ޑާކާގެ މަގެއްގައި ކުރި މުޒާހަރާއެއްގެ ތެރެއިން.. ފޮޓޯ: އައިސީޖީ
ޑާކާގެ މަގެއްގައި ކުރި މުޒާހަރާއެއްގެ ތެރެއިން.. ފޮޓޯ: އައިސީޖީ
ދުނިޔެ 23 Aug 2026 | 03:23

ބަންގްލަދޭޝް: ހައްދުފަހަނައެޅި ޖަމާއަތްތައް އަލުން ތަރުތީބުވަނީ؟

ބަންގްލާދޭޝްގެ ވެރިރަށް ޑާކާގެ ސަވާރާއި އަޝޫލިއާ ސަރަހައްދުން ގޮވާތަކެއްޗާއި ބޮންތަކެއް ފެނުމާއި ގުޅިގެން، އެ ގައުމުގައި ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތައް އަލުން އިންތިޒާމުވެ، ވަރުގަދަވަމުންދާ ކަމުގެ ބިރުބޮޑުވެއްޖެއެވެ.

ތަހުގީގީ އިދާރާތަކުން ހާމަކުރާ ގޮތުގައި ފަހަކަށް އައިސް ހިންގާފައިވާ މިފަދަ ބައެއް ހާދިސާތަކަކީ ނިއޯ-ޖޭއެމްބީ އަށް ނިސްބަތްވާ ހަނގުރާމަވެރިންގެ އަމަލުތަކެކެވެ. އަދި އެމީހުން ބޮޑެތި ހަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމުގެ އިންޒާރުވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ސަވާރާއި އަޝޫލިއާ ސަރަހައްދުން މަދުވެގެން 16 ގޮވާތަކެތި ފެނިފައިވާއިރު، އޭގެ ތެރޭގައި ބާރުގަދަ ދެ "ޕްރެޝަރ ކުކަރު" ބޮންވެސް ހިމެނެއެވެ. އެންމެ ފަހުން މިފަދަ ތަކެތި ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ދުވަހު ފުލުހުން ކުރިއަށްގެންދިޔަ ތަފާތު އޮޕަރޭޝަންތަކެއްގައި 14 ޕައިޕް ބޮމާއި ބޮން އުފެއްދުމަށް ބޭނުންކުރާ ތަކެތި ހޯދާފައިވާއިރު، ސަވާރުގެ މިސްކިތަކާއި މަދުރަސާއެއް ކައިރިންވެސް ވަނީ ބާރުގަދަ ގޮވާތަކެއްޗެއް ފެނިފައެވެ.

ހަނގުރާމަވެރިންގެ ހަރަކާތްތައް ފެންމަތިވާން ފަށާފައިމިވަނީ ފާއިތުވި އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 26 ގައި ސައުތު ކެރާނީގަންޖްގެ އަލް-ގުރާ މަދުރަސާގައި ހިނގި ގޮވުމަށްފަހު، ޑާކާއާއި އެކި ސަރަހައްދުތަކުން ހަތިޔާރާއި ގޮވާތަކެތި ފެނުމާއި ބޮމުގެ ހަމަލާތައް ހިމެނޭގޮތަށް މަދުވެގެން 11 ހާދިސާއެއްގައި ނިއޯ-ޖޭއެމްބީގެ ބައިވެރިވުންވާ ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

މީގެ އިތުރުން، އޮގަސްޓް 11 ވީ އަންގާރަ ދުވަހު ސަވާރުގެ ޖާމިއާ އިލްމުލް އިލާ ސޮސައިޓީ މަދުރަސާއާއި ޖާމިއާ މިސްކިތް ކުރިމަތީގައިވާ ޖަންގަލީ ސަރަހައްދަކުން ކަޅު ޓޭޕް އޮޅާފައިވާ ޕްރެޝަރ ކުކަރު ބޮމެއް ވަނީ ފެނިފައެވެ. އެރޭ ހެމާޔަތުޕޫރުން އާރިފް ހުސައިން ކިޔާ މީހަކު ގޮވާތަކެއްޗާއެކު ހައްޔަރުކުރުމަށްފަހު، ޝާމްޕޫރުގެ ގެއަކުން ގޮވާތަކެއްޗާއި ބޮން ހަދާ ސާމާނު ފުލުހުން ވަނީ ހޯދާފައެވެ. ޖުލައި 30 ގައިވެސް އަޝޫލިއާގެ ފިހާރައެއް ބޭރުގައި ބަހައްޓާފައި ހުރި ދަބަހަކުން މިފަދަ ޕްރެޝަރ ކުކަރު ބޮމެއް ފެނިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ
30 Oct 2026 ދުނިޔެ

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަން ވެއްޓުމާ ގުޅިގެން އެ ޤައުމު ދޫކުރައްވައި ފިއްލަވަން ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ އެ ޤައުމުގެ އެއަރފޯސްގެ ކުރީގެ އޮފިސަރު، ކޭ.އެމް ތަޙްސީފް ސޫރީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
26 Oct 2026 ހަބަރު

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ(  އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. 

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
23 Oct 2026 ހަބަރު

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް
12 Oct 2026 ހަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކު...

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
12 Oct 2026 ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...

ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް
11 Oct 2026 ދުނިޔެ

ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާއިރު، ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ޔުނިސެފްގެ އިންޒާރަށް ނުބަލައި ވެކްސިން ގަތުމުގެ ނިޒާމަށް ބަދަލު ގެނައިކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބަނ...