ބަންގްލަދޭޝް
ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ
މި ނަތީޖާއާއެކު، ޕާކިސްތާނު ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.
ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް
މަރުކަޒީ ބޭންކުން ވިޔަފާރި ބޭންކުތަކަށް އަންގާފައިވަނީ ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމަށްޓަކައި ހުޅުވާ ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) ތަކަށް ކުރިއާލާ ބަހައްޓަންޖެހޭ ފައިސާ ނުވަތަ 'ކޭޝް މާޖިން' އެންމެ ކުޑަ މިންވަރެއްގައި ބެހެއްޓުމަށެވެ.
ބޫޓާން އަތުން ބަންގްލަދޭޝްއަށް އުނދަގޫ މޮޅެއް
ބަންގްލަދޭޝްއިން މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކުރި ނަމަވެސް، ބޫޓާންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އެޓީމަށް ވަނީ ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ. މި މޮޅާއެކު ބަންގްލަދޭޝްއަށް ވަނީ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބޮޑު އިތުބާރެއް ލިބިފައެވެ. އެޓީމުގެ ދެވަނަ މެޗުގައި ނޮވެމްބަރު 11 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.
ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަން ވެއްޓުމާ ގުޅިގެން އެ ޤައުމު ދޫކުރައްވައި ފިއްލަވަން ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ އެ ޤައުމުގެ އެއަރފޯސްގެ ކުރީގެ އޮފިސަރު، ކޭ.އެމް ތަޙްސީފް ސޫރީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ( އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކު...
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާއިރު، ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ޔުނިސެފްގެ އިންޒާރަށް ނުބަލައި ވެކްސިން ގަތުމުގެ ނިޒާމަށް ބަދަލު ގެނައިކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބަނ...
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ: ރާޝިދުއްޒަމާން
މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން ބަދަހިކުރަންޖެހޭކަމަށް ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރު އެމް. ރާޝިދުއްޒަމާން މިއްލަތު ވިދާޅުވެއްޖ...
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ނިއު ޔޯކަށް ކުރަށްވަމުންދާ ދަތުރުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހްމާނާ ބައްދަލުކުރަ...
ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި އެ ގައުމުގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނިގެން އެ މީހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ގަވާއިދ...
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއް ދަތުރުކުރަމުންދަނިކޮށް ދެ ފަސިންޖަރަކު ތަޅާފޮޅައި، މާރާމާރީ ހިންގައިފި
ލަންޑަނުން ފުރައިގެން ބަންގްލަދޭޝަށް ދަތުރުކުރި ބިމާން ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގެ ތެރޭގައި، ދެ ފަސިންޖަރުން މާރާމާރީ ހިންގައިފިއެވެ. ވައިގެ ތެރޭގައި ހިނގި މި ހާދިސާގެ ވީޑިއޯ މިހާރު ވަނީ ...
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
ހިމަބިހި ނައްތާލުމާ ދާދި ގާތަށް ދިޔަ ބަންގްލާދޭޝްގައި ހިމަބިހި ކޮންޓްރޯލެއް ނެތި ފެތުރެމުން އެބަދެއެވެ. މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއ...
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، މަރުވާ ކުދިންގެ ނިސްބަތް އިތުރުވެފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަ...
ބަންގްލަދޭޝް: ހައްދުފަހަނައެޅި ޖަމާއަތްތައް އަލުން ތަރުތީބުވަނީ؟
ބަންގްލާދޭޝްގެ ވެރިރަށް ޑާކާގެ ސަވާރާއި އަޝޫލިއާ ސަރަހައްދުން ގޮވާތަކެއްޗާއި ބޮންތަކެއް ފެނުމާއި ގުޅިގެން، އެ ގައުމުގައި ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތައް އަލުން އިންތިޒާމުވެ، ވަރުގަދަ...
ބަންގްލަދޭޝްގެ ރައީސް ކަމަށް އަލަމްގީރު އިންތިޚާބުކޮށްފި
ބަންގްލަދޭޝްގެ ވެރިކަންކުރާ ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު މިރުޒާ ފަޚްރުލް އިސްލާމް އަލަމްގީރު އެގައުމުގެ ރައީސް ކަމަށް އިންތިޚާބު ކޮށްފިއެވެ. ބަންގްލަދޭޝްގެ ގާނުނު ހަދާ މަޖިލީހުން އަލަމްގީރު ...
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވާ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނާ ހަވާލީ އެ ގައުމުގެ ނޫހަކުން ރިޕޯޓް ކޮށްފި އެވެ. ބަންގްލަދޭޝްގެ ވިއުސް ނޫހުން ރި...
މިނިވަންދުވަހު ބަނގުރާ ވިއްކަން ނިކުމެ އުޅުނު ބިދޭސީންގެ ބަޔަކު ހައްޔަރުކޮށްފި
ބަނގުރާ ވިއްކައި އޭގެން ނަފާ ހޯދަމުންދިޔަ އިތުރު ބިދޭސީންތަކެއް ފުލުހުން އަތުލައިގަނެފިއެވެ. ފުލުހުން ބުނީ ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިފަހަރު ދެ މީހަކު ހައްޔަރުކުރީ މމާލެއިން ކަ...