އަބްދުއްރައޫފާއި ސަމީރު
އަބްދުއްރައޫފާއި ސަމީރު
ހަބަރު 08 Nov 2026 | 13:01

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހައިކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ އަލީ ސަމީރާއި، އަބްދުއްރައޫފު އިބްރާހީމް އެ މަގާމަށް ކުރިމަތިލައްވައިފި އެވެ. 

ރައޫފަކީ މިހާރުވެސް ހައިކޯޓްގެ ފަނޑިޔާރަކެވެ. ކުރީން އެ މަގާމުގައި ހުންނެވުމަށް ފަހު މައްސަލައެއް ބަލަން ފެށުމުން އިސްތިއުފާ ދެއްވީ އެވެ. އަދި ފަހުން މަޖިލީހަށްވެސް ވާދަކުރެއްވި އެވެ. އަލުން ހައިކޯޓަށް ވަޑައިގަތީ މި ފަހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ފަނޑިޔާރު އަލީ ރަޝީދު މަގާމުން ވަކިވެވަޑައިގަންނަވާތީ އެވެ. އޭނާ ވަނީ ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަތުމަށް ހުށައަޅުއްވާފަ އެވެ. އަދި ޖޭއެސްސީން ވަނީ އެކަން ގަބޫލުކޮށް ފަނޑިޔާރު ކަމަށް ހުޅުވާލާފަ އެވެ.

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް
08 Nov 2026 ހަބަރު

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް

މި ދެ މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ، މި މަހުގެ 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕެރޭޝަނެއްގެ ތެރެއިންނެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
08 Nov 2026 ހަބަރު

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު މެންދުރުފަހު 15:42 ހާއިރު މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި
08 Nov 2026 ހަބަރު

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި

މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ހިންގާ ރިހިބިލިޓޭޝަން މަސައްކަތްތަކާބެހޭ މައުލޫމާތު ގާތުން ހޯދުމެވެ.

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި
08 Nov 2026 ހަބަރު

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
08 Nov 2026 ހަބަރު

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 3:00 އިން މިރޭ 19:00 އާ ހަމައަށެވެ. އެގޮތުން، މީގެ 1 ގަޑިއިރު ކުރިން މެޓް އޮފީހުން ވަނީ، ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ
08 Nov 2026 ހަބަރު

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ

ލ. ގަމުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކުރުމަށް، އެ ރަށުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި ރަށުން ބޭރުކުރުމާ ގުޅޭ ޚާއްޞަ އުސޫލެއް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

ޝުހާދުގެ ޤާތިލު ފަރީދު މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި
08 Nov 2026 ހަބަރު

ޝުހާދުގެ ޤާތިލު ފަރީދު މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ޝުހާދު މަރުވެފައި ވަނީ ޙަސަން ފަރީދުގެ ރަޙުމު ކުޑަ، ޢުދުވާނީ އަދި ލާއިންސާނީ ޢަމަލުގެ ނަތީޖާއިންކަން ހުށައެޅިފައިވާ ހެކީންގެ ހެކިބަހަށާއި މެޑިކޯ ލީގަލް ރިޕޯޓްތަކަށް ރިޔާއަތް ކުރާއިރު ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.