އެމެރިކާ މަނަވަރުތައް؛ ފޮޓޯ / ޑަބްލިއުއޯއާރ
އެމެރިކާ މަނަވަރުތައް؛ ފޮޓޯ / ޑަބްލިއުއޯއާރ
ދުނިޔެ 27 Sep 2026 | 13:51

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އައު ހަނގުރާމައެއް ފަށައިފި ނަމަ އިންޑިއާ ކަނޑުގައި ދުއްވާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ސިފައިން ދީފިއެވެ.

އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު، ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

އެގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮރްމޫޒް ކަނޑުއޮޅިއަކީ އޭނާގެ ކަނޑުއޮޅި ކަމުގައި ދެކެންޔާ އޭނާގެ ބޯޓުތަކާއި އުޅަނދުތައް އެތުނަގައި ނެތީ ކީއްވެތޯ އަހައި މުޙައްމަދު ސުވާލުކޮށްފައިވާ ކަމަށް އީރާނުގެ ފާރްސް ނޫހާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާ އަތުގައި އޮތް ކަމަށް ބުނާ ނަމަ، އެ ސަރަހައްދާ ކައިރިއަށް އެންމެ އުޅަނދެއް ނަމަވެސް ގެނެވޭތޯ ބަލަން އޭނާ ވަނީ އެމެރިކާ އާއި ޗެލެންޖު ކޮށްފައެވެ.

އޭނާ އިތުރަށް ބުނީ, އެމެރިކާ އާއި އީރާނާ ދެމެދު އައު ހަނގުރާމައެއް ފެށިއްޖެ ނަމަ އިންޑިއާ ކަނޑުގައި ވެސް އެ މީހުންގެ މަނަވަރުތަކާއި ހަނގުރާމައިގެ އުޅަނދުތަކަށް ހަމަލާ ދީ ސުންނާފަތިކޮށްލުމަކީ ޝައްކެއް ނެތް ކަމެއް ކަމަށެވެ. މި އިންޒާރު އައިސްފައި ވަނީ އެމެރިކާއާއި އީރާނާ ދެމެދު ނިއުކްލިއާ މައްސަލައާ ގުޅިގެން ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
23 Sep 2026 ދުނިޔެ

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރި...