މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސްގެ ޗެއާއަކަށް ޑރ. އަޒީ، ބޯޑް އެކުލަވާލައިފި
ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށް، ރައީސުލްޖުމްހޫރިއްޔާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ) އުފައްދަވައި ބޯޑް އެކުލަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ)ގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެއް ކަމަށެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުތައް ވަނީ އުވައިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ ދަށުން، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ)ގެ ގަވަރނިންގ ބޯޑާއި، މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.
"މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑު" އެކުލެވިގެންވާ ގޮތާއި، މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން ވެސް ވަނީ ކަނޑައަޅުއްވާފަ އެވެ.
ބޯޑްގައި ހިމެނޭ ބޭފުޅުންނަކީ:
ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފް - ޗެއަރޕަރސަން (ގިނަ ދުވަހު ޞިއްޙީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް)
ޙުސައިން ޙަލީމް - ވައިސް ޗެއަރޕަރސަން (އައިޓީ ދާއިރާގެ ތަޖުރިބާކާރެއް)
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް - (ދަރުމަވަންތަ ހޮސްޕިޓަލްގެ ސީ.އީ.އޯ)
ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދު - (ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ އަދި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރެއް)
ނަޔާޒު އަޙްމަދު - (ޕްރައިމަރީ ހެލްތްކެއަރގެ ތަޖުރިބާކާރެއް)
ޑޮކްޓަރ މަރްޔަމް ޖެނިފާ - (ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރެއް)
ފާޠިމަތު ޢާފިޔާ ވަޙީދު - (ނަރސިންގ ދާއިރާގެ ތަޖުރިބާކާރެއް)
މޫސާ ކަލީމް ޤާސިމް - (ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
މުޙައްމަދު މަބްރޫކް - (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
ޢާލިމް ޝަކީލް - (ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
އަލްއުސްތާޛާ ތަސްލީމާ - (މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ރެޕްރެޒެންޓޭޓިވް)
އާދަމް ބަދުރުﷲ - (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ރެޕްރެޒެންޓޭޓިވް)
ނާޡިމާ ޢަލީ - (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
ޑޮކްޓަރ އަޙްމަދު ޢަދީލް ނަޞީރު - (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
ޙުސައިން ޢާޞިފް - (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
އަޙްމަދު އަޝްރަފް - (ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް - (ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
ފަތުޙުﷲ ނަސީމް - (ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ)
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް