ބަންގްލަދޭޝް ބޭންކު
ބަންގްލަދޭޝް ބޭންކު
ހަބަރު 23 Oct 2026 | 10:10

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން (ރެމިޓެންސް) ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް (ބީބީ) އިން ބަލަން ފަށައިފިއެވެ.

މި ފިޔަވަޅު އަޅަން ނިންމާފައި މިވަނީ، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ރާއްޖެއިން ބަންގްލަދޭޝަށް ފޮނުވި ރެމިޓެންސް 16.4 އިންސައްތަ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް ދިވެހި ރުފިޔާ ޑޮލަރަށް ބަދަލުކުރުމުގައި ދިމާވާ ދަތިތަކާއި، ރަސްމީކޮށް ފައިސާ ފޮނުވުމުގައި ހިނގާ ބޮޑު ޚަރަދަކީ ވެސް މިކަމަށް މަގުފަހިވި މައިގަނޑު ސަބަބެކެވެ.

ބަންގްލަދޭޝްގެ ނޫސް އިދާރާ (ބީއެސްއެސް) އަށް އެ ގައުމުގެ މަރުކަޒީ ބޭންކުގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މިކަމުގައި އެއްބާރުލުން ހޯދުމުގެ ގޮތުން ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު ޑރ. އެމްޑީ މުސްތާގުއްރަޙްމާން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރަށް ސިޓީއެއް ފޮނުއްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން އެމްއެމްއޭގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށާއި، ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނާ އެކު އޮންލައިންކޮށް މަޝްވަރާތައް ބާއްވާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި ގޮފިތައް ހުޅުވުމާ ގުޅޭ ދިރާސާތައް ބަންގްލަދޭޝްގެ ޕްރައިވެޓް ކޮމާޝަލް ބޭންކުތައް ކަމަށްވާ ބްރެކް (BRAC) ބޭންކާއި ނެޝަނަލް ބޭންކުން މިހާރު ވަނީ ކޮށްފައެވެ. މިހާރުވެސް ސްރީލަންކާ، އިންޑިއާ އަދި ޕާކިސްތާނުގެ ބޭންކުތައް ރާއްޖޭގައި ހިންގަމުންދާއިރު، ބަންގްލަދޭޝްގެ ބޭންކުތައް ގާއިމުކުރުމަށް ދެ ގައުމުގެ މަރުކަޒީ ބޭންކުތަކާއި ކަމާބެހޭ އިދާރާތަކުގެ ހުއްދަ ބޭނުންވާނެއެވެ.

ބޭންކު ގޮފިތައް ހުޅުވުމުގެ އިތުރުން، ފައިސާ ފޮނުވުން ރައްކާތެރިކޮށް، ދެފުށް ފެންނަ އަދި ޚަރަދު ކުޑަ ނިޒާމަކަށް ހެދުމަށް ތިން ހުށަހެޅުމެއް ބަންގްލަދޭޝްގެ ގަވަރުނަރު ވަނީ އެމްއެމްއޭ އަށް ހުށަހަޅުއްވާފައެވެ. އެއީ:

  • އޭޝިއަން ކްލިއަރިންގ ޔޫނިއަން (އޭސީޔޫ) ގެ ދަށުން ދިވެހި ރުފިޔާއިން މުއާމަލާތް ނިންމުން: މީގެ ދަށުން ރާއްޖޭގައި ރުފިޔާ ދެއްކުމުން ބަންގްލަދޭޝްގައި ތިބޭ ފަރާތްތަކަށް ޓާކާއިން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

  • ދަތުރުވެރިންގެ ފައިސާ ރުފިޔާއިން ބަލައިގަތުން: ބަންގްލަދޭޝް މީހުން ރާއްޖެ އަންނައިރު ޓާކާ ކާޑު ބޭނުންކޮށްގެން، ރުފިޔާއިން މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

  • ކަރަންސީ ސްވަޕް އެއްބަސްވުމެއް ގާއިމުކުރުން: ދެ ގައުމުގެ ދެމެދުގައި ކަރަންސީ ސްވަޕް ހަދައިގެން މަސައްކަތްތެރިންގެ ފައިސާ ބަދަލުކުރުމަށް މަގުފަހިކުރުން.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އެއްލައްކައަށް ވުރެ ގިނަ މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ. ނަމަވެސް ބޭންކުތަކުންނާއި މަނީ އެކްސްޗޭންޖުތަކުން ފައިސާ ފޮނުވުމަށް ޑޮލަރު ހޯދަން ދަތިވުމުގެ ސަބަބުން، ކަޅު ބާޒާރުން އަގުބޮޑުކޮށް ޑޮލަރު ގަންނަން ޖެހުމާއި ނުރަސްމީ ވަސީލަތްތައް ބޭނުންކުރުން ވަނީ އާންމުވެފައެވެ.

މި ހިނގާ މާލީ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބަންގްލަދޭޝަށް 38.05 މިލިއަން ޑޮލަރު ފޮނުވާފައިވާއިރު، ރާއްޖޭގައި ބޭންކު ގޮފިތައް ހުޅުވުމުން ކަޅު ބާޒާރަށް ބަރޯސާވުން ކުޑަވެ، ގައުމަށް ވަންނަ ރަސްމީ ރެމިޓެންސް އިތުރުވެގެންދާނެ ކަމަށް ބަންގްލަދޭޝް ބޭންކުން އުންމީދު ކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހިޔާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް، ބަދިގެ އަނދައިފި
23 Oct 2026 ހަބަރު

ހިޔާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް، ބަދިގެ އަނދައިފި

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ.

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ
23 Oct 2026 ހަބަރު

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ

ރަށު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ފަސް ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ހިންދިފައި ނުވާ ކަމަށެވެ. މި ނާޒުކު ޙާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން މިހާރު ވަނީ ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް
23 Oct 2026 ހަބަރު

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް

މާދަމާވެސް ބޯކޮށްވާރޭ ވެހޭނެ ކަމަށާ، ރާއްޖޭގެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ )މެޓް( އިން ލަފާކޮށްފިއެވެ.

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛
23 Oct 2026 ހަބަރު

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛

މެޓް އޮފީހުން ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށެވެ. އެ ސަރަހަައްދަށް ހުދު ސަމާލުނެރުނީ 15:00 އާ ހަމައަށެވެ.

ވިއްސާރައިގައި އުތުރުގެ ރަށްތަކުގެ ގިނަ ގެތަކަކަށް ގެއްލުން؛ ބައެއް ގެތަކުގެ އަޑިންވެސް ފެން އަރަމުންދޭ: އެންޑީއެމްއޭ
23 Oct 2026 ހަބަރު

ވިއްސާރައިގައި އުތުރުގެ ރަށްތަކުގެ ގިނަ ގެތަކަކަށް ގެއްލުން؛ ބައެއް ގެތަކުގެ އަޑިންވެސް ފެން އަރަމުންދޭ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން ބުނެފިއެވެ.

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“
23 Oct 2026 ހަބަރު

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މުޢިއްޒުވަނީ އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ކީ ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް
22 Oct 2026 ހަބަރު

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް

މާލެއާއި އަތޮޅުތަކުގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް މިދިޔަ އޮގަސްޓް މަހު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.