ފަހިޕޭއާއެކު މިއަދު އެމްއެމްއޭއިން ސޮއިކުރި އެއްބަސްވުމުގެ ރަސްމިއްޔާތުގެ ތެރެއިން؛ ފޮޓޯ / އެމްއެމްއޭ
ފަހިޕޭއާއެކު މިއަދު އެމްއެމްއޭއިން ސޮއިކުރި އެއްބަސްވުމުގެ ރަސްމިއްޔާތުގެ ތެރެއިން؛ ފޮޓޯ / އެމްއެމްއޭ
ވިޔަފާރި 08 Nov 2026 | 11:25

އެމްއެމްއޭގެ ފަވަރަ ނިޒާމުގައި ބައިވެރިވުމަށް ފަހިޕޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ މޯލްޑިވްސް މޮނިޓްރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާއިމުކޮށްފައިވާ "ފަވަރަ" ނިޒާމުގައި ބައިވެރިވުމަށް ފަހިޕޭއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ މި ނިޒާމާ ގުޅުނު ބޭންކް ނޫން ދެވަނަ ފައިސާގެ ހިދުމަތްދޭ ފަރާތެވެ. މި އެއްބަސްވުމުގެ ދަށުން، ފަހިޕޭއަށް ފަވަރަ ނިޒާމުގެ ތެރެއިން ހިދުމަތް ދިނުމަށް މަގުފަހިވެގެންދާނެއެވެ.

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި ކުރިއަށް އޮތީ، ފަހިޕޭއިން ޕައިލެޓް ޓެސްޓިންގ މަސައްކަތްތައް ކުރިއަށްގެންދިޔުމެވެ. އަދި ފަވަރަ ނިޒާމުގެ ބައިވެރިއެއްގެ ގޮތުގައި ރަސްމީކޮށް ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތަށް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

މިފަދަ ހިދުމަތްތަކުގެ ސަބަބުން ރާއްޖޭގައި ކުރެވޭ ޑިޖިޓަލް ފައިސާގެ މުއާމަލާތްތައް އިތުރަށް ހަލުވިވެ، އާންމުންނަށް ފަސޭހަވެގެންދާނެއެވެ. ހާއްސަކޮށް ބޭންކް ނޫން ފަރާތްތަކަށް މިފަދަ ގައުމީ ފެންވަރުގެ ނިޒާމުތަކުން ފުރުސަތު ލިބިގެންދިއުމަކީ މާލީ ދާއިރާ ވާދަވެރިވެ، ހިދުމަތްތައް ފުޅާވެގެންދިޔުމަށް މަގުފަހިވާނެ ކަމެކެވެ.

"ފަވަރަ" ނިޒާމަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކުގެ އިތުރުން ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، އެއްހަމައެއްގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ނިޒާމެކެވެ. އެގޮތުން، ފަވަރަ އިފްތިތާހުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓް 27 ގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއެމްއޭއިން މަނީ ޗޭންޖަރުންނަށް ޑިޖިޓަލް ސިސްޓަމެއް
05 Nov 2026 ހަބަރު

އެމްއެމްއޭއިން މަނީ ޗޭންޖަރުންނަށް ޑިޖިޓަލް ސިސްޓަމެއް

1 ޑިސެމްބަރު 2026 އިން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ އެންމެހައި ފަރާތްތަކުން މުއާމަލާތްތައް ރެކޯޑުކޮށް ރިޕޯޓުކުރުމަށް މި ސިސްޓަމް ބޭނުންކުރުން ލާޒިމުވާނޭކަމަށް އެމްއެމްއޭއިން ބުނެއެވެ.

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި
26 Oct 2026 ހަބަރު

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި

އެމްއެމްއޭއިން ބުނީ، ސުންގަޑި ހަމަވާއިރު ވެސް ޤާނޫނާ އެއްގޮތަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމުކުރެވޭނެ ކަމަށެވެ.

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
23 Oct 2026 ހަބަރު

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް
22 Oct 2026 ހަބަރު

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް

މާލެއާއި އަތޮޅުތަކުގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް މިދިޔަ އޮގަސްޓް މަހު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ލަފާދެނީ އެއްފަހަރާ މުސާރަތައް ބޮޑުނުކުރަން: ގަވަރުނަރު
15 Nov 2025 ހަބަރު

ލަފާދެނީ އެއްފަހަރާ މުސާރަތައް ބޮޑުނުކުރަން: ގަވަރުނަރު

އަންނަ އަހަރު ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރަން ނިންމާފައިވާއިރު، ލަފާދެނީ މުސާރަތައް އެއްފަހަރާ މުސާރަތައް ބޮޑު ނުކުރަންކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ...