އެމްއެމްއޭ --- ފޮޓޯ: ވޮއިސް
އެމްއެމްއޭ --- ފޮޓޯ: ވޮއިސް
ހަބަރު 05 Nov 2026 | 14:13

އެމްއެމްއޭއިން މަނީ ޗޭންޖަރުންނަށް ޑިޖިޓަލް ސިސްޓަމެއް

ފައިސާ މާރުކުރުމުގެ ލައިސަންސް ލިބިފައިވާ ވިޔަފާރިތަކުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ހިންގުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މަނީ ޗޭންޖަރ ސިސްޓަމް" ގެ ނަމުގައި ޕްލެޓްފޯމެއް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ. ފައިސާ މާރުކުރުމުގެ ދާއިރާގައި ހިންގާ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަން ޑިޖިޓަލް ކުރުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ މި ސިސްޓަމް މެދުވެރިކޮށް، ލައިސަންސް އޮންނަ ފަރާތްތަކާއި އެމްއެމްއޭއާ ދެމެދު ހިންގާ މުއާމަލާތްތައް އޮޓޮމޭޓްކުރެވި، އެ ކަންކަން އިތުރަށް އަވަސްވެ ލުއިވެގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މީގެ އިތުރުން، ގަވާއިދުން އެމްއެމްއޭއަށް ފޮނުވަންޖެހޭ މައުލޫމާތު ހިއްސާކުރުމާއި ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓު ހުށަހެޅުންފަދަ ކަންކަން ވެސް މި ސިސްޓަމް ތެރެއިން ކުރެވޭނެއެވެ. އެމްއެމްއޭއިން ބުނީ މިކަމުގެ ސަބަބުން މި ދާއިރާ ސުޕަވައިޒްކޮށް ބެލެހެއްޓުން ހަރުދަނާވެ، މާލީ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

1 ޑިސެމްބަރު 2026 އިން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ އެންމެހައި ފަރާތްތަކުން މުއާމަލާތްތައް ރެކޯޑުކޮށް ރިޕޯޓުކުރުމަށް މި ސިސްޓަމް ބޭނުންކުރުން ލާޒިމުވާނޭކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަޖެޓް ދިރާސާކޮށް ނިންމަން ދެ ހަފްތާގެ މުއްދަތެއް
05 Nov 2026 ހަބަރު

ބަޖެޓް ދިރާސާކޮށް ނިންމަން ދެ ހަފްތާގެ މުއްދަތެއް

ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުއެވެ. ނަމަވެސް، ގާނޫނުން ލާޒިމުކުރާ ގޮތުގެ މަތިން ބަޖެޓަށް ލަފާ ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އޮޑިޓާ ޖެނެރަލްގެ އޮފީހާ ބައްދަލުކުރާނެ ވަކި ތާރީޚެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފި
05 Nov 2026 ހަބަރު

ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފި

ޗްޑީސީން ބުނީ ގިނަ އަދަދެއްގެ އާންމުންނާއި ދަތުރުވެރިން ބޭނުންކުރާ މި ޖެޓީގެ މަރާމާތު މުޅިން ނިންމައި، ކުރިއެކޭ އެއްގޮތަށް މިހާރު ޖެޓީ ބޭނުންކުރެވޭނޭކަމަށެވެ.

ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް
05 Nov 2026 ހަބަރު

ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް

އެ މުއްދަތު ހަމަވުމުން އޭނާ ކޯޓަށް ހާޒިރުކުރުމުން މިއަދު ވަނީ އިތުރު 14 ދުވަސް ބަންދަށް ދީފަ އެވެ.

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި
05 Nov 2026 ހަބަރު

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިފަހަރު 5،600 އަށް ވުރެ ގިނަ ބައިވެރިން
05 Nov 2026 ހަބަރު

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިފަހަރު 5،600 އަށް ވުރެ ގިނަ ބައިވެރިން

ދިރާގް މޯލްޑިވްސް ރޮޑް ރޭހާ ގުޅޭގޮތުން އެކުންފުނިން މިއަދު ބުނީ، މި އަހަރުގެ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ޖުމްލަ 5،600 އަށް ވުރެ ގިނަ ދުވުންތެރިން މިހާތަނަށް ބައިވެރިވެފައިވާކަމަށެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސް މި ދުވުން އޮންނާނީ ކުރިއަށް އޮތް ނޮވެންބަރު މަހުގެ 20 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ހެލްތު އެކްސްޕޯގައި އެޗްޑީސީން އިސްރަށްވެހިންނަށް ޚާއްސަ ޕްރޮގްރާމެއް
05 Nov 2026 ހަބަރު

ހެލްތު އެކްސްޕޯގައި އެޗްޑީސީން އިސްރަށްވެހިންނަށް ޚާއްސަ ޕްރޮގްރާމެއް

އެޗްޑީސީން ބުނީ އެކްސްޕޯގައި ގާއިމުކޮށްފައިވާ އެކުންފުނީގެ ސްޓޯލުން އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ރޭވިފައިވާކަމަށެވެ

ނޮވެންބަރު 12 ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި
05 Nov 2026 ހަބަރު

ނޮވެންބަރު 12 ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި

މި ހިނގާ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.

މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ ދިރާސާއެއްގައި އެމް.އެން.ޔޫއިން ބައިވެރިވެއްޖެ
05 Nov 2026 ހަބަރު

މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ ދިރާސާއެއްގައި އެމް.އެން.ޔޫއިން ބައިވެރިވެއްޖެ

ނޭޗަރ ޕޯޓްފޯލިއޯގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ 'ސައިންޓިފިކް ރިޕޯޓްސް' ގައި ޝާއިޢުކޮށްފައިވާ "މެޓީރިއަލް ރިކުއަޔަރމެންޓްސް ފޯ އެޑެޕްޓިންގ ޓު ކްލައިމެޓް ޗޭންޖް އިން ދަ މޯލްޑިވްސް" މި ދިރާސާއަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމަށްޓަކައި ބޭނުންވާ މާއްދީ ވަސީލަތްތައް ރާއްޖޭގެ ފެންވަރުގައި އަންދާޒާކޮށްފައިވާ ފުރަތަމަ ދިރާސާއެވެ. ކެނެޑާގެ ޔުނިވަރސިޓީ އޮފް ވޯޓަރލޫގެ ޕްރޮފެސަރު ސިމްރޮން ސިންގް އިސްވެ ހުންނަވައި ކުރިއަށް ގެންދެވި މި ދިރާސާގައި، ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ޔުނިވަރސިޓީތަކަކާއެކު އެމް.އެން.ޔޫގެ ސައިންސްވެރިންވެސް ބައިވެރިވެފައިވެއެވެ.