ބަންގްލަދޭޝްގެ ހޮސްޕިޓަލެއް.. ފޮޓޯ: އޭޕީ
ބަންގްލަދޭޝްގެ ހޮސްޕިޓަލެއް.. ފޮޓޯ: އޭޕީ
ދުނިޔެ 11 Oct 2026 | 14:39

ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާއިރު، ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ޔުނިސެފްގެ އިންޒާރަށް ނުބަލައި ވެކްސިން ގަތުމުގެ ނިޒާމަށް ބަދަލު ގެނައިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބަންގްލަދޭޝްގެ ދަ ޑެއިލީ ސްޓަރ ނޫހުގައި ސައިންސް ޖާނަލްގެ ރިޕޯޓަކާ ހަވާލާދީ ބުނެފައިވާގޮތުގައި، މިއަހަރުގެ މާޗް މަހުގެ މެދުތެރެއިން ފެށިގެން މިހާތަނަށް 32,000 އަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، ބަލީގައި 250 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައެވެ. ކުރިން ޔުނިސެފް މެދުވެރިކޮށް ކުރިއަށްގެންދިޔަ ވެކްސިން ހޯދުމުގެ މަރުހަލާ، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިންތިޤާލީ ސަރުކާރުން އޯޕަން ޓެންޑަރ ނިޒާމަކަށް ބަދަލުކުރުމާ ގުޅިގެން ޔުނިސެފުން ވަނީ އެކަމުގެ ސަބަބުން އާންމުކޮށް ދެވޭ ވެކްސިންގެ ޚިދުމަތަށް ބުރޫއަރައި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ އިންޒާރު ދީފައެވެ.

މި ބަދަލާއެކު ޓެންޑަރ މަރުހަލާ ލިޔެކިޔުމުގެ މަރުޙަލާތަކުގެ ތެރޭގައި ލަސްވެ، ޤައުމުން ވެކްސިން ހުސްވެގެން ދިޔައެވެ. މީގެ ސަބަބުން ކުޑަކުދިންނަށް ޤަވާއިދުން ދޭންޖެހޭ މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިން ދިނުން ހުއްޓުމަކަށް އައިސް، 2025 ވަނަ އަހަރު ވެކްސިން ދެވިފައިވަނީ ޝަރުތުހަމަވާ ކުދިންގެ ތެރެއިން އެންމެ 59 އިންސައްތަ ކުދިންނަށެވެ. ޖެނުއަރީ މަހު މިޔަންމާ އިން އެތެރެވި ރޮހިންޖާ މީހުން ދިރިއުޅޭ ރެފިއުޖީ ކޭމްޕުތަކުން ފެށުނު މި ބަލިމަޑުކަން މިހާރު ވަނީ ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓުގެ ތެރެއިން 58 ޑިސްޓްރިކްޓަކަށް ފެތުރި، 21,000 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހިފައެވެ. ކުޑަކުދިންނަށް ފައިދާހުރި ކާނާ ނުލިބުމާއި، ވިޓަމިން އޭ ދިނުމުގެ ކެމްޕޭންތައް ހުއްޓިފައިވުމުގެ ސަބަބުން ކުދިންގެ ދިފާއީ ނިޒާމު މަޑުޖެހި، މި ބަލި ފެތުރުން ވަނީ އިތުރަށް ހަލުވިވެފައެވެ.

އިންތިޤާލީ ސަރުކާރުގެ ޞިއްޙީ މުޝީރު ޕްރޮފެސަރު ސައްޔިދުއްރަޙްމާން ސަރުކާރުގެ ނިންމެވުން ދިފާއު ކުރައްވަމުން ވިދާޅުވީ، ކުރީގެ ނިޒާމަކީ ކުއްލި ޙާލަތްތަކަށް ޚާއްޞަކޮށްފައިވާ އުޞޫލަކަށްވާތީ، ދެފުށް ފެންނަ އަދި ޤަވާއިދުގެ ތެރެއިން ހިންގާ ނިޒާމަކަށް ބަދަލުކުރަން ޖެހުނީ ކަމަށެވެ. ނަމަވެސް، މި ބަލީގައި ކުޑަކުދިން މަރުވުމަކީ އިންތިހާއަށް ދެރަވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މި ޙާލަތު ގޯސްވުމާ ގުޅިގެން، އެޕްރީލް މަހު ސަރުކާރުން ވަނީ އަލުން ޔުނިސެފް މެދުވެރިކޮށް ވެކްސިން ހޯދަން ފަށައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯ އާއި ވެކްސިން ފޯރުކޮށްދޭ އިއްތިޙާދު ގާވީއާ ގުޅިގެން ކުއްލި ވެކްސިނޭޝަން ކެމްޕޭނެއް ފަށާފައެވެ. އެހެންނަމަވެސް، ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، އިމަޖެންސީ ކެމްޕޭންތަކުން އެކަނި ބަލިމަޑުކަން ވަގުތުން ކޮންޓްރޯލްކުރުން ދަތިވާނެ ކަމަށް ކަމާބެހޭ މާހިރުން ވަނީ އިންޒާރު ދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ
30 Oct 2026 ދުނިޔެ

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަން ވެއްޓުމާ ގުޅިގެން އެ ޤައުމު ދޫކުރައްވައި ފިއްލަވަން ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ އެ ޤައުމުގެ އެއަރފޯސްގެ ކުރީގެ އޮފިސަރު، ކޭ.އެމް ތަޙްސީފް ސޫރީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
26 Oct 2026 ހަބަރު

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ(  އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. 

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
23 Oct 2026 ހަބަރު

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް
12 Oct 2026 ހަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކު...

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
12 Oct 2026 ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...

ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ: ރާޝިދުއްޒަމާން
07 Oct 2026 ހަބަރު

ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ: ރާޝިދުއްޒަމާން

މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން ބަދަހިކުރަންޖެހޭކަމަށް ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރު އެމް. ރާޝިދުއްޒަމާން މިއްލަތު ވިދާޅުވެއްޖ...