އެމްއެސް އެމްޕްރެސް؛ ފޮޓޯ / އެމްޕީއެލް
އެމްއެސް އެމްޕްރެސް؛ ފޮޓޯ / އެމްޕީއެލް
ހަބަރު 28 Oct 2026 | 10:47

މިއަހަރު ކްރޫޒް ލައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ވޭތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ނާންނަ މިންވަރަށް މިއަހަރުގެ ތެރޭގައި ކްރޫޒް ލައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަރަށްބޮޑުތަން އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަސް ބަލާއިރު، އިއްޔެގެ ނިޔަލަށް ކްރޫޒް ލައިނާއިން ރާއްޖެއަށް 15,583 ފަތުރުވެރިން ޒިޔާަރތްކުރިއެވެ. ކްރޫޒް ލައިނާއިން މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 8,263 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އޭގެ ކުރީ 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 7,010 ފަތުރުވެރިންނެވެ. މިއަހަރު ރާއްޖެއަށް 8 ކްރޫޒްލައިނާ

ކްރޫޒް ލައިނާއެއް ކަމަށްވާ "އެމްއެސް އެމްޕްރެސް" އޭގެ އެންމެ ފުރަތަމަ ދަތުރުގައި މިއަދު މާލެއަށް ބަނދަރުކޮށްފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

މި ބޯޓު މާލެއަށް ކުރި ފުރަތަމަ ދަތުރާއެކު، އެމްޕީއެލް އިން ވަނީ ބޯޓަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މި ކްރޫޒް ލައިނާގައި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ފަޅުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެގޮތުން، ބޯޓުން ޖުމްލަ 1,473 ފަތުރުވެރިން ދަތުރުކޮށްފައިވާއިރު، އެ މީހުންނަށް ޚިދުމަތް ދިނުމަށްޓަކައި 613 ފަޅުވެރިން ބޯޓުގައި ހަރަކާތްތެރިވަމުންދެއެވެ.

މި ޚާއްޞަ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤު ވަނީ އެ ބޯޓަށް ޒިޔާރަތްކުރައްވާފައެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި ބޯޓުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މާލޭގެ ބަނދަރަށް ކުރި ފުރަތަމަ ދަތުރުގެ ހަނދާން އާކުރުމުގެ ގޮތުން ޚާއްޞަ ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.

ރާއްޖެއަށް ގިނަ ކްރޫޒް ލައިނާތަކެއް ކޮންމެ އަހަރަކުވެސް އަންނައިރު، ކްރޫޒްލައިނާތަކުގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި
29 Oct 2026 ހަބަރު

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި

އެ މަގާމަށް މޫސާ އަލީ ޖަލީލް އިއްޔެ އައްޔަނުކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވަނީ ”ވޮއިސް“ އަށް ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް
29 Oct 2026 ހަބަރު

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލްކުރެވޭނެ މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އަންހެން ކުދިން "ޖާރިޔާއިންނަށް" ހެދުމަށް ހުށަހެޅި ބިލެއްގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ބިލާ ދެކޮޅަށް އިތުރު ހަރުކަށި ޕޯސްޓެއް ކުރައްވައިފިއެވެ.

ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ބައެއް ކަންކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
29 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ބައެއް ކަންކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމް ކުރުން ފަސްކޮށްފައި ވަނިކޮށް، އެ މައްސަލައިގެ ބައެއް ކަންކަން އެ މަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު

ރަސްމާލޭގައި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އިޢްލާނުކޮށްފައިވާ މަޝްރޫޢާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ސަލަފްއިން އެދިއްޖެ
29 Oct 2026 ހަބަރު

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ސަލަފްއިން އެދިއްޖެ

ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިއިރު، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން ވަނީ މަޝްރޫޢުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިޢުލާންކޮށްފައެވެ.

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ
29 Oct 2026 ހަބަރު

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ

ވ. އަތޮޅުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު )އެމްއެންޑީއެފް( ގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތުގެ އަގުވަޒަންކޮށް، އިޓަލީވިލާތުގެ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ' އެރުވުމަށް އެ ޤައުމުން ނިންމައިފިއެވެ.

ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު
29 Oct 2026 ހަބަރު

ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު

ސަރުކާރުން މިހިނގާ އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން މިއަހަރުގެ ބަޖެޓް ބޮޑަށް ހާއްސަވެގެން ދިޔައީ މީގެ ކުރިން ނަގާފައިވާ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމަށެވެ.