ބަންގްލަދޭޝްގެ ހޮސްޕިޓަލްގެ ވޯޑެއް.. ފޮޓޯ: އޭޕީ
ބަންގްލަދޭޝްގެ ހޮސްޕިޓަލްގެ ވޯޑެއް.. ފޮޓޯ: އޭޕީ
ދުނިޔެ 15 Sep 2026 | 19:31

ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ

ހިމަބިހި ނައްތާލުމާ ދާދި ގާތަށް ދިޔަ ބަންގްލާދޭޝްގައި ހިމަބިހި ކޮންޓްރޯލެއް ނެތި ފެތުރެމުން އެބަދެއެވެ.

މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.

އޭޕްރީލް މަހު މުޅި ގައުމުގައި ވެކްސިން ދިނުމުގެ ކެމްޕޭނެއް ފެށި ނަމަވެސް، މި ރޯގާ ދިގުދެމިގެންގޮސްފައިވަނީ 2024 އަދި 2025 ވަނަ އަހަރު ގަވާއިދުން ދެވޭ ވެކްސިން ދިނުމަށް ބުރޫއެރުމުގެ ސަބަބުން ކަމަށް މާހިރުން ބުނެއެވެ. އެއީ އޭރުގެ ބޮޑުވަޒީރު ޝޭޚް ހަސީނާއާ ދެކޮޅަށް ހިންގި މުޒާހަރާތަކަށްފަހު އެގައުމުގައި ސިޔާސީ ނުހަމަޖެހުންތައް ހިންގަމުންދިޔަ ދުވަސްވަރެވެ.

އެމެރިކާގެ ސީ.ޑީ.ސީއިން ބުނާ ގޮތުގައި ދުނިޔޭގައި މިވަގުތު އެންމެ ހަލުވިކޮށް ހިމަބިހި ފެތުރެމުންދަނީ ބަންގްލަދޭޝްގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި، ޔުނިސެފް އަދި ސިއްހީ އެހެން އިދާރާތަކުންވެސް ވަނީ ގަވާއިދުން ވެކްސިން ދިނުމުގެ ތާވަލުތަކަށް ބުރޫއެރުމުން ކުރި އަސަރު ފާހަގަކޮށްފައެވެ. މި ބަލި ފެތުރެން ފެށިތާ ކުރީކޮޅު، ބަލިޖެހުނު މީހުންގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ފަސް އަހަރުން ދަށުގެ ކުދިންނެވެ.

ހިމަބިހި ބަންގްލަދޭޝްގައި ހިމަބިހި ފެތުރެން ފެށީ މިބަލި ނައްތާލުމަށް ގިނަ އަހަރުތަކެއް ވަންދެން ހޯދި ކުރިއެރުންތަކަށްފަހުއެވެ. ކޯވިޑް-19 ގެ އާލަމީ ވަބާގެ ދުވަސްވަރު ވެކްސިން ދިން މިންވަރު މަދުވި ދުވަސްކޮޅު ފިޔަވައި، ފާއިތުވި ދިހަވަރަކަށް އަހަރުގެ ގިނަ ދުވަސްތަކުގައި ބަންގްލާދޭޝްއިން ވަނީ ހިމަބިހި ވެކްސިން ދިނުމުގެ ނިސްބަތް، ޑަބްލިއު.އެޗް.އޯ އިން އިރުޝާދުދޭ 95 އިންސައްތައިގައި ނުވަތަ އެއަށްވުރެ މަތީގައި ހިފަހައްޓާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ
15 Nov 2026 ކުޅިވަރު

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ

މި ނަތީޖާއާއެކު، ޕާކިސްތާނު ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް
08 Nov 2026 ދުނިޔެ

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް

މަރުކަޒީ ބޭންކުން ވިޔަފާރި ބޭންކުތަކަށް އަންގާފައިވަނީ ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމަށްޓަކައި ހުޅުވާ ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) ތަކަށް ކުރިއާލާ ބަހައްޓަންޖެހޭ ފައިސާ ނުވަތަ 'ކޭޝް މާޖިން' އެންމެ ކުޑަ މިންވަރެއްގައި ބެހެއްޓުމަށެވެ.

ބޫޓާން އަތުން ބަންގްލަދޭޝްއަށް އުނދަގޫ މޮޅެއް
06 Nov 2026 ކުޅިވަރު

ބޫޓާން އަތުން ބަންގްލަދޭޝްއަށް އުނދަގޫ މޮޅެއް

ބަންގްލަދޭޝްއިން މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކުރި ނަމަވެސް، ބޫޓާންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އެޓީމަށް ވަނީ ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ. މި މޮޅާއެކު ބަންގްލަދޭޝްއަށް ވަނީ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބޮޑު އިތުބާރެއް ލިބިފައެވެ. އެޓީމުގެ ދެވަނަ މެޗުގައި ނޮވެމްބަރު 11 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ
30 Oct 2026 ދުނިޔެ

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަން ވެއްޓުމާ ގުޅިގެން އެ ޤައުމު ދޫކުރައްވައި ފިއްލަވަން ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ އެ ޤައުމުގެ އެއަރފޯސްގެ ކުރީގެ އޮފިސަރު، ކޭ.އެމް ތަޙްސީފް ސޫރީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.