އަރާގްޗީ؛ ފޮޓޯ / އައިއެސްއެންއޭ
އަރާގްޗީ؛ ފޮޓޯ / އައިއެސްއެންއޭ
ދުނިޔެ 18 Oct 2026 | 09:32

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

ހަނގުރާމަ ނިންމާލުމަށް ގާއިމުކުރި ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އަރާގްޗީ އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީއާ ދިމާލަށް ބުނެފިއެވެ.

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީއާ ބައްދަލުކުރިކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އިރްނާއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި އަރާގްޗީ ބާރުއަޅާފައިވަނީ މުސްލިމް ދުނިޔެ ކުރިމަތިލާފައިވާ މައްސަލަތައް، ހާއްސަކޮށް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އޯއައިސީގެ ގާބިލުކަން ބޭނުންކުރުމުގެ މުހިންމުކަމަށެވެ. އަދި އީރާނާއި އިރާގުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ވެސް އޭނާ ގޮވާލާފައިވެއެވެ.

ހުޅަނގު އޭޝިއާގައި ރައްކާތެރިކަން ނެތުމުގެ މައިގަނޑު ސަބަބަކީ އިސްތިއުމާރީ އިޒްރޭލު ކަމަށް ވެސް އަރާގްޗީ ބުނެފައިވެއެވެ.

ދެ ފަރާތުގެ މަޝްވަރާތަކުގައި ސައުދީ އަރަބިއްޔާއާއި ޔަމަނާ ދެމެދު ހިނގަމުންދާ ކުރިމަތިލުން، ޔަމަނަށް ކަނޑުމަގުން އަޅާފައިވާ ބުރިޔާދު ނިންމާލުމަށް އެހީތެރިވެވޭނެ ގޮތްތަކާއި ކެނޑުން ކުޑަކުރުމުގެ މަސައްކަތްތައް ވެސް ހިމެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަރާގްޗީ ބުނީ އެއްބަސްވުންތައް މުގުރާލައި ބާރުގެ ބޭނުންކުރުމުގެ ސަބަބުން، ހަނގުރާމަ ނިންމާލުމަށް ކުރި ޑިޕްލޮމެޓިކް މަސައްކަތްތައް ހަލާކު ކުރީ އެމެރިކާ ކަމަށެވެ.

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ބާއްވަމުން ދަނީ އިރާގުގެ ވެރިރަށް ބަގްދާދުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް
08 Nov 2026 ދުނިޔެ

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް

މަރުކަޒީ ބޭންކުން ވިޔަފާރި ބޭންކުތަކަށް އަންގާފައިވަނީ ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމަށްޓަކައި ހުޅުވާ ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) ތަކަށް ކުރިއާލާ ބަހައްޓަންޖެހޭ ފައިސާ ނުވަތަ 'ކޭޝް މާޖިން' އެންމެ ކުޑަ މިންވަރެއްގައި ބެހެއްޓުމަށެވެ.

ޖަޕާނަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް
08 Nov 2026 ދުނިޔެ

ޖަޕާނަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް

ޖަޕާނުގެ މެދުތެރޭގެ ސަރަޙައްދުތަކަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް އައިސް، 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

އެމެރިކާއާއި އިސްރާއިލްގެ ޖާސޫސުންގެ ގޮތުގައި މަސައްކަތްކުރި އީރާނުގެ ތިން މީހަކަށް މަރުގެ އަދަބުދީފި
08 Nov 2026 ދުނިޔެ

އެމެރިކާއާއި އިސްރާއިލްގެ ޖާސޫސުންގެ ގޮތުގައި މަސައްކަތްކުރި އީރާނުގެ ތިން މީހަކަށް މަރުގެ އަދަބުދީފި

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މަރުގެ އަދަބު ދީފައިވާ ތިން މީހުންނަކީ ހަސަން ދިއޯބަންދު، ހާމިދު ކަޒޭމީ އަދި ރެޒާ ޒަންގާނޭއެވެ. މި ތިން މީހުންނަކީވެސް މުޒާހަރާތަކުގެ ތެރޭގައި ހިންގި ތަފާތު އެކި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ
06 Nov 2026 ދުނިޔެ

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ

އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އީރާނުގެ ބާކީ އޮތް ބައި ވެސް އެއްކޮށް "ހަލާކުކޮށްލަން" އެމެރިކާއަށް މަޖުބޫރުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް
05 Nov 2026 ދުނިޔެ

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް

އޭނާ މިހެން ބުނެފައިވަނީ، އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިހާބުން އިދިކޮޅު މައި ޕާޓީ "ޑިމޮކްރެޓްސް" އިން މެޖޯރިޓީ ހޯދުމާއި ގުޅިގެން އޭނާ އެކްސްގައި ކުރި ޕޯސްޓަކުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޕާޓީގެ ޑޭޓާ އެނަލިސްޓުން އަންދާޒާކުރި ގޮތަށް އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ރަނގަޅުވި ނަމަވެސް، 2024 ވަނަ އަހަރު ޓްރަމްޕް އަދި ވާންސް އަށް ވޯޓު ދިން ގިނަ އަދަދެއްގެ އާންމުން މިފަހަރު ވަނީ އިދިކޮޅަށް ވޯޓުދީފައެވެ. މީގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ވާންސް ފާހަގަކުރީ، އީރާން ހަނގުރާމައާއި އިސްރާއީލާއެކު އޮންނަ ގުޅުމެވެ.

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި
03 Nov 2026 ދުނިޔެ

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި

އެމެރިކާގެ އޮފިޝަލުން ކޭބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އިރާނުގެ ގޭޝްމް ރަށަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއެންއޭ އިން ވެސް ވަނީ އިއްޔެ އެ ރަށުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...