޮތް މައްސަލައެކެވެ. މިކަން ހުއްޓުވުމަށްޓަކައި، ރޭލު ދަގަނޑުތައް ކައިރީގައި އެތް އުޅޭކަން ދެނެގަންނަ ސެންސަރުތައް ހަރުކުރުމުގެ މަސައްކަތާއި، ރޭލު ދުއްވާ މީހުންނަށް ޖީޕީއެސް މެދުވެރިކޮށް އެތްތައް އުޅޭ ސަރަހައްދުތައް ދުރާލާ އަންގައިދޭ ޒަމާނީ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

އެތަކީ ސްރީލަންކާގެ ފަޚުރެކެވެ. އިންސާނުންގެ އަމަލުތަކުގެ ސަބަބުން އެތްތަކުގެ އަޑުއިވުމުގެ ބާރު ގެއްލި، ފުރާނައަށް ނުރައްކާވަމުންދާ މި ދަނޑިވަޅުގައި، އެތަކެތި ހިމާޔަތްކުރުމަށް ސްރީލަންކާއިން އަޅަމުންދާ ފިޔަވަޅުތަކަކީ ތިމާވެށްޓާއި ޖަނަވާރުންގެ ރައްކާތެރިކަމަށް އެޅޭ ވަރަށް މުހިންމު، ފިޔަވަޅުތަކެއްކަން ވާނޭކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
31 Oct 2026 ދުނިޔެ

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އުތުރު-މެދުތެރެ، އިރުމަތި އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މަންނާރާއި ވަވުނިޔާ ސަރަހައްދުގައި ހޫނުމިން އިތުރުވާނެ ކަމަށެވެ.

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
31 Oct 2026 ދުނިޔެ

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް

މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ
28 Oct 2026 ދުނިޔެ

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ

ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
20 Oct 2026 ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
18 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް

ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ